މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,368 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2030 ވަނަ ޞަފްޙާ

ނ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެ

ނ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެ

ޔޫތް ލީޑާރސް ނެޓްވޯކުން ކުރިއަށްގެންދިޔަ މިއަހަރުގެ ފުރަތަމަ ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެއެވެ. ވެލިދޫގައި ކުރިއަށްގެންދިޔަ ފޯރަމް އަތޮޅުގެ 12 ރަށަކުން 79 ޒުވާނުން ފުރިހަމަކުރިއެވެ. ފޯރަމްގެ ތެރޭގައި މައިގަނޑު 7 ދާއިރާއަކުން ސެޝަންތައް ކުރިއަށްގެންދިޔައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި. މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ހިމެނެއެވެ. މީގެއިތުރުން ޔޫތް ލީޑާރސް ނެޓްވޯކްގެ ސެޝަ...

ޔުމްނާ ޢަލީ
ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
"މަޤާމަށްޓަކައި ދީން ވިއްކާ ނުލާ": އިބްރާހީމް ރަޝީދު

"މަޤާމަށްޓަކައި ދީން ވިއްކާ ނުލާ": އިބްރާހީމް ރަޝީދު

މަޤާމަށްޓަކައި ދީން ވިއްކާ ނުލުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައިފިއެވެ. ދީނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް ދިފާއުކޮށް ހެދުމަކީ މުސްލިމަކު ކުރާނެ ކަމެއް ނޫން. މަގާމައްޓަކައި ދީން ވިއްކާ ނުލާށެވެ! އިބްރާހިމް ރަޝީދު އޭނާ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި އިތުރަށް ބުނެފައިވެއެވެ. އިބްރާހިމް ރަޝީދު ވަނީ ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ގެންނަ ފަރާތްތަކުން އެކަން ނުކުރުމަށްވެސް މީގެ ދެދުވަސް ކު...

ޔުމްނާ ޢަލީ
ތިލަދުންމަތީ ހޮވުން: ކެނޑިޑޭޓުންގެ ޕްރޮފައިލް ހިމަނަންވީ ކީއްވެ؟

ތިލަދުންމަތީ ހޮވުން: ކެނޑިޑޭޓުންގެ ޕްރޮފައިލް ހިމަނަންވީ ކީއްވެ؟

އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ތިލަދުންގެ ފަރާތުން ކެންޑިޑޭޓުން އިސްތިހާރުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. “ތިލަދުން” ގައި އިސްތިހާރު ކުރެއްވުމަށް ހާއްސަ އަގުތަކެއް ހަމަޖައްސާފައިވާއިރު ކައުންސިލް އިންތިޚާބާއި ގުޅިގެން “ތިލަދުން”އިން ކެނޑިޑޭޓުންގެ ޕްރޮފައިލް ގައި ހިމަނަން ވަނީ ފަށާފައެވެ. ޕްރޮފައިލްގައި ހިމެނޭނެ ބައިތައް: ފުރިހަމަ ނަމާއި އެޑްރެސް ކެނޑިޑޭޓްގެ ފޮޓޯ ކުރިމަތިލާ ހައިސިއްޔަތު (ޕާޓީ، އަމިއްލަ...

ތިލަދުން
ރާއްޖޭގައި ޓެސްޓްކުރި ފުރަތަމަ މީހާ ކޮވިޑް19 އަށް ނެގަޓިވް

ރާއްޖޭގައި ޓެސްޓްކުރި ފުރަތަމަ މީހާ ކޮވިޑް19 އަށް ނެގަޓިވް

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތެރެމުންދާ ކޮވިޑް19 ވައިރަހަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޓެސްޓުކުރި މީހާ ނަތީޖާ، ކޮވިޑް19 އަށް ނެގަޓިވް ކަމަށް ހެލްތް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބެނެފިއެވެ. ހެލްތް މިނިސްޓްރީއިން ބުނީ ނިއުމޯނިއާ އާއި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޮވިޑް19 އަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށެވެ. ކޮވިޑް19 އަށް ރާއްޖޭގައި ޓެސްޓް ކުރެވޭ ގޮތް ހެދީ މިމަހުގެ 20 ވަނަ  ދުވަހުއެވެ. ޑައިބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް 10 ލެބޯރަޓޮރީ ޓެސްޓިންގް […]

އިބްރާހިމް އަސްވާޤް
އެމްޑީޕީއަށް 13 ގޮނޑި ވަނީ ކަށަވަރުވެފައި: އީސީ

އެމްޑީޕީއަށް 13 ގޮނޑި ވަނީ ކަށަވަރުވެފައި: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް މިހާރުވެސް 13 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަންގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ 12 ރަށަކުން 15 ގޮނޑިއަށް ބޭފުޅުން ކުރިމަތިލީ ގާނޫނުގައި އިންތިހާބު ކުރަން ބުނެފައިވާ އަދަދަށް އެކަނި ކަމަށެވެ. އީސީއިން ބުނީ، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް 13 އަދި އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކަށް ދެ ގޮނޑި […]

ޔުމްނާ ޢަލީ
ހަގީގަތް މިއަދު އެނގުނުއިރު، ހައްގަކީ ވެސް ބޮޑު ވިޔަފާރިއެކެވެ.

ހަގީގަތް މިއަދު އެނގުނުއިރު، ހައްގަކީ ވެސް ބޮޑު ވިޔަފާރިއެކެވެ.

އަހަރެމެން މިއަދު މިވަނީ ތަހުޒީބުގެ އާ މަރުހަލާއަކަށް އާދެވިފައެވެ. މިއީ ވަރަށް އާދަޔާ ޚިލާފު މަރުހަލާއެކެވެ. ނުބައި ރަގަޅު ވެއްޖެއެވެ. ނުފޫޒުގަދަ މީހެއްގެ މައްޗަށް ކޯޓަކުން ކަމެއް ސާބިތުނުވާނެ މިމަރުހަލާގައި، ކުށެއްކަމުގައި ވަނީ ހަމައެކަނި ކޯޓަކުން ސާބިތުވާ ކަމެއް އެކަންޏެވެ. ކޯޓަކަށް ދިޔުމުގެ ކުރިން ކަންކަން ސާބިތުކުރުމަށް، އާންމުކުރެވޭ ބައްދަލުވުމެއްގައި އިންޓެލިޖަންސް ރިޕޯޓެއް އެބައޮތް ކަމަށް ފުލުހަކުބުނުން ފުދެއެވެ. އިއްޔެ ވަރަށް ގިނަ ކަންކަމަކީ ހައްގުގެ މަގަށް ރުޖޫއަވުމަށް ކުރެވުނު މަގެވެ....

މުޙައްމަދު ޝިހާބް
ކަރަންޓީނުން ދޫކޮށްލި މީހަކު އަމަލު ކުރިގޮތުން ގިނަބަޔަކު ރުޅިގަދަ ވެއްޖެ

ކަރަންޓީނުން ދޫކޮށްލި މީހަކު އަމަލު ކުރިގޮތުން ގިނަބަޔަކު ރުޅިގަދަ ވެއްޖެ

ކޮވިޑްއަށް ޝައްކު ކުރެވިގެން ކަރަންޓީނުން ދޫކޮށްލި މީހަކު ފޮކްސް ނިއުސް ލައިވް ޕްރޮގުރާމެއްގައި އަމަލު ކުރިގޮތުން ގިނަބަޔަކު ރުޅިގަދަވެ ނުރުހުން ފާޅުކޮށްފިއެވެ. ފޮކްސް ނިއުސްގެ ލައިވް ޕްރޮގުރާމަކަށް 3 އަހަރުގެ ދަރިފުޅާއިއެކު އިންޓަރވިއު ދިނުމަށް އެރި އެމެރިކާއަށް ނިސްބަތްވާ މިމީހާ ބުނެފައިވަނީ 2 ފަހަރަށް ކޮވިޑް19 އަށް ޓެސްޓު ކުރުމުންވެސް ނެގެޓިވެ ވެފައިވާކަމަށެވެ. މިލައިވްގައި ގިނަބަޔަކު އަޅައިގަނެފައިވަނީ އިންޓަރވިއު ދިނުމަށް އުނދަގޫވާވަރަށް ކެއްސުން އަރައި އިންޓަރވިއު ދިނުމަށް އުނދަގޫތަކެއް ކު...

ޝިއުނާ އާދަމް
ލަހުން ހޭލެވުނަސް، ގަޑި ޖެހުނަސް، ދާތަނަކަށް ދާން ވާނީ ނަމާދުކޮށްގެން

ލަހުން ހޭލެވުނަސް، ގަޑި ޖެހުނަސް، ދާތަނަކަށް ދާން ވާނީ ނަމާދުކޮށްގެން

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަންގެ ނަސޭހަތުގެ ބަސްކޮޅަކުން ފަށާނަމެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ސެއިޚް އިބްރާހިމް ރަޝީދު އޭނާ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި ބުނެފައިވަނީ ” ލަހުން ހޭލެވުނަސް، ގަޑި ޖެހުނަސް، ދާތަނަކަށް ދާން ވާނީ ނަމާދުކޮށްގެން ” ކަމަށެވެ. ” ލަހުން ހޭލެވުނަސް، ގަޑި ޖެހުނަސް، ދާތަނަކަށް ދާން ވާނީ ނަމާދުކޮށްގެން ” ތެދެކެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ނަމާދަށް ފަރުވާ ކުޑަކޮށް، ނަމާދު އަޅާފައި ކުރ...

ޙުސައިން ޝަހުދީ
ކޮވިޑް- 19އަށް ހޯދި ވެކްސިން އިންސާނުންނަށް ޓެސްޓް ކުރުމަށް ތައްޔާރުވެއްޖެ

ކޮވިޑް- 19އަށް ހޯދި ވެކްސިން އިންސާނުންނަށް ޓެސްޓް ކުރުމަށް ތައްޔާރުވެއްޖެ

ކޮވިޑް- 19 (ނޮވެލް ކޮރޯނާވައިރަސް) އާއި ދެކޮޅަށް ދުނިޔޭގައި އުފެއްދި ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓުކުރުމަށް ތައްޔާރުވެއްޖެއެވެ. ވޯލް ސްޓްރީޓް ޖާރނަލްގައި ބުނެފައިވަނީ މިވެކްސިން އުފައްދާފައިވަނީ ބެތެސްޑާގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަންސް އިންނެވެ. އަދި އެ އިންސްޓިޓިއުޓުން މި ވެކްސިން މިހާރުވަނީ އެމެރިކާގެ ސަރުކާރާއި ހަވާލުކޮށްފަ އެވެ. ކޮރޯނާވައިރަސް ވެކްސިނުން އިންސާނުން ޓެސްޓުކުރަން ތައްޔާރުވަމުންދިޔަ ނަމަވެސް، މީގެ ފުލް ވެކްސިން ތައްޔާރުވާނޭ ކަމަށް...

ޔުމްނާ ޢަލީ
އައިޖީއެމްއެޗްގެ އިލްތިމާސް: ރައްކާތެރި ކަމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތް ކުރުމުގައި ސަމާލުވޭ!

އައިޖީއެމްއެޗްގެ އިލްތިމާސް: ރައްކާތެރި ކަމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތް ކުރުމުގައި ސަމާލުވޭ!

ފާނަބަސަންދާއި ރޯގާ ހަލުވި ކަމާއެކު ފެތުރެމުންދާތީ ބަލިމީހުންގެ އަދި އަމިއްލަ ރައްކަލަށްކައްޓަކައި ބަލި މީހުންގާތަށް ޒިޔާރަތްކުރުން މަދުކޮށް، ސަމާލުވުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފި އެވެ. އެކަމާއި ގުޅުގެން މިއަދު އެހޮސްޕިޓަލުން ކުރި ޢިއުލާނެއްގައިބުނީ މި ދުވަސްވަރަކީ ހަލުވި ކަމާއެކު ރޯގާއާއި ފާނަބަސަންދު ފެތުރެމުންދާ ދުވަސް ވަރެއް ކަމަށާއި ހޮސްޕިޓަލުގައި ތިބި ބަލިމީހުން ގާތަށް ޒިޔާރަތްކުރުމުގައި ބަލިމީހުންނާއި އަމިއްލަ...

ޝިއުނާ އާދަމް
ތާރީޚުގެ ތެރެއިން ތިލައުތުރު ދިއްދޫ (1)

ތާރީޚުގެ ތެރެއިން ތިލައުތުރު ދިއްދޫ (1)

ހއ.ދިއްދޫ ނުވަތަ ތިލަ އުތުރު ދިއްދޫއަކީ ތިލަދުންމަތީ އުތުރުބުރީގެ އެންމެ އުތުރުން އަތޮޅުގެ މެދުތެރޭގައި އޮންނަ ރަށެކެވެ. މިރަށް އިހަވަންދިއްޕޮޅާ ވަކިކޮށްލަނީ ރަށުގެ އުތުރު ފަރާތުން ގައްލަންދޫއާއި ދެމެދުން އޮންނަ ގައްލަންދޫ ކަނޑު އޮޅިއެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ނިސްބަތުން ދިއްދުއަކީ ބިމުގެ ގޮތުން އެހާ ބޮޑުރަށެއްނޫނެވެ. ހަނި ދިގުކޮށް އޮންނަ މިރަށުގެ ފުޅާ މިނުގައި 0.35  ކިލޯމީޓަރު ހުންނަ އިރު ރަށުގެ ދިގުމިނުގައި ގާތްގަނޑަކަށް 2 ކިލޯމީޓަރ ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ދާދިފަހަކާ ޖެހެންދެންވެސ...

ނައްޝާމް ނަސީރު
އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ "ދަރަނި ދަންތޫރައެއް" ނޫން: ރައީސް ނަޝީދު

އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ "ދަރަނި ދަންތޫރައެއް" ނޫން: ރައީސް ނަޝީދު

އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ ދެފުށްފެންނަ ޕްރޮޖެކްޓުތަކެއް ކަމަށާއި އޭގެ ތަފްސީލުތައް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށް އަދި އެ ޕްރޮޖެކްޓުތަކަކީ ދަރަނި ދަންތޫރައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންޑިއާއަށް ތައުރީފުކޮށް ގުޖުރާތުގައި އިއްޔެ ފެށި “އައިޑިއާސް ކޮންކުލޭވް” ގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތީ ޑިމޮކްރެޓިކް ސަރުކާރެއްކަމަށާއި އަދި އިންޑިއާގެ އެހީތެރިކަމާއެކު މިހާރު...

އަލީ އާދިލް
މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދެފި

މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދެފި

މިދުވަސްވަރަކީ މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭ ދުވަސްވަރަކަށްވާތީވެ ބަލިމީހުންގެ އަދި އަމިއްލަ ރައްކަލަށްޓަކައި، ތިރީގައި ދެންނެވިފައިވާ ފަރާތްތައް ބަލިމީހުންނަށް ޒިޔާރަތް ނުކުރުމީ އެދެވިގެންވާ ކަމެއްކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ބުނެފިއެވެ. އެހޮސްޕިޓަލުން މިއަދު ނެރުނު އިޢުލާނެއްގައި ވަނީ5 ކަމަކަށް ސަމާލުވުމަށް އެދިފައެވެ. 1. ފާނަބަސަންދު ޖެހިގެން އުޅޭގެއެއްގެ މީހުން (ކުރިން ފާނަބަސަންދު ޖެހިފައި ނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެޑޯޒް ޖަހާފައި ނުވާ މީހުން...

އިބްރާހިމް އަސްވާޤް
ޤިޔާމަތްވުމުގެ ޢަލާމާތެއް - ދީންވެރި ތަޤްވާވެރިން ބާކީވެ، ހަމަބުއްދިނުވާ މީހުން އަމުރުވެރީން ކަމުގައިވުން

ޤިޔާމަތްވުމުގެ ޢަލާމާތެއް - ދީންވެރި ތަޤްވާވެރިން ބާކީވެ، ހަމަބުއްދިނުވާ މީހުން އަމުރުވެރީން ކަމުގައިވުން

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ދަށުދަރަޖައިގެ މީސްތަކުން ހެޔޮމީހުންނަށްވުރެ މަތިކުރުމާއި އެފަދަ މީހުން ދޫކޮށް މިބައިމީހުން ކަންކަމަށް ވެރިކުރުން ހިމެނެއެވެ. ފަހެ މީސްތަކުންނަށް އަމުރުވެރީން ކަމުގައި ވާނީ އެމީހުންގެ ތެރޭތިބި ހަމަބުއްދިނުވާ އަދި އެބައެއްގެ ކިބައިގައި އެއްވެސް ހެވެއްނުވާ ދެރަވަރު މީހުންނެވެ. މިއީ ކަންތަކަން އެފުއްމިފުށަށްޖެހި ޙާލަތު ބަދަލުވެގެން ދިއުމުވެ. މިއީ ޒަމާނުގައި ފެންނަން އޮތް ކަމެއްވެސް މެއެވެ. މީސްތަކުންގެ ވެރިން ކަމުގައްޔާއި ކަންކަމުގައި އިސްވެ ބަސްކިޔައި ހަދާ ގި...

Thiladhun
ބޮކާ ބެހޭ ތިން ވާހަކަ - ހަޔާތަށް އަސަރުކުރާނެ

ބޮކާ ބެހޭ ތިން ވާހަކަ - ހަޔާތަށް އަސަރުކުރާނެ

ބޮކަކީ ރާއްޖޭގައި ވެސް އުޅޭ އެއްޗެކެވެ. އެއީ ފުންމަމުން އެއްތަނުން އަނެއްތަނަށްދާ އަނގަ ބޮޑު އެއްޗެވެ. އަޅުގަނޑަށް މިހާތަނަށް އިވިފައިވާ ބޮކުގެ ވާހަކަތަކުގެ ތެރެއިން މި ތިން ވާހަކައަކީ މީހެއްގެ ހަޔާތުގައި ވަރަށް މުހިންމު ފިލާވަޅުތަކެއް ހޯދިދާނެ ތިން ވާހަކައެވެ. މި ވާހަކަތައް އެކި މީހުން ލިޔެފައި ހުންނަގޮތް ކުޑަކޮށް ތަފާތެވެ. އަޅުގަނޑުގެ ލިޔުމުގައި ވެސް އަމިއްލަ ގޮތެއް ހުންނާނެއެވެ. މިއިން ވާހަކައެއް ކުރިން އަހާފައިވާ ފަރާތްތަކަށް އެކަން ފާހަގަ ވާނެއެވެ. ފުރަތަމަ ވާހަކަ (ވަޅަށް ވެއްޓުނު […]

ޢަބްދުﷲ ސަޢީދު
ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް އެމްޑީޕީން ބަޔާނެއް ނެރެފި

ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް އެމްޑީޕީން ބަޔާނެއް ނެރެފި

ހދ. ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބަޔާނެއް ނެރެފިއެވެ. ފަރުދުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ތަކެއްކަމަށާއި އެކަންކުރުމުގައި އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެމްޑީޕީއިން ދެމިސާލެއްވަނީ ފާހަ...

އަލީ އާދިލް
މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި

މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ދަޢުވަތަކަށް ހދ. މަކުނުދޫ އަދި ހދ ކުމުންދޫއަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ޒިޔާރަތް ކުރައްވައިފިއެވެ. އިއްޔެ ހެނދުނު ހދ. މަކުނުދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ފެނަކައިގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން އިން ދެމުން ގެންދާ ހުރިހާ ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއްނެތި ދެމުން ގެންދާނެ ކަމަށެވެ. އަދި ފެނަކައިންދޭ އެއްވެސް ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއ...

ޝިއުނާ އާދަމް