ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕްރޮގްރެއްސިވް ކޯލިޝަން ހދ. އަތޮޅަށް ކުރައްވާ ދަތުރެއް ފައްޓަވައިފިއެވެ. ޕްރޮގްރެއްސިވް ކޯލިޝަންގެ މިޓީމުގައި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲއާއި، ނައިބު ރައީސުނ ކަމުގައިވާ އިބްރާޙީމް ސުޖާއުއާއި، އާދަމް ޝަރީފާއި، ޕީޕީއެމްގެ ނައިބުރައީސް ގައްސާނު މައުމޫނާއި، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުލް ލަޠީފް މުޙައްމަދާއި އަދި ކުރީގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފިދު އަބުދުލް ޤާދިރު ހިމެނި ވަޑައިގަންނަވައެވެ. ޕީއެންސީގެ ރައީސްގެ ނައ...
ޔުމްނާ ޢަލީ
“ނޮވެލް ކޮރޯނާ ވައިރަސް” އިން ރައްކާތެރިވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ރާއްޖެއިން ވެފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ “ނޮވެލް ކޮރޯނާ ވައިރަސް” އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވެވި ޕްރެސް ކޮންފަރަންސް އެއްގައެވެ. އެ ޕްރެސްކޮންފަރަންސްގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އ...
ފާތިމަތު ސިނާޒާ
މިހާތަނަށް ތާއީދު ހޯދަން ދިޔަ ދެ ފަހަރުވެސް ރައްޔިތުންވަނީ ބޮޑު ތަނުން ތާއީދު ކޮށްފައިކަމަށާއި، ފަތުރާފައިވަނީ ފޭކު ޚަބަރެއްކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަބުދު ﷲ ރިޔާޒު ވިދާޅުވެއްޖެއެވެ. “ކާނަލް ނާޒިމާއި އަބްދުﷲ ރިޔާޒު ސިޔާސީ ޕާޓީ އެއް އުފައްދަން އުޅެ ފެއިލް ވެއްޖެ!” މި ސުރުޚީގެ ދަށުން އޮންލައިން ނޫސް ހާމަ.އެމްވީ އިން ގެނެސްދީފައިވާ ޚަބަރެއް ހިއްސާ ކުރައްވައި، ރިޔާޒު ވަނީ އެއީ ދޮގު ޚަބަރެއް ކަމަށް ވިދާޅުވެފައެވެ. ރިޔާޒު ވިދާޅުވީ ޚަބަރު ލިޔާއިރު […]
ޔުމްނާ ޢަލީ
الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. “އެންމެ ފައިދާކުރާ ބޭސްފަރުވާ ތެރޭގައި؛ ދުޢާ ކުރުމުގައި އާދޭހާ (އާދޭސްކޮށް، ދެރަނިކަމެތި، މޮޅިވެރިއެއްގެ ގޮތުގައި ހުރެ) އެކުގައި ހުރެ ދުޢާކުރުން ހިމެނެއެވެ.” الدعاء دواء 12 الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. “ދުނިޔޭގައި އެކިމުޞީބާތްތަކާއި އުނދަގޫތައް ދިމާވުމުން ތަޥްޙީދުންއެކަންތައް ފިއްލަވައި ދެއްވާ މިންވަރަށް އެހެން އެއްވެސް އެއްޗަކުން ފިއްލަވައި ނުދެ އެވެ. ފަހެ، އެ ގޮތުން މުޞީބާތްތައް ދިމާވުމުން ކިޔާ ދުޢާއަކީ ތަޥްޙީދު […]
Thiladhun
ސްކޫލްގެ މިޑްޓަރމް ބަންދަށް ޚާއްސަ ޕެކޭޖުތަކެއް މޯލްޑިވިއަން އިން ތައާރަފުކޮށްފިއެވެ. މޯލްޑިވިއަން އިން އައްޑޫއަށް ތައާރަފު ކޮށްފައިވާ “އައިލެންޑް ޓްއަރ އިން އައްޑޫ” ޕެކޭޖާއި ބެންކޮކަށް ފަސް ރޭގެ ހުރުމާއެކު ތައާރަފު ކޮށްފައިވާ ޕެކޭޖަކާއި ލ. އަތޮޅު ބަލައިލަން ދާން ބޭނުންވާ ފަރާތްތަކަށް ތައާރަފު ކޮށްފައިވާ ޚާއްސަ ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. އައްޑޫ ޕެކޭޖުގައި މީހަކަށް 5450ރ. ދައްކަން ޖެހޭއިރު، މި ޕެކޭޖު ނެގުމުން ހަތް ދުވަހުގެ ހުރުން ލިބޭނެއެވެ. ލާމު ޕެކޭޖު 4،080ރ. އަށް ވިއްކާއިރު، މި ޕެކޭޖުގައި […...
އިބްރާހިމް އަސްވާޤް
ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ގެނައީ އެމްޑީޕީން ނޫން ކަމަށާއި އެ ނިޒާމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނަކުން ފާސްކުރި ނިޒާމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖޭޕީއަށް މެންބަރުންތަކެއް ސޮއި ކުރަން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ލާމަރުކަޒީ ވުޖޫދަށް ގެނައީ އެމްޑީޕީން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ...
ޔުމްނާ ޢަލީ
ކެރީބިއަން ސަރަޙައްދަށް 7.7 ގެ ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފިއެވެ. ސުނާމީގެ އިންޒާރު ދީފައިވަނީ، ޖަމައިކާ، ކިއުބާ އަދި ކިއިމެން އައިލޭންޑްސް އަށެވެ. މިބިންހެލުމުގެ ލޮޅުން، ހެއިޓީ، ހޮންޑުރާސް، ކިއުބާ، ކިއިމެން އައިލޭންޑްސް އަށް އައިސްފައިވެއެވެ. އަދި ބިންލެމާއި ގުޅިގެން 6 ޤައުމަކަށްވަނީ ސުނާމީގެ އިންޒާރު ދީފައެވެ. https://twitter.com/iscresearch/status/1222251276190261248?s=21 ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ފަހުން ވަނީ ބިންހެލުން އައިސްފައިވަނީ ޖަމައިކާގެ ދެކުނު އައްސޭރިއަށް...
އަލީ އާދިލް
އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ނަކީ އެ ބޭފުޅަކަށްޓަކައި ދިވެހިން ފަޚުރުވެރިވާ ޤައުމީ ބަޠަލެކެވެ. އެއީ ހޮޅިން ނުވަތަ މަލަބާރީންގެ އަތްދަށުން 3 ޖުމާދަލްއާޚިރާ 1166 (7 އެޕްރީލް 1753) ގައި ދިވެހިރާއްޖެ މިނިވަންކޮށް ދެއްވި ޤައުމީ ބަޠަލެވެ. އެއީ ރައްޔިތުން ރަސްކަމަށް އިސްވުމަށް އެދި އާދޭސް ކުރުމުން ވެސް އެކަމަށް ފުރަގަސް ދެއްވި ލީޑަރެކެވެ. ހޮޅިން ރާއްޖެ ހިފައި، ރަސްކަމުގައި އޭރު އިންނެވި އައްސުލްޠާން […]
ޢަބްދުﷲ ސަޢީދު
ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން މިހާތަނަށް ދެހާހަށްވުރެ ގިނަ ބުކިން ކެންސަލްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ކޮރޯނާ ވައިރަހާއި ގުޅިގެން ބައެއް ފަތުރުވެރިން ބުކިން ކެންސަލްކުރަމުންއަންނަކަމަށެވެ. އެގޮތުން މިއަދާއި ހަމައަށް 2083 ބުކިން ކެންސަލްކޮށްފައިވާއިރު، މީގެތެރެއިން ގިނައީ ޗައިނާގެ ފަތުރުވެރިންކަން މިނިސްޓ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސް އަށް 15 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ރޭ އިފްތިތާހްކޮށްފި އެވެ. ހޮޓެލް ޖެންގައި މި ހަފްލާ ބޭއްވިގެން ދިޔައީ އުރީދޫ މޯލްޑިވްސްގެ ކާމިޔާބު 15 އަހަރުގެ ތެރޭގައި ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމްކޮށް، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމުގައި ކުރަމުން އައި ބުރަ މަސައްކަތުގައި ބައިވެރިވެފައިވާ ޕާޓްނަރުންގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އެގޮތުން، މި ހަފްލާގައި އުރީދޫ އިން ވަނީ، ކުންފުނީގެ މަސައްކަތްތަކުގައި އެއްބާރުލުންދީ، ތަފާތު އިޖްތިމާއ...
އިބްރާހިމް އަސްވާޤް
ކެއުމަށް އޯޑަރު ދިނުމަށްފަހު ބުއިމަކަށް ތި އޯޑަރުކުރީ ކޯކަކަށެވެ. ނުވަތަ ކޮންމެވެސް އެހެން ބާވަތެއްގެ ސޮފްޓް ޑްރިންކެކެވެ. ކޯކު ކަހަލަ މިފަދަ ލުއި ބުއިންތަކުން ލިބޭ ގެއްލުން ވިސްނާލިން ހެއްޔެވެ؟ ވިސްނައިނުލެވެނީ އެ ގެއްލުން ނޭނގޭތީ ހެއްޔެވެ؟ ކޮންމެ ދުވަހެއްގެ ކެއުމާއި އެކު ސޮފްޓް ޑްރިންކް ބޭނުންކުރާ ބިލިއަނެއްހާ މީހުން އުޅެއެވެ. ނަމަވެސް އަކީ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހެއްގެ ކެއުމާއިއެކު ބޭނުން ކުރާވަރަށް ވުރެއް ހަށިގަނޑަށް ގެއްލުން ހުރި ބުއިމެއް އޭގެ ތެރެއިން ޤަބޫލު ކުރަނީ ކިތައް މީހުންހ...
އައިމިނަތު ޔުމްނާ
“ނޮވެލް ކޮރޯނާ ވައިރަސް”ގެ ނުރައްކަލުން ރައްކާތެރިވުމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައިފި އެވެ. މި ޓާސްކްފޯސް އެކުލަވާލާފައިވަނީ “ނޮވެލް ކޮރޯނާ ވައިރަސް”ގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި، މިބަލީގެ ޚަބަރު ސަރުކާރަށް ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅ...
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ރައްތައް ގިރަމުންދާ މައްސަލާގައި މަޖިލީހުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް މާދަމާއަށް ތާވަލު ކޮށްފިއެވެ. ދިވެހި ރާއްޖޭގެ ގިނަ ރަށްތަކެއް އާދަޔާ ޚިލާފަށް ގިރަމުންދާ މައްސަލާގައި ރައްޔިތުންގެ މަޖިލިސްގެ އެންވަޔަރަމަންޓް އެންޑް ކްލައިމޭޓް ޗޭންޖް ކޮމެޓީގެ ކުއްލި ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 11.00 ގައެވެ. މަޖިލިސް އިދާރާގައި ބޭއްވުމަށް ނިންމާފައިވާ އެ ބައްދަލުވުން ވަނީ އާންމުކޮށް ހުޅުވާލެވިފައިކަމަށް މަޖިލިސް އިދާރާއިން ހާމަ ކުރައްވައެވެ. ރާއްޖޭގެ ގިނަ ރައްތައް އާދަޔާ ޚިލާ...
ފާތިމަތު ސިނާޒާ
ށ. ފުނަދޫ، މާލެ އެއްކޮޅު ޓިކެޓް ފެށޭ އަގަކީ 805 ރުފިޔާ ކަމަށް މޯލްޑިވިއަނުން ހަމަޖައްސައިފިއެވެ. މިމަހު 24 ގައި ޓެސްޓް ފްލައިޓް ޖައްސައި، އޮޕަރޭޓް ކުރަން ތައްޔާރުވެފައިވާ ށ. ފުނަދޫ އެއަރޕޯރޓަށް ދަތުރުކުރުމަށް މޯލްޑިވިއަނުން އެ އަގުގައި ޓިކެޓް ވިއްކަން ފަށަން ހަމަޖައްސާފައިވަނީ 3 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެންނެވެ. އެ އެއާޕޯޓަށް ފެބްރުއަރީ 1 ގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން މަސައްކަތް ކުރަމުން އަންނަކަމަށް ކުރިންވަނީ ބުނެފައެވެ. ކުރީގެ ސަރުކާރުން ހަދަން ފެށި […]
އަލީ އާދިލް
ހއ. ތަކަންދޫއިން ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ތަކަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ވާ ގޮތުން އެރަށުން ދޫކުރުމަށް ހަމަޖައްސާފައި ވަނީ 3000 (ތިންހާސް) އަކަފޫޓުގެ 23 ގޯއްޗާއި 3990 (ތިންހާސް ނުވަސަތޭކަ ނުވަދިހަ) އަކަފޫޓްގެ 1 ގޯއްޗެވެ. ގޯތިތައް ދޫ ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަކަކީ، ތަކަންދޫގެ އިރުމަތީ ކުޅީގެ ހުޅަގުން ޔަމަން ކިޔާ ގޯތީގެ އިރު އުތުރުގައިވާ ސަރަޙައްދުން 3000 (ތިންހާސް) އަކަފޫޓުގެ 07 ގޯއްޗާއި، އެވެނިއު ކިޔާ ގޯތީގެ އިރުމަތިން 3000 […]
އަލީ އާދިލް
2020 ވަނަ އަހަރުގެ އޫރިދޫ ކަލާ ރަން ހުޅުމާލޭގެ އިތުރުން، އުތުރުގެ ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖައްސައިފިއެވެ. އުރީދޫއިން އެކަން އިއުލާނުކޮށްފައިވަނީ އެކުންފުނިން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ބޭއްވި ‘މަރުހަބާ 2020’ ހަފްލާގައި އެވެ. ކުޅުދުއްފުށި ސިޓީގައި ކަލާ ރަން ފަށާނީ މެއި މަހުގެ 29 ވަނަ ދުވަހުގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ކަލާ ރަން އޮންނާނީ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ. އުރީދޫއިން ބުނެފައިވަނީ އުރީދޫ […]
ޔުމްނާ ޢަލީ
މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލަށް ހޮވިވަޑައިގަތް ކައުންސިލް މެމްބަރު އަހްމަދު ރިޟްވާން ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސްއާ ގުޅިވަޑައިގެން އެޕާޓީއަށް ސޮއިކޮށްފިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ޕީޕީއެމް ހަރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ ޕީޕީއެމްއާ ގުޅުނުކަން އިޢުލާނުކޮށް، ރަމްޒީކޮށް ފޯމް ހަވާލުކޮށްފައެވެ. ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް ޢަބުދުއްރަހީމް ޢަބުދުﷲ އެވެ. ސޮއިކުރި ޖަލްސާގައި ރިޟްވާން ވަނީ ސަރުކާ...
ޔުމްނާ ޢަލީ
އަހަރެމެންގެ ވެށީގެ ހިމާޔަތުގައި ކެނޑިނޭޅި ވަކާލާތު ކުރައްވާ، އެތައްބަޔަކު ރާއްޖޭގެ މި ޖަޒީރާވަންތަ ރަށްތައް އާދަޔާއި ހިލާފަށް ގިރާ ހުސްވަމުންދާތީ އެކަމާ ކަންބޮޑުވެ އެވާހަކަ ދެއްކުން މިއަދު އިތުރުވެއްޖެއެވެ. ރާއްޖޭގެ އެންމެ އުތުރުން އޮންނަ ތުރާކުނުވެސް ދަނީ އިންތިހާއަށް ގިރަމުންނެވެ. ހޯރަފުށީ ދާއިރާގެ މެންބަރ އަޙްމަދު ސަލީމު ޓުވިޓަރގައި ހިއްސާކުރެއްވި ފޮޓޯތަކަކާއި އެކު ބުނެފައިވަނީ ތުރާކުނުގައި ގިރަމުންދާ ސަރަޙައްދުގައި ހުރި ގަސްތައް ހިމާޔަތް ކުރެވޭތޯ އެރަށުގެ ޒުވާނުން އިސްނަގައިގެން ހިތްވަރު ކު...
އަލީ އާދިލް