ޕީޕީއެމްގެ ޖަލްސާގައި ގޮނޑިތައް ފުރި އިސްވެރިން ކޮޅަށް
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާއަށް އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ނިކުމެ ސަރަހައްދު ފުރާލައިފިއެވެ. ޕީޕީއެމްއިން މިރޭ ކުރިއަށްދާ ޖަލްސާގައި އެޕާޓީން ޖެހި ހުރިހާ ގޮޑިއެއް ފުރިފައިވާ އިރު އެ ސަރަހައްދުގައިވެސް ގިނަ ބަޔަކު ތިބިކަން ފާހަގަ ކުރެއެވެ. ޕީޕީއެމްއިން ބުނީ ޖަލްސާ ފެށުމުގެ ބައިގަޑި އިރު ކުރިން ގޮޑިތައް ފުރިފައިވާ ކަމަށާއި ގޮނޑިތައްފުރި ލީޑަރޝިޕް ކޮޅަށް ތިބެންޖެހިފައިވާކަމަށެވެ. ޕީޕީއެމުން ބުނެފައިވަނީ އެ ޕާޓީނ...