އިސްރާއީލުން ޣައްޒާގައި ކުޑަކުއްޖަކާއެކު 4 މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި
ޣައްޒާގައި އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުގެ ސިފައިން ބުރާސްފަތި ދުވަހު މުޅި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ކުޑަ އަންހެން ކުއްޖަކު ހިމެނޭހެން ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުކޮށްލައި، 19 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ. މި ހަމަލާތައް ދީފައިވަނީ އެއްބަސްވުމާ ޚިލާފު އަމަލުތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ދަނޑިވަޅެއްގައި ކަމަށް މެޑިކަލް މަސްދަރުތަކުން ވަނީ ބުނެފައެވެ. ހަމަލާތަކުގެ ތަފްސީލު ހާމަކުރަމ...