މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1963 ވަނަ ޞަފްޙާ

ކޯވިޑް-19: ޕޮޒިޓިވް ބީދޭސީން ތަކެއް ފިލައިފި

ކޯވިޑް-19: ޕޮޒިޓިވް ބީދޭސީން ތަކެއް ފިލައިފި

ކޯވިޑް ޕޮޒިޓިވްވެފައިވާ ބިދޭސީން ތަކެއް ނުފެނިގެން ހޯދަމުން އަންނަކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހޯދަމުން އަންނަނީ ކޯވިޑް އަށް ޕޮޒިޓިވްވެފައިވާ ތިން ބިދޭސީއެއްކަމަށެވެ. މަބްރޫކް ވިދާޅުވީ މި ތިން މީހުންގެ މައުލޫމާތުތައް އެޗްޕީއޭގައި އެބަހުރިކަމަށާއި އެހެންނަމަވެސް އެމީހުން ދީފައ...

އަލީ އާދިލް
ކޯވިޑް-19: ރާއްޖެއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: ރާއްޖެއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފެށުމާއި ހަމައަށް 51 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި 51 މީހުންގެ ތެރޭގައި ހިމެނީ 12 ދިވެހިންނާއި، 11 ބަންގްލާދޭޝް މީހ...

ޝިއުނާ އާދަމް
ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ކޮމިޓީން ނިންމައިފި

ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ކޮމިޓީން ނިންމައިފި

ފުރަބަންދު މުއްދަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތުމަކީ ސުލޫކީ މައްސަލައެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހަށް ހުށައަޅުއްވާފައިވާ މައްސަލައާއި ގުޅިގެން އެކަމުގައި ރިޔާޒުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެ. އެމައްސަލައާއި ގުޅިގެން މިއަދު މަޖިލިސްގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީން ވަނީ މެންބަރު އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ...

އަލީ އާދިލް
އަތޮޅުތަކުގެ މީހުންގެ ތެރެއިން ރަށްރަށަށް ފޮނުވަން ކަނޑައެޅި މީހުންގެ ލިސްޓު އާންމު ކޮށްފި

އަތޮޅުތަކުގެ މީހުންގެ ތެރެއިން ރަށްރަށަށް ފޮނުވަން ކަނޑައެޅި މީހުންގެ ލިސްޓު އާންމު ކޮށްފި

ކޯވިޑް-19 ގެ ސަބަބުން މާލެ ފުރަބަންދު ކުރުމުން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި އަތޮޅުތަކުގެ ރައްޔިތުން ތެރެއިން ރަށްރަށަށް ފޮނުވަން ފުރަތަމަ ކަނޑައެޅި މީހުންގެ ލިސްޓް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އާންމު ކޮށްފިއެވެ. އެލިސްޓް ހާމަކުރަމުން އެލްޖީއޭއިން ބުނެފައިވަނީ މާލެ ސަރަޙައްދުގައި ޤާއިމްކުރާ ފުރަބަންދު ކަރަންޓީނު ފެސިލިޓީތަކުގައި، ކަރަންޓީނު ކުރުމަށް މިވަގުތަށް ލިބިފައިވަނީ 500 ރޫމު ކަމަށާއި، މި ޖާގައަށް އަތޮޅުތަކުން މީހުން ނަން ނޯޓްކޮށްފައިވާ ނިސްބަތައް ބަލައި ކޮންމެ އަތޮޅ...

ޔުމްނާ ޢަލީ
ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުމެއްދޭން ބޭނުންތޯ؟

ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުމެއްދޭން ބޭނުންތޯ؟

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުމެއްދިނުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާލައިފިއެވެ. އިފްތާރު ޕެކޭޖް ހަދިޔާކުރުމާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑެމިކް ހާލަތާއި ގުޅިގެން ވަރަށް އުނދަގޫ ހާލަތެއްގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، މީގެކުރިން އެތައް އަހަރެއް ވަންދެން ހަމަނުޖެހުމާއި ފަޤީރު ހާލަތުގައި ދިރިއުޅެމުންދިޔަ ފަރާތްތ...

އިބްރާހިމް އަސްވާޤް
ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ތައްޔާރު ވެއްޖެ

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ތައްޔާރު ވެއްޖެ

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި، އޭޑީކޭ ހޮސްޕިޓަލްގައި އެ ބަށްޔަށް ޓެސްޓުކުރުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމް ބަހައްޓާފައި ވާ ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިން ބުނެފިއެވެ. އޭޑީކޭ ހޮސްޕިޓަލް ހިންގާ މައި ކުންފުނި، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