ޕޯޓްތަކުގައި ސްކުރީން ކުރަންފަށައިފި، ރާއްޖެއިން ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކުވާ މީހަކު އަދި ފެނިފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ޕޯޓްތަކުގައި ނޮވެލް ކޮރޯނާވައިރަސްއަށް ސްކުރީން ކުރެވެމުންދޭ. މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވޭ@MoHmv — Health Protection Agency (@HPA_MV) January 25, 2020 ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، މި ވައިރަސް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް ޕޮޒިޓިވްވެ...
އިބްރާހިމް އަސްވާޤް
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެދެނީ އެމްޑީޕީގެ މެންބަރުންނަށް ވޯޓު ދިނުމަށް ކަމަށާއި އެއީ ގެއްލިގެން ދާނެ ވޯޓެއް ނޫންކަމަށް އަދި އޭގެ ނަތީޖާ، ސަރުކާރާއި މަޖިލީހާއި ކައުންސިލްތައް ގުޅިގެން ރައްޔިތުންނަށް ދައްކައިދޭނެކެމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ލ. ގަމުގައި މިއަދު ބޭއްވި ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލާރުމަކަޒީ ނިޒާމުން ކަންކަން ކުރުމުގެ ވިސްނުމާއި ފިކުރު...
އަލީ އާދިލް
ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހޯލްސޭލްކޮށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނިކަމުގައިވާ ހެޕީމާރކެޓުން ތިލަދުންމަތީގެ ވިޔަފާރީގެ ނާރެސްކަމުގައިވާ ކުޅުދުއްފުށި ސިޓީގައި އެކުންފުނީގެ ފިހާރައަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވައިފިއެވެ. ރޭ ކުޅުދުއްފުށީގައި އޮތް ކުލަގަދަ ހަފްލާއެއްގައި މި ފިހާރައާއި ޑިސްޓްރިބިއުޝަން ސެންޓަރ ހުޅުއްވައިދެއްވީ ކުޅުުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހެޕީމާރކެޓްގެ ސީއީއޯ ކެޕްޓަން (ރިޓަޔ...
އިބްރާހިމް އަސްވާޤް
އެމެރިކާގެ ލޮއިސްވިލް އެއަޕޯރޓްގެ ނަން މައްޝޫރު ބޮކްސިން ޗެމްޕިއަން މުޙައްމަދު ޢަލީގެ ނަމަށް ބަދަލުކޮށްފިއެވެ. ޖެނުއަރީމަހު މިގެނެވުނު ބަދަލުގައި ލޮއިސްވިލް އިންޓަރނޭޝަނަލް އެއަރޕޯރޓް ގެ ނަން ބަދަލު ކޮށްފައިވަނީ މުޙައްމަދު ޢަލީ އިންޓަރނޭޝަނަލް އެއަރޕޯރޓް ގެނަމަށެވެ. ޢަލީ ވީކް ގެ ނަމުގައި މުޙައްމަދު ޢަލީގެ ހަނދާނުގައި ފާހަގަ ކުރަމުން އަންނަ ހަފްތާއެއްގެ ޚާއްޞަ ކަމެއްގެ ގޮތުގައި ބުރާސްފަތި ދުވަހު މިކަން ހާމަ ކޮށްފައިވަނީ މިކަމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައި ލޯގޯ އެއް އާންމު ކުރުމަށްފަހުއެވެ. ބ...
އައިމިނަތު ޔުމްނާ
ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަނުން އިންޑިއާގެ ޓްރެވެންޑްރަމްއަށް ދަތުރުތައް ފެށިތާ މިއަދަށް 12 އަހަރު ފުރުމާއިއެކު އެކަން އެ އަރލައިނުން ފާހަގަ ކޮށްފިއެވެ. އެ ގޮތުން މިއަދު އެއަރލައިންއިން ޓްރެވެންޑްރަމްއަށް ދަތުރުކުރި ކަސްޓަމަރުންނަށްވަނީ ފްލައިޓްތެރޭ ޚާއްސަ ހަދިޔާއެއްދީ، ފްލައިޓުން ކަސްޓަމަރުންނަށް އަރުވާ ލުއި ފަރިއްކޮޅު ދުވަހާއި ގުޅުވައިގެން ޚާއްސަ ކޮށްފައެވެ. އޭގެ އިތުރުން އެއަރލައިންގެ ޓްރެވެންޑްރަމް އޮފީހުގައިވަނީ ދުވަހާއިގުޅޭ ކޭކު ފެޅުމުގެ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މޯލްޑިވިއަނ...
