މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,372 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 200 ވަނަ ޞަފްޙާ

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރާ އިސްލާހަށް ޢަމަލުކުރަން ފަށައިފި

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރާ އިސްލާހަށް ޢަމަލުކުރަން ފަށައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި 18 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު އިއްޔެ ތަޞްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ރަސްމީކޮށް ޢަމަލުކުރަން ފަށާފައެވެ. މި އިޞްލާޙުގެ ދަށުން ގެނެވުނު އެންމެ މުހިންމ...

ޔުމްނާ ޢަލީ
އަޅުގަނޑު އަބުރުކަތިލާކަށް އަޅުގަނޑުބެހޭގޮތުން ތެދުބަހުން ހަދާ ޑޮކިއުމެންޓްރީއެއް ނުނެރެވޭނެ: ރައީސް

އަޅުގަނޑު އަބުރުކަތިލާކަށް އަޅުގަނޑުބެހޭގޮތުން ތެދުބަހުން ހަދާ ޑޮކިއުމެންޓްރީއެއް ނުނެރެވޭނެ: ރައީސް

އެމަނިކުފާނާ ބެހޭގޮތުން ތެދުބަހުން ހަދާ ޑޮކިއުމެންޓަރީއެއްގައި އަބުރުކަތިލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، އެފަދަ ކަންކަމުގައި ދޮގު ހަދައިގެން ޑޮކިއުމެންޓަރީ ނެރުމަކީ އެމަނިކުފާނަށް އޮތް ފައިދާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ...

ޝިއުނާ އާދަމް
މަނަދޫގެ މައްޗަށް ހޯދި މޮޅާއެކު ދިއްދޫ ފަރަގު ބޮޑުކޮށްފި

މަނަދޫގެ މައްޗަށް ހޯދި މޮޅާއެކު ދިއްދޫ ފަރަގު ބޮޑުކޮށްފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު އަށް ވަނަ މެޗުގައި ދިއްދޫ އިން 3-0 އިން މަނަދޫ ބަލިކޮށް ތާވަލުގެ އެއްވަނައިގެ ފަރަގު މިއަދު ބޮޑުކޮށްފިއެވެ. މިއަދުގެ މެޗުގައި ދިއްދޫއިން މަނަދޫ ގޯލު ހުޅުވާލި ލަނޑު ޖަހާފައި ވަނީ 19 ވަނަ މިނިޓްގައި ޖޯޒީ ނަންބަރު 7 ތައުމީން ނޫހެވެ. ދިއްދޫގެ ދެވަނަ ގޯލެއް ވެސް ޖަހައިދިނީ ފުރަތަމަ ގޯލް ޖަހައިދިން ތައުމީން ނޫހެވެ. އެއީ 38 ވަނަ މިނިޓްގައި ޖަހައިދިން ގޯލެކެވެ. ދިއްދޫ ލީޑު […]

ޔުމްނާ ޢަލީ
އަބުރުކަތިލަން މަސައްކަތްކުރަނީ ސަރުކާރާ ގުޅޭގޮތުން ދެއްކޭނެ ވާހަކައެއް ނެތުމުން: ރައީސް

އަބުރުކަތިލަން މަސައްކަތްކުރަނީ ސަރުކާރާ ގުޅޭގޮތުން ދެއްކޭނެ ވާހަކައެއް ނެތުމުން: ރައީސް

އިދިކޮޅު ފަރާތްތަކުން އިސްވެ އެމަނިކުފާނުގެ އަބުރުކަތިލަން މަސައްކަތްކުރަނީ ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ކުރީގެ ސަރުކާރުތަކުގައި ހިނގާފައިވާ ބޮޑެތި ޚިޔާނާތު...

އަލީ އާދިލް
ޑައިވަރު ފެނުނީ ކޭވްއެއްގެ ތެރެއިން، ބާކީ ޑައިވަރުން ވެސްވީ އެތަނުގައި ކަމަށް ބެލެވޭ: އެމްއެންޑީއެފް

ޑައިވަރު ފެނުނީ ކޭވްއެއްގެ ތެރެއިން، ބާކީ ޑައިވަރުން ވެސްވީ އެތަނުގައި ކަމަށް ބެލެވޭ: އެމްއެންޑީއެފް

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ފެނުނު ޑައިވަރު ފެނުނީ ސަފާރީގެ ޑައިވަރުންނަށް ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި، ނުފެނިވާ ހަތަރު ޑައިވަރުން ވެސްވީ އެ ކޭވްގެ ތެރޭގައިކަމަށް ބެލެވޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުން ވަނ...

ޝިއުނާ އާދަމް
ޤާނޫނަކާއި ޚިލާފު ނުވާހާ ހިނދަކު އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް ނާޅާނެ: ތަރުޖަމާނު

ޤާނޫނަކާއި ޚިލާފު ނުވާހާ ހިނދަކު އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް ނާޅާނެ: ތަރުޖަމާނު

ޤާނޫނަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިއަދުގެ ބައްދަލުވުމުގައި އިސް ތަރުޖަމާނު މިފަދައިން ވިދާޅުވީ، 10 މޭ 2026 ގައި ކްރިމިނަލް ކޯޓުން ނެރުއްވި އަމުރަކާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާ...

ޔުމްނާ ޢަލީ
އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗްތަކަށް އީ-ސިމްގެ ޚިދުމަތް ދިން ފުރަތަމަ ކުންފުންޏަކީ އުރީދޫ

އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗްތަކަށް އީ-ސިމްގެ ޚިދުމަތް ދިން ފުރަތަމަ ކުންފުންޏަކީ އުރީދޫ

އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗްތަކަށް އީ-ސިމްގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. މި އީޖާދީ ޚިދުމަތާއެކު، ކަސްޓަމަރުންނަށް ފޯނު ކައިރީގައި ބެހެއްޓުމަކާ ނުލައި، ސީދާ ސްމާޓްވޮޗް މެދުވެރިކޮށް ދުނިޔެއާ ގުޅިފައި ހުރުމުގެ ފުރުސަތު މިވަނީ ހުޅުވިފައެވެ. މި ޚިދުމަތުގެ ސަބަބުން އެޕަލް އަދި ސެމްސަންގް ގަޑި މެދުވެރިކޮށް ފަސޭހަކަމާއެކު ފޯނު ކޯލްތަކަށް ޖަވާބުދިނުމާއި، މެސެޖު ކުރުމާއި، މިއުޒިކް އަޑުއެހުމުގެ އިތުރުން ނޮޓި...

އިބްރާހިމް އަސްވާޤް
ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަސް ފަތުރުވެރިން ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 މެއި 14 ވަނަ ދުވަހުގެ މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން އެމީހުން ހޯދުމުގެ އޮޕަރޭޝަނެއް ވަނީ ވަގުތުން ފަށާފައެވެ. ގެއްލުނު މީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު […]

ޔުމްނާ ޢަލީ
ބާތިލްކުރި ވޯޓެއް ސައްހަ ކަމަށް ހުކުމްކުރުމުން މީދޫ ރައީސްގެ ގޮނޑީގެ ވޯޓު އެއްވަރުވެއްޖެ

ބާތިލްކުރި ވޯޓެއް ސައްހަ ކަމަށް ހުކުމްކުރުމުން މީދޫ ރައީސްގެ ގޮނޑީގެ ވޯޓު އެއްވަރުވެއްޖެ

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމުން ނަތީޖާ އެއްވަރުވެއްޖެ އެވެ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީންނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަމިއްލަ ކެންޑިޑޭޓަކު ވާދަ ކުރިއިރު, 392 ވޯޓުން ހޮވުނީ އެމްޑީއޭގެ ކެންޑިޑޭޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ލިބުނީ 391 ވޯޓެވެ. އެ މައްސަލަ ސުހާގެ […]

ހުސައިން ހަބީބް
ރީޖަނަލް ލީގުތަކުގައި ވާދަކުރާ ޓީމުތަކަށް އެފްއޭއެމްގެ ދަތުރު އެހީ އިތުރުކޮށްފި

ރީޖަނަލް ލީގުތަކުގައި ވާދަކުރާ ޓީމުތަކަށް އެފްއޭއެމްގެ ދަތުރު އެހީ އިތުރުކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ވާދަކުރާ ޓީމުތަކަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި ދޭން ނިންމާފައިވާ ފައިސާގެ އަދަދު އެ އެސޯސިއޭޝަނުން އިތުރުކޮށްފިއެވެ. އިއްޔެ ބޭއްވި އެފްއޭއެމްގެ 13 ވަނަ އެކްސްކޯ ބައްދަލުވުމުގައި މި ނިންމުން ނިންމާފައިވަނީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެންނެވެ. މި މުބާރާ...

ޔުމްނާ ޢަލީ
މަޖިލީހުގެ ދައުރު މި މަހުގެ 31 އާއި ހަމައަށް ދަންމާލަން ފާސްކޮށްފި

މަޖިލީހުގެ ދައުރު މި މަހުގެ 31 އާއި ހަމައަށް ދަންމާލަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މިގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަން މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމުންކަމަށް އަބުދުއްރަހީމް ވަނީ ވިދާޅުވެފައެވެ. “މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ އެކު އަޅުގަނޑު ގަސްތު ކުރަނީ 31 މެއި 2...

ޝިއުނާ އާދަމް
ޔޫއޭއީގެ ސަފީރުކަމަށް ތޯބެ، ގަތަރަށް އާދަމް ޝަރީފް

ޔޫއޭއީގެ ސަފީރުކަމަށް ތޯބެ، ގަތަރަށް އާދަމް ޝަރީފް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓްޖޭންޖް މިނިސްޓަރު ތޯރިގު އިބްރާހީމް (ތޯބެ) އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ލޯކަލް ކައުންސިލްތަކާއި، ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ދެ ބޭފުޅުން ސަފީރުކަމަށް ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމަށް ރައީސް ފޮނު...

ޔުމްނާ ޢަލީ
ނާޒިމްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ނާޒިމްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް އޭނާގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކުރީ އިއްޔެއެވެ. އަދި އިއްޔެ ވަނީ އެ މައްސަލަ ވެއްދުމުގެ ގަރާރަށް ބޭނުންވާ ސޮއިވެސް ހަމަކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ...

އަލީ އާދިލް
އިންޑިއާގެ ކަރުނާޓަކާގެ ސްކޫލްތަކާއި ކޮލެޖުތަކުގައި ބުރުގާ އެޅުން މަނާކުރި އަމުރު ބާތިލްކޮށްފި

އިންޑިއާގެ ކަރުނާޓަކާގެ ސްކޫލްތަކާއި ކޮލެޖުތަކުގައި ބުރުގާ އެޅުން މަނާކުރި އަމުރު ބާތިލްކޮށްފި

އިންޑިއާގެ ކަރުނާޓަކާގެ ސްކޫލުތަކާއި ކޮލެޖުތަކުގައި ބުރުގާ އާއި ދީނީ ރަމްޒުތައް ބޭނުންކުރުން މަނާކޮށް 2022 ވަނަ އަހަރު ނެރުނު އަމުރު އެސްޓޭޓުގެ ސަރުކާރުން ބާތިލުކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު (13 މޭ) ކަރުނާޓަކާ ސަރުކާރުން ނެރުނު އާ ސާކިއުލާއެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބުރުގާ މަނާކޮށް ނެރުނު އަމުރު މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ޔުނީފޯމާއެކު ދަރިވަރުންގެ ދީނީ އަދި ސަގާފީ ރަމްޒުތައް ކަމަށްވާ ބުރުގާ، ފަގުޑި، ރުދްރަކްޝާ ފަދަ ތަކެތި […]

ނާޒިމާ އަލީ
ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ އެ ސިޓީގެ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މަސައްކަތް ހަވާލުކޮށްފައިވަނީ ގިބްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލާއި އެ ކުންފުންޏާ ދެމެދު ވަނީ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށ...

ޔުމްނާ ޢަލީ
ޣައްޒާގެ ދެބެއިން އިމާރާތްތަކުގެ ކުނިބުނިން ގައު އުފައްދައިގެން ތިމާވެށީގެ އެވޯޑެއް ހޯދައިފި

ޣައްޒާގެ ދެބެއިން އިމާރާތްތަކުގެ ކުނިބުނިން ގައު އުފައްދައިގެން ތިމާވެށީގެ އެވޯޑެއް ހޯދައިފި

ޣައްޒާގައި އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ގައު ކުނޑި ބޭނުންކޮށްގެން، އަލުން ބޭނުންކުރެވޭނެ ގައު އުފެއްދި ޣައްޒާގެ ދެބެއިންނަށް ބައިނަލްއަގުވާމީ ތިމާވެށީގެ ދާއިރާގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ދޭ “އާތު ޕްރައިޒް” ގެ މެދުއިރުމަތީ ސަރަހައްދުގެ ވަނަ ހޯދާފައިވަނީ އުމުރުން 17 އަހަރުގެ ތާލާ މޫސާ އާއި 15 އަހަރުގެ ފަރަހް މޫސާއެވެ. އިސްރާއީލުގެ ހަމަލާތަކުގައި ގެދޮރު ގެއްލި، މިހާރު ފޭލިގެއެއްގައި ދިރިއުޅެމުންދާ މި ދެބެއިން...

ނާޒިމާ އަލީ
ވަގަށް އެތެރެކޮށް ވިއްކަމުން ދިޔަ ސިނގިރޭޓާއި ދުންފަތް އަތުލައިގެންފި

ވަގަށް އެތެރެކޮށް ވިއްކަމުން ދިޔަ ސިނގިރޭޓާއި ދުންފަތް އަތުލައިގެންފި

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މި ތަކެތި ހޯދާފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަން ވަނީ ބަލައިފާސްކޮށްފައެވެ. އެގޮތުން މާލޭ ގަލޮޅު ގެއަކާއި، ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި އެޕާޓްމަންޓެ...

ޔުމްނާ ޢަލީ
ހައިވޭ ލައިޓްކައިރީ ސައިކަލެއް ކަހާލައިގެން ވެއްޓުނު މީހަކު ޕިކަޕެއް ދަށުވެ ނިޔާވެއްޖެ

ހައިވޭ ލައިޓްކައިރީ ސައިކަލެއް ކަހާލައިގެން ވެއްޓުނު މީހަކު ޕިކަޕެއް ދަށުވެ ނިޔާވެއްޖެ

ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ހައިވޭގެ އެއާޕޯޓު ލައިޓް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 މެއި 13 ވާ ބުދަ ދުވަހުގެ ރޭގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓްގެ ރިޕޯޓު ލިބިފައިވަނީ އެރޭ 22:12 އެހައިކަންހާއިރު އެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށް ފުލުހުން ބުނެއެވެ. މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ […]

ޔުމްނާ ޢަލީ