ފިރިހެނަކު އަންހެން ހެދުން އަޅައިގެން ކުޅުދުއްފުށީ ފޯނު ފިހާރައެއް ފަޅާލައިފި
ރޭ ދަންވަރު ކުޅުދުއްފުށީގައި ފޯނު ވިއްކާ ފިހާރަ އެއް ފަޅާލައި ފޯނު ތަކެއް ވަގަށް ނަގާފައިވާ މައްސަލަ އެއް މިއަދު 05:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މި ވައްކަމާއި ގުޅިގެން ސީސީޓީވީ ފޫޓޭޖް ބަލައިގެން ފުލުހުން ކުރި މަސައްކަތުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެވިފައިވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ވަގަށް ނަގާފައިވާ...