އިބްރާހިމް އަސްވާޤް
ރައްވެހި ކަމުގެ ޤާނޫނާއި މެދު މުޒާހަރާތައް ކުރިއަށް ދަނިކޮށް އިންޑިއާގެ ކެރަލާގެ 100 އަހަރުވީ މިސްކިތެއްގައި ހިންދޫ ކައިވެންޏެއްގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ކައިވެނި ކުރެވުނު އަންހެން ކުއްޖާގެ މަންމައަށް ދިމާވެފައިވާ ފައިސާގެ ދަތިތަކަަށް ވިސްނައި، އެ ކައިވެނި މިސްކިތުގައި ބޭއްވުމަށް އިސްނަގައިގެން ހުރިހައި ކަމެއް ހަމަ ޖައްސައިދީފާވަނީ އެ މިސްކިތުންނެވެ. ކައިވެނި ކުރެވުނު ދެމީހުން ކަމުގައިވާ އަންޖޫ އަޝޯކް ކުމާރް އަދި ސަރަތް ސައި ވަނީ މި ކައިވެނީގެ ރަސްމިޔާތު މިސްކިތުގައި ބޭއްވުންމީ އެކި ދީން ތ...
އައިމިނަތު ޔުމްނާ
ބ.އަތޮޅުގެ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ. ފުލުހުން ބުނެފައިވަނީ ގެނބިގެން މަރުވީ އުމުރުން 67 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ. އެގޮތުން މިއަދު އެ ހާދިސާ ހިނގިއިރު އެމީހާ ގެނބިގެން ހެލްތު ސެންޓަރަށް ގެންގޮސްފައިވަނީ 15:21ގައި ކަމަށް ފުލުހުން ބުނެއެވެ. ހެލްތު ސެންޓަރުން ވަނީ އޭނާ މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. މިކަން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިބްރާހިމް އަސްވާޤް
ސްކޫލުތަކުގެ ނަތީޖާ މަތިކުރުމަށް ބައެއް ދަރިވަރުންނަށް ދަސްވާރު ހެދުމަށް ސްކޫލުތަކުން މަޖުބޫރު ކުރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިންކްލޫސިވް އެޑިޔުކޭޝަން ގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގައި ކުރިން ހިންގަމުން ދިޔަ “ދަސްވާރު ޕްރޮގްރާމް” ސްޓްރީމްއެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަން ހާމަކުރައްވައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ އަސަރު ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެޑިއުކޭ...
އަލީ އާދިލް
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޖަމިއްޔާ “ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް” (ބީވީއައިއެސްއެމް) އިން ތެލްސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ އެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިއަދު ހަވީރު 17:00 އާއި ހަމަޔަށް މި ޕްރޮގްރާމް ކުރިޔަށް ދާނެކަމަށް އެޖަމިއްޔާއިންވަނީ ބުނެފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ގިނަބަޔަކު ވަނީ އަލަށް ލޭ ހަދިޔާކޮށްފައެވެ. ޕްރޮ...
އަލީ އާދިލް
“ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު” އިފްތިހާހް ކޮށްފި އެވެ. އެމްއެމްޕީއާރްސީ އާއި “ހާޓުސީނު” ގުޅިގެން ގެނެސްދޭ “ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު” ޓްރެވަލް ޑޮކިއުމަންޓްރީގެ އިފްތިހާހް ކޮށްފައިވަނީ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައެވެ. ޑޮކިއުމަންޓްރީ ވީލޮގް “ވިޒިޓް މޯލްޑިސް ފްރޮމް ހާޓުސީން” އަކީ ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަގްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީއެކެވެ. ހާޓުސީންގެ ފައުންޑަރ އަލީ ހަމީދު ބުނީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަ...
އިބްރާހިމް އަސްވާޤް
ބަންގްލަދޭޝްގެ ސަޤާފީ ލަވައިގެ ބާވަތެއްކަމުގައިވާ ބައުލް ލަވަ ހުށައަޅައިދޭ ލަވަކިއުތެރިއާ އުމުރުން 40 އަހަރުގެ ޝާރިއަތު ސަރްކާރު އިސްލާމް ދީނަށް ފުރައްސާރުކޮށް ވާހަކަދެއްކުމުން ހައްޔަރުކޮށްފިއެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހުގައި ބޭއްވުނު ކޮންސެޓެއްގެ ތެރެއިން ޝާރިއަތު ވަނީ އިސްލާމް ދީނުގައި މިއުޒިކު ހަރާމް ކުރައްވާފައިވާ ކަމުގެ ހެކި ދެއްކުމަށް ދީނީ ޢިލްމުވެރިނަށް ޗެލަންޖުކޮށް 5 މިލިއަން ޓާކާ (58،800 ޑޮލަރު) އިނާމެއްގޮތުގައި ހުށައަޅާފައެވެ. ޝާރިއަތު ލަވަ ހުށައަޅާދޭ ވީޑިއޯއެއް ޔޫޓިއުބަށްލުމުން...
އައިމިނަތު ޔުމްނާ
ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫނީ އަނިޔާ ލިބޭ ކުދިންނަން ސުވާލު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން ބުނީ އެކިބާވަތުގެ އަނިޔާ ލިބޭ ކުޑަކުދިންނާ ސުވާލު ކުރުމުގެ ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫން ފަރާތަކުން އެފަދަ ކުދިންނާ ސުވާލުކުރުމަކީ އެކުދިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށެވެ. އެހެންކަމުން އެ ފަދަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސް ކުރާކަމަށް ފުލުހުން ބުނެފައިވެއެވެ. https://www.facebook.com/219613284729264/posts/2947575178599714/?d=n އޭގެ އިތުރުން، ކުއްޖާގެ ވަ...
އަލީ އާދިލް
ނޮވެލް ކޮރޯނާވައިރަސްއިންގެ ސަބަބުން ދިމާވެދާނެ ހާލަތަކަށް ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތައްޔާރު ވެއްޖެއެވެ. އެ އަރޕޯރޓްގެ ފަޔަރފައިޓަރުންނާއި، އީއެމްޓީސް އަދި އެއަރޕޯރޓް އެމެޖެންސީ ސަރވިސަސްއިން ވަނީ އެފަދަ ހާލަތަކަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް ބުނެފައެވެ. މޯލްޑިވްސް އެއަރޕޯރޓް ރެސްކިއު އެންޑް ފަޔަރ ފައިޓަރސް ސަރވިސަސްއިންވަނީ އެކަމަށް ތައްޔާރުވެފައިވާކަން ދައްކާލައިފައެވެ. މޯލްޑިވްސް އެއަރޕޯރޓް ރެސްކިއު އެންޑް ފަޔަރ ފައިޓަރސް ސަރވިސަސްގެ ފޭސްބުކް ޕޭޖްގައި ބުނެފައި...
އަލީ އާދިލް
މެދުރާއްޖެތެރޭގެ ރަށެއްގައި ގްރޫޕަކުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ. އަދި މި މައްސަލާގައި ހިމެނޭ ކުއްޖާގެ އުމުރަކީ 17 އަހަރު ކަމަށް މީގެކުރިން ބުނެވިފައިވީ ނަމަވެސް ރަނގަޅު ގޮތަކީ އެ ކުއްޖާގެ އުމުރަކީ 14 […]
އަލީ އާދިލް
މިއަދާއި ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯރޓް ކޮށްފިއެވެ. މިއަދު (24 ޖެނުއަރީ) އާއި ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯރޓްކުރެވިފައިވާއިރު އެންމެ ގިނަ ކޭސް ރިޕޯރޓްކޮށްފައިވަނޯ ޗައިނާއިންނެވެ. ޗައިނާއިން ނޮވެލް ކޮރޯނާވައިރަސްގެ ރިޕޯޓްކުރި ޖުމްލަ އަދަދަކީ 830 އެވެ. ޗައިނާގައި ރިޕޯރޓްކުރި 830 ނޮވެލް ކޮރޯނާވައިރަސްގެ ކޭސްގެ ތެރެއިން ބަލިޖެހިގެން ބޮޑުވަރުވީ 177 މީހުންނަށެވެ. އަދި އޭގެ ތެރެއިން 25 މީހުން މަރުވެފައިވެއެވެ. ނޮވެލް ކޮރޯނާ ވައިރަސް...
ޔުމްނާ ޢަލީ
“އޭލެވެލްގައި ވެސް ރައިޝަން ވިދާލައިފި” މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ޙިއްސާކުރައްވާ ރާއްޖޭގެ މަޝްޙޫރު ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވީ “ރައިޝަން އަކީ ރާއްޖޭގެ ސްޓީވެން ހޯކިން” ކަމަށެވެ. މީގެ އިތުރުން އުގައިލް ބުނެފައިވަނީ ނުކުޅެދުންތެރިކަމަކީ ތަފާތަކަށް ވެދާނެކަމަށާއި ނަމަވެސް އެއީ ހުރަހެއް ނޫން ކަމަށެވެ. ހިނގައިބިނގާވެ ނޫޅެވޭތީ، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް ވައިކަރަދޫއަށް ނިސްބަތްވާ މުހައްމަދު ރައިޝަން އަހުމަދު އޭނާގެ އުންމީދުތައް ހާސިލްކުރަން ކެނޑިނޭޅި ދަނީ މަސައްކަތްކުރ...
އަލީ އާދިލް
ފިނޭންސް މިނިސްޓްރީގައި ވަޒީފާ އަދާކުރާ އަބްދުއް ރަޝީދު ދުބާއީ މެރަތަންގައި ދުވެ ތާރީޚްގެ ތެރެއަށްވަދެއްޖެއެވެ. އަބްދުއް ރަޝީދު ދުބާއީ މެރަތަންގައި ދުވެ ތާރީޚްގެ ތެރެއަށްވަނީ ދިވެއްސަކު އުމުރުން 60 އަހަރުގައި ރާއްޖޭން ބޭރުގައި އޮތް މެރަތަންއެއްގައި 42 ކިލޯމީޓަރު 04:07:50 އިން ނިންމައި، އެއުމުރުގައި އެހާ އަވަސް ވަގުތެއްގައި މެރެތަންއެއް ފުރިހަމަ ކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ހޯދުމުންނެވެ. ފިނޭންސް މިނިސްޓްރީއިން އެކަން ފާހަގަކޮށް ބުނެފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފެއް ކަމުގައިވާ އުމުރ...
އަލީ އާދިލް
ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ރޭޕްގެ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް މާލާގައި ކުރާ މުޒާހަރާ ފެށިގެން ކުރިއަށް އެބަދެއެވެ. ” ރޭޕް ހުއްޓުމަށް ތިބާގެ ދައުރު އަދާކުރޭ ” މި ނަމުގައި ފެށި އެ މުޒާހަރާ ފެށި ފައިވަނީ މިއަދު 16:00 ގައި އާޓިފިޝަލް ބީޗްގައެވެ. ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ މި މުޒާހަރާގައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ރޭޕްގެ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ތަފާތު ޝުއޫރުތައް ދައްކުވައިދޭ ބޯޑުތައް ބޭނުންކުރަމުން އެބަދެއެވެ. މި މުޒާހަރާ ހުސްވި ހަފްތާގައިވެސް […]
ޔުމްނާ ޢަލީ