ކޯވިޑް19: އިތުރު 23 މީހަކު ޕޮޒިޓިވްވެ ޖުމްލަ 514 އަށް
ރާއްޖެއިން އިތުރު 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގަިއ ހިމެނެނީ 17 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި އިންޑިއާގެ މީހަކާއި ނޭޕާލްގެ މީހެކެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 514އަށް އިތުރުވެފައެވެ. ރާއްޖެއިން މިހާތަނަށް 514 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 17 މީހެއް ބަލިން ރަނގަޅިވެފައި ވާއިރު، އެކަކު ވަނީ ނިޔާވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ 494 މީހަކަށްށެވެ. އޭގެތެރެއިން 6 […]