ކުޅުދުއްފުށީ ސިޓީގެ ހޮނިހިރު ބާޒާރު މެދު ކަނޑާލައިފި
ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ހޮނިހިރު ބާޒާރު ވަގުތީ ވޮތުން މެދު ކަނޑާލައިފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ ދެންނެވުމެއްގައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން އާންމުން ގިނަ އަދަދަކަށް ޖަމާވެ އުޅޭ ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ވަގުތީ ގޮތުން ހުއްޓާލަން ހަމަޖެހިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައިވާ މިވަގުތ...