ހުޅުމާލޭ ތިން ބިދޭސީންނަށް ހަމަލާދީފިއެވެ. މިރޭ ހުޅުމާލޭގައި ތިން ބިދޭސީންނަށް ހަމަލާ ދިނީ ތިން ސަރަހައްދެއްގައިކަމުގެ މައުލޫމާތު ލިބެއެވެ. މިރޭ އަށެއް ޖަހާކަށް ހާއިރު ދިން ހަމަލާތަކުގައި ޒަޚަމްވެފައި ވަނީ ޗައިނާ ދެ މީހަކާއި، އޮސްޓްރޭލިއާ މީހަކަށެވެ. މީގެ ތެރެއިން ޗައިނާ އެކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީންނެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ […]
ޔުމްނާ ޢަލީ
ކޮރޯނާ ވައިރަހާއި ގުޅިގެން ދިވެހި ރައްޔިތުންގެ ފަރާތުން އެއް މިލިޔަން މަސްދަޅު ޗައިނާއަށް ހަދިޔާކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ މިރޭ ޚާރިޖީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ޢަބްދުﷲ ޝާހިދުއެވެ. މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމެވިކަން ހާމަކުރައްވަމުން ޚާރިޖީ ވަޒީރުވަނީ ޗައިނާއަށް ރާއްޖެއިން ހަދިޔާކުރާ މަސްދަޅުތަކުގެ ރަމްޒެއްގެ ގޮތުން މަސްދަޅު ކޭހެއް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުނަނަވާ ސަފީރަށް އަރުއްވާފައެވެ. https://twitter.com/abdull...
އިބްރާހިމް އަސްވާޤް
ރައްޔިތުން މަޖިލިސް މެންބަރުން ބޭނުން ކުރެއްވި 60 ކޮމްޕިއުޓަރު އައްޑޫ ސިޓީ ހިތަދޫ ސުކޫލްއަށް ހަދިޔާކޮށްފި އެވެ. މަޖިލިސް މިއަހަރަށް ހުޅުވައި މިއަދު ބޭއްވި ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ފައްޓަވައި، ރިޔާސަތުން އަންގަވާ މުހިންމު އެންގުމެއްގެ ގޮތުގައި، މަޖިލީހުގެ ރައީސް ވަނީ މިކަން އިއުލާން ކުރައްވާފަ އެވެ. ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ މަރާމާތުކުރުމަށްފަހު މަޖިލީހުގެ 60 މެންބަރަކު ބޭނުންކުރެއްވި ކޮމްޕިއުޓަރ ތަކެއް، އައްޑޫ ސިޓީ ސިޓީ ހިތަދޫ ސުކޫލް އަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިންނ...
އަލީ އާދިލް
ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުކުރެވުމުން ދެވޭ ޗުއްޓީ އެލްޖީއޭ މުވައްޒަފުންނަށް ހަމަޖައްސައިފި އެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންނަށް ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުކުރެވުމުން ދެވޭ ޗުއްޓީ (ފޮސްޓަރ ލީލް) ހަމަޖައްސުން އެއޮތޯރިޓީގެ ދާއިމީ މުވައްޒަފުންތެރެއިން ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުވާ މުވައްޒަފުންނަށް ދެވޭ ޗުއްޓީއެއްގެ ގޮތުގައި، ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުކުރެވުމުން ދެވޭ ޗުއްޓީ (ފޮސްޓަރ ލީވް) ފާސްކޮށް، އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދުގައި މުވައްޒަފުންނަށް...
އަލީ އާދިލް
14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 2 ބިދޭސީން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ފުލުހުންގެ އަޕަ ނޯތު ޕޮލިސް ޑިވިޒަނަށް ހިމެނޭ ރަށެއްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މިމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު 50 އަހަރުގެ 2 […]
ޔުމްނާ ޢަލީ
ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައިކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވާއިރު، އެބާރުތައް ރައްޔިތުންގެ ކިބައިގައި ދެމިއޮތުމަށް އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ މަންދޫބުން އިންތިޚާބު ކުރުމުގެ ބާރު ރައްޔިތުންގެ ކިބައިގައި އޮތުމެވެ. ރައްޔިތުންގެ ފަރާތުން ބަސްބުނާނޭ ރައްޔިތުން ޚިޔާރުކުރާ މަންދޫބުންތަކެއް މުޖުތަމަޢު އަދި ރަށު ފެންވަރުގައި ތަމްސީލްކުރާގޮތައް ހަމަޖެހިގެން ދިޔުމަކީ ޑިމ...
ހުސައިން ހަބީބް
ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން މިގޮތަށް ނިންމެވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިކަމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ކަ...
އިބްރާހިމް އަސްވާޤް
ހދ. ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތް 1441 ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައިވާކަމަށް އެކަންސިލުން ބުނެފިއެވެ. އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން “ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް” ފުރިހަމަ ކުރުމަށްފަހު 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެއިދާރާއަށް ހުށަހެޅުއްވުން އެދިފައި...
ޔުމްނާ ޢަލީ
14 އަހަރުގެ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާކުރި މައްސަލައެއް ބަލަންފަށައިފި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ 14 އަހަރުގެ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ (38އ) ޖިންސީ ގޯނާކޮށް، ބަދުއަހުލާގީ އަމަލު ހިންގާކަމުގެ މައްސަލައެއް މި މަހުގެ ދެވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ޖިންސީ ގޯނާ ލިބުނު ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ. މިކަން ހިނގާފައިވަނީ […]
ޔުމްނާ ޢަލީ
ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން އެރަށު ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. މި ފެބްރުއަރީ މަހުގެ 01 ން 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ މަކުނުދޫގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުމުގެ ގޮތުންނާއި، ފުލުހުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކަސްރަތު ކު...
އިބްރާހިމް އަސްވާޤް
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ނިޒާމެއް ގާއިމްކުރުމަށް ދިރާގާއި އުރީދޫ އިން އެއްބަސްވެއްޖެ އެވެ. އުރީދޫ އިން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ދިރާގުގެ އިތުރުން، ލަންކާގެ ޑައެލޮގް އެގްޒިއާޓާ ކުންފުންޏާ ގުޅިގެން ރާއްޖެ އާއި ލަންކާއާ ދެމެދު ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. މި މަޝްރޫއަށް އުރީދޫ އިން ގިނަވެގެން ނުވަ މިލިއަން ޑޮލަރު ހަރަދުކުރާނެކަމަށް ބުނ...
އިބްރާހިމް އަސްވާޤް
ނުކުޅެދުންތެރިކަން ހުންނަ 30 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަންފަށައިފި އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އަޕާ ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުންނެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ 7:30 ހާއިރު ކަމަށެވެ. މި ހާދިސާގައި ޖިންސީ އަނިޔާ ލިބިފައިވަނީ އުމުރުން 30 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށެވެ. މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން […]
އަލީ އާދިލް
އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު އޮންނަ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބު ވިޔަސް ސިވިލްސަރވިސް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ. އެ ކޮމިޝަނުން ބުނީ އެ އިންތިޚާބުގައި ވާދަ ކުރުމަކުން ސިވިލްސަރވިސް މުވައްޒަފުން ވަޒީފާ ސަސްޕެންޑް ނުވާނެ ކަމަށާއި، ތިޚާބުވުމުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކި ނުކުރެވޭނެކަމާއި އަދި އިސްތިޢުފާވެސް ދޭން ނުޖެހޭނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމ...
ޔުމްނާ ޢަލީ
ހިޔާ މަޝްރޫޢަށް ޝަރުޠު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުން އެ ބޭފުޅުންގެ ފޯނު ނަންބަރު ފޮނުއްވައިދެއްވުމަށް އެދިވަޑައިގެންފި އެވެ. ހިޔާ މަޝްރޫޢު”އަށް ޝަރުޠު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުން އެ ބޭފުޅުންގެ ފޯނު ނަންބަރު ފޮނުއްވައި ދެއްވުމަށް “ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ” ގެ އެދިވަޑައިގެންނެވުމާއިއެކު އެކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްބަޔާނެއް ނެރުއްވައިފިއެވެ. މި ނޫ...
އިބްރާހިމް އަސްވާޤް
ފްލައިމީ އިން މިމަހު ހަނިމާދޫއަށް ދެ ޗާޓާ ފްލައިޓް ބާއްވަން ހަމަޖައްސައިފިއެވެ. ޚާއްސަ އަގުތަކެއްގައި ދަތުރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ ދެ ފްލައިޓް ބާއްވަން ހަމަ ޖައްސާފައިވަނީ މި މަހުގެ 16 ވަނަ ދުވަހާއި 22 ވަނަ ދުވަހު އެވެ. 16 ވަނަ ދުވަހު ފްލައިމީ ފްލައިޓް މާލެއިން ފުރުމަށް ސެޑިއުލް ކޮށްފައިވަނީ އެދުވަހުގެ ހެނދުނު 9:30 ގައެވެ. އެ ފްލައިޓް ހަނިމާދޫއިން ފުރާނީ ހެނދުނު 11:00 ގައެވެ. 22 ވަނަ ދުވަހު ފްލައިމީ މާލެއިން ފުރުމަށް […]
ޔުމްނާ ޢަލީ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް މިހާތަނަށް ވިހާހަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އެވައިރަސްގެ ސަބަބުން 426 މީހަކު މިހާތަނަށް މަރުވެފައި ވާކަމަށްވެސް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ. ކަމާއިބެހޭ އިދާރާތަކާއި ހަވާލާދީ ދުނިޔޭގެ ބައެއް ނޫސްތައް ބުނާ ގޮތުގައި ނޮވެލް ކޮރޯނާވައިރަސްގެ 20438 ކޭސް މިހާތަނަށް ރިޕޯރޓްކޮށްފައި ވެއެވެ. ޗައިނާގެ ވުހާއިން ފެތުރެންފެށި ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން އެ ޤައުމިގެ އިންވެގެން އޮނ...
ޔުމްނާ ޢަލީ
އަވަށްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓުން، ކޮރޯނާ ވައިރަސްއަކީ އެސްޓޭޓަށް ކުރިމަތިވެފައިވާ ކާރިޘާއެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. އިންޑިއާގެ ކެރެލާ ސްޓޭޓުން އެގޮތަށް ކަނޑައެޅި އިރު އެސްޓޭޓުން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި 3 މީހުންވެސް ވަނީ ޕޮޒިޓިވްވެފައެވެ. ކެރެލާއިން ކޮރޯނާއަށް ޕޮޒިޓިވް ވީ ޗައިނާގެ ވުހާން އިން އެނބުރި އެސްޓޭޓަށްއައި އައި 3 ދަރިވަރުންނެވެ. ކެރެލާއިން މިހާތަނަށް ޓެސްޓުކުރި 140 ސާމްޕަލްގެ ތެރެއިން 46 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. އަދި 3 ސާމްޕަލް ވަނީ ޕޮޒިޓިވްވެ...
އަލީ އާދިލް
މިދިޔަ މަހުގެ 31 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބަށް ކެންޕެއިން ކުރެއްވުމަށް މަކުނުދޫގެ ބަޔެއް ރައްޔިތުންނާއި ބައްދަލު ކުރައްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ މަކުނުދޫގައި ހަދަމުންގެންދާ ޕާކާއި ގުޅޭގޮތުން ދެއްކެވި ވާހަކަ ހޯމް މިނިސްޓްރީއިން ދޮގުކޮށްފިއެވެ. ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިނާޝާ ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލު ވުމުގައި ރާއީ ވިދާޅުވީ މަކުނުދޫ ޕާކް ހެދުމުގެ މަސައްކަތް ކުރިޔަށްގެންދަނީ ސަރުކާރުން ޚަރަދުކޮށްގެން ހޯމް މިނިސްޓްރީގެ ފަރާތުން ކަމަށ...
ޔުމްނާ ޢަލީ