ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަނުން އިންޑިއާގެ ޓްރެވެންޑްރަމްއަށް ދަތުރުތައް ފެށިތާ މިއަދަށް 12 އަހަރު ފުރުމާއިއެކު އެކަން އެ އަރލައިނުން ފާހަގަ ކޮށްފިއެވެ.
އެ ގޮތުން މިއަދު އެއަރލައިންއިން ޓްރެވެންޑްރަމްއަށް ދަތުރުކުރި ކަސްޓަމަރުންނަށްވަނީ ފްލައިޓްތެރޭ ޚާއްސަ ހަދިޔާއެއްދީ، ފްލައިޓުން ކަސްޓަމަރުންނަށް އަރުވާ ލުއި ފަރިއްކޮޅު ދުވަހާއި ގުޅުވައިގެން ޚާއްސަ ކޮށްފައެވެ.
އޭގެ އިތުރުން އެއަރލައިންގެ ޓްރެވެންޑްރަމް އޮފީހުގައިވަނީ ދުވަހާއިގުޅޭ ކޭކު ފެޅުމުގެ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ.
މޯލްޑިވިއަނުން އިންޑިއާގެ ޓްރެވެންޑްރަމަށް ދަތުރުތައް ފަށާފައިވަނީ 25 ޖޫން 2008 ގައެވެ. އޭގެ ފަހުން އެ އަރލައިނުންވަނީ ރާއްޖޭގެ އުތުރުން ހދ. ހަނިމާދޫ އިންޓަރނޭސަނަލް އެއަރޕޯރޓުންވެސް ޓްރެވެންޑްރަމް ސެކްޓަރގެ ދަތުރުތައް ފަށައިފައެވެ. ހަނިމާދޫއިން މޯލްޑިވިއަންގެ ދަތުރުތައް ފެށީ 2013 ވަނަ އަހަރުއެވެ.
Celebrating 12 years of operations to Trivandrum. #Maldivian #NationalAirline pic.twitter.com/rJFMTrYELE
— Maldivian (@MaldivianAero) January 25, 2020
މި މުނާސަބާގައި މޯލްޑިވިއަނުން ބުނެފައިވަނީ 12 އަހަރުގެ ކާމިޔާބު ދަތުރުތަކެއް ޓްރެވެންޑްރަމްއަށް ކުރެވިފައިވާތީ އެ ކުންފުންޏަށް ދެއްވި އިތުބާރަށްޓަކައި ކުންފުނީގެ ކަސްޓަމަރުންނަށާއި، ޕާޓުނަރުންނަށް ޝުކުރު އަދާކުރާކަމަށެވެ.
އިތުރަށް އެކުންފުނިން ބުނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭސަން ލިމިޓެޑްގެ ފެމިލީ ހިމެނޭހެން އެ ކާމިޔާބު އޮޕަރޭޝަންއަށް އެހީތެެރިވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އެކުންފުނިންވަނީ އެކުންފުނީގެ ޓްރެވެންޑްރަމް ޓީމަށް ވަކިން ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!