ކޯވިޑް-19: އެމްޕީއެލްގެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެ
އެމްޕީއެލްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ. މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފު އެންމެ ފަހުން ވަޒީފާ އަށް ނުކުތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. ކުންފުނީގެ ވަކި މުވައްޒަފުންތަކެއް ލޮކްޑައުންގައި ތިބެގެން މަސައްކަތްކުރަމުން އަންނަ އިރު، ޕޮޒިޓިވްވީ އޭގެ ތެރެއިން މުވައްޒަފެއް ނޫން ކަމަށްވެސް ޝާހިދު ވ...