ހއ. އަތޮޅުން 36 ފަރާތަކަށް އަދި ހދ. އަތޮޅުން 29 ފަރާތަކަށް މި އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޓިކެޓް ކަށަވަރު ވެއްޖެއެވެ. ހއ. އަދި ހދ. އަތޮޅުގެ ރަށު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ކުރިމަތިލި 65 ފަރާތަކަށް ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ކަށަވަރު ވެފައިވާކަމަށް މިއަދު އެޕާޓީން ކޮށްފައިވާ ޢިއުލާނުގައި ބުނެއެވެ. ޕްރައިމެރީއާނުލާ ޓިކެޓު ލިބުނު ކެންޑިޑޭޓުންގެ ލިސްޓުhttps://t.co/Mj1dowSQZY — MDP Secretariat (@MDPSecretariat) […]
ޔުމްނާ ޢަލީ
އާއިލީ މަސްލަހަތު ދެމެހެއްޓުމާއި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ހދ. ހިރިމަރަދޫ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިން ނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ ހިރިމަރަދޫ ސްކޫލު ޕީޓީއޭ އަދި ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ހދ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި، އާއ...
ޔުމްނާ ޢަލީ
ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އުތީމު ގޮފިން ހިންގާ ޤުރުއާން ކްލާހުގެ ކިޔެވުން ފަށައިފިއެވެ. އެ ޤުރުއާން ކްލާސް ކުރިއަށްދަނީ ހއ. އުތީމު ކައުންސިލާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ގުޅިގެންނެވެ. އެ ޤުރުއާން ކްލާހުގެ ކިޔެވުން މިއަދު ފެށުމާއި ގުޅިގެން އުތީމު ކައުންސިލުންވަނީ، އެކަމަށް އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އެކަން ފުރިހަމަ ކުރުމުގައި އުތީމު ރައްޔިތުންގެ ފަރާތުން ދެއްވި، އެއްބާރުލުމާއި އެހީތެރިކަމަށް އުތީމު ކައުންސިލްގެ ޚާއްސަ ޝުކުރެއްވަނީ އެ ރަށުގެ ރައްޔިތ...
އަލީ އާދިލް
މި މުޖުތަމައުގެ ޅަދަރީން ޙިމާޔަތްކުރަން ބޭނުންވަނީ، ކެރޭ، ފަސްނުޖެހޭ، ސާބިތު ހިތްތަކެއް އަދި އަޑުއުފުލޭ، ޙަރަކާތްތެރި ދޫތަކެއް ނޫންތޯއެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަދި ނަފްސާނީ އަނިޔާތަކަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމަށް ޕީއެސްއެމް އިން ނެރެފައިވާ ވީޑިއޯއެއް ޓުވީޓު ކުރައްވާ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފައިވަނީ މި މުޖުތަމަޢުއިން މިކަން ނައްތާލުމަށް ކުރެވިދާނެ ކަންތައްތަކެކެވެ. އަނިޔާއާއި ހީލަތުގެ ވަކިތަކުން އަހަރެމެންގެ ލޯތަކުގެ ފިނިކަން ކަމުގައިވާ ތުއްތުކުދީންނާއި ޅަދަރީން ޙިމާޔަތްކުރ...
ޔުމްނާ ޢަލީ
11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާކޮށްގެން 60 އަހަރުގެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި 11 އަހަރުގެ ފިރިހެން ކުއްޖަކާއި މެދު ޖިންސީ ގޯނާ ކޮށްފައި ވާ ކަމުގެ މައްސަލައެއް 2019 ޑިސެމްބަރ 09 ވަނަ ދުވަހުގެ 16:30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށާއި މި މައްސަލަ އާ ގުޅިގެން މިމަހުގެ 27 ވަނަ ދުވަހުގެ 12:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށެވެ. މި […]
އަލީ އާދިލް
60 ފިރިހެން ޕްރިޒަން އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިޢުލާންކޮށްފިއެވެ. އަސާސީ މުސާރައިގެ ގޮތުގައި މަހަކު 6,050.00 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ގައި ލިބޭނީ ހަމައެކަނި އަސާސީ މުސާރަ ) އަދި ސަރވިސް އެލަވެންސް އަށް މަހަކު 3,500.00 ރުފިޔާ އާއި ނޮން ޕްރެކްޓިސް އެލަވެންސް ގެ ގޮތުގައި މަހަކު 2,722.50 ރުފިޔާ އަދި ލިވިންގ އެލަވެންސް އަށް މަހަކު 2,500.00 ރުފިޔާގެ އިތުރުން ޔުނިފޯމް އެލަވެންސްއަށަ މަހަކު 300.00 ރުފިޔާ ހަމަޖެހިފައިވާކަމަށް އެއިދާރާއިން ނެރެފައިވާ އިޢުލާނުގައި ބުނެފައިވ...
އަލީ އާދިލް
ހއ. ދިއްދޫގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ތެރެއިން ބާކީ ދޫ ނުކުރެވިވާ %40 ފައިސާ، އެ ކައުންސިލަށް ލިބުމުން ދޫކުރެވޭނެކަމަށް ދިއްދޫ ކައުންސިލުން ހާމަކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންޔުނިޓްތަކުގެ ތެރެއިން ދިރިއުޅުމަށް ދޫކުރެވިފައިވާ ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކޮށްފައިވާ ފަރާތްތަކަށް، ބާކީ ދޭންޖެހޭ %40 ފައިސާ ހޯދުމަށް އެދި އެ ކައުންސިލަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ދާ ކަމަށެވެ. އެކަމާއި ގުޅިގެން އެކައުންސިލުން...
ޝިއުނާ އާދަމް
އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ. އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި މިސީޓީ ހިއްސާ ކުރަމުން ބުނެފައިވަނީ އައިސް ޕްލާންޓް އިހަވަންދޫ ގެ ރައްޔިތުންގެ މުދަލެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން، މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދެވި، ރަށްވެހި ކަމުގެ އި...
އަލީ އާދިލް
“އޯގާވެރި ދަޢުވަތު” މިނަމުގައި އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް ގުޅިގެން، ކުރިއަށް ގެންދާ ޕްރޮގްރާމް ހއ އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި އެވެ. މި ޕްރޮގްރާމަކީ ދީނާއި ގުޅޭ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ހިންގާ ކެމްޕެއިނެކެވެ. https://www.facebook.com/1347483672001029/posts/2670225706393479/?d=n ޖަނަވަރީ 12 އިން 17 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމް އެއަތޮޅު ހުރިހާ ރަށެއްގައިވެސް އާންމުންނަށާއ...
ޔުމްނާ ޢަލީ
ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ އެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ހއ. ދިއްދޫ ކައުންސިލުން އެދިއްޖެއެވެ. ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް އެކައުންސިލުން އެދުނީ އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން އެ ކައުންސިލަށް އަންގާފައިވާތީ އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. އެ ކައުންސިލުން ބުނެފައިވަނީ ދަ...
އަލީ އާދިލް
ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ކުށުގެ...
އިބްރާހިމް އަސްވާޤް
ދުނިޔޭގެ ނުރައްކާތެރި ބައެއް ޕެތޯޖަންސް ދިރާސާކުރުމަށް ޗައިނާގެ ވުހާންގައި ތައްޔާރުކޮށްފައިވާ ލެބް ސެޓަޕްއަކުން ސާރސް ފަދަ ނުރައްކާތެރި ވައިރަސް ބޭރުތެރެއަށް ފެތުރިދާނެކަމަށް 2017 ވަނަ އަހަރު ސައިންސްވެރިން ވަނީ އިންޒާރުދީފައެވެ. މިއަދު މިވަނީ ސާރސް އާ އެއްފަދަ ކޮރޯނާ ވައިރަސް ވުހާން އަށް ފެތުރި 800 އަށް ވުރެއް ގިނަމީހުންނަށް މި ވަރިސް ޖެހި، ދުނިޔޭގެ އިތުރު 10 ޤައުމަކަށް މިނުރައްކާތެރި ވައިރަސް ފެތުރި ، 25 އަށް ވުރެ ގިނަ މީހުން ވުހާން އަދި ވުހާން […]
އައިމިނަތު ޔުމްނާ
ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދުއަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ބޭއްވުމަށް ވެލިދޫ ޕޮލިސް ސްޓޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، އެރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ހުންނަޖެހޭ އަހަރީ ފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ރަނގަޅު ކުރަން ހުރި ކަންކ...
އިބްރާހިމް އަސްވާޤް
ތަތްނުލަވާ ތަވައާއި ތެއްޔަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު އެއްޗެކެވެ. ފަސޭހަ ކަމާއި އެތަކެއް ތަކުލީފަކުން މިންޖު ކުރެވުން އެއްޗެކެވެ. އެހެން ނަމަވެސް މިފަދަ ތަތް ނުލަވާ ތަވައާއި ތެލި ބޭނުން ކުރުމުގައި ސަމާލުވާން ޖެހެއެވެ. ރާއްޖޭގެ މަޝްޙޫރު ޑޮކްޓަރ ޒިޔާދު ފޭސްބުކްގައި އަންނަނީ އެކިއެކި މަޢުލޫމާތު ހިއްސާ ކުރަމުންނެވެ. އެގޮތުން “ތިބާއަށް އެނގޭ ހެއްޔެވެ؟” މިބައިގެ ދަށުން ލިއުއްވަމުން ގެންދަވާ އެކި އެކި ސިއްޙީ މަޢުލޫމާތުތަކުގެ ތެރެއިން “ކޮބާ އެއްލާލާކަށް ނުވޭތަ؟” މިސުރުޙީގެ ދަށުން ލިޔެފައިވާ ލ...
އަލީ އާދިލް
ހުޅުމާލެ ހޮސްޕިޓަލްގައި ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު އަދި މިހާތަނަށް ފެނިފައެއް ނުވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ހުޅުމާލޭ ހޮސްޕިޓަލުން ބުނީހުޅުމާލެ ހޮސްޕިޓަލްގައި ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު އަދި މިހާތަނަށް ފެނިފައެއް ނުވާކަމަށާއި، އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހަޤީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން އެހެން ބުނީ ހުޅުމާލޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ޗައިނާ އަންހެނަކު ކަރަންޓީނު ކުރެވިފައިވާކަމަށް ދެ...
ޔުމްނާ ޢަލީ
ހއ. އަތޮޅު (ތިލަދުންމަތީ އުތުރު ބުރީ) ގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ހއ. ކެލާގައި ބާއްވައިފިއެވެ. ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ އެ ބައްދަލުވުން އިއްޔެ ކެލާގައި ކުރިއަށް ދިޔަ އިރު އެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަނާއި، އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ މަސައްކަތު ބައްދަލުވުމުގެ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނީ ބޮޑުތިލަދުންމަތ...
އަލީ އާދިލް
އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ. އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލީހްއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމްއާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމް ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދްނާނު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނދައަޅުއްވާފައި ހުން...
އަލީ އާދިލް
ދިވެހި ޢާއިލާއަކުން ބަނގުލަދޭޝްގެ ވިލެޖެއްގައި ދިރިއުޅޭ ޢާއިލާ ތަކަކަށް ސާފު ފެންލިބޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ. ސ. މަރަދޫއަށް ނިސްބަތްވާ އެ ޢާއިލާގެ އެހީގައި މި މަޝްރޫޢު ހިންގާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުންނެވެ. އައިއޭސީއިން ބުނެފައިވަނީ އެވަޅު ހަދާފައިވަނީ ބަންގްލަދޭޝްގެ ސްކޫލެއްގެ ކައިރީކަމަށ...
އަލީ އާދިލް