ދިއްދޫ ނުހިފެއްޓުނު، މަނަދޫގައި އެރަށް ބަލިކޮށް ތިން ވަނަ މޮޅު ހޯދައިފި
ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަ ވަނަ މެޗުގައި ދިއްދޫ އިން މަނަދޫ ބަލިކޮށް، ލީގުގައި ދިއްދޫގެ ތިންވަނަ މޮޅު ހޯދައި އަނެއްކާ ވެސް ތާވަލުގެ އެއްވަނަ ޔަގީންކޮށްފިއެވެ. މަނަދޫގައި މިއަދު ހަވީރު ކުޅުނު މެޗެ ދިއްދޫ ކާމިޔާބުކުރީ 2-0 އިންނެވެ. މިއަދު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ދިއްދޫއެވެ. މި މެޗުގައި ދިއްދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 19 ވަނަ މިނިޓްގައި […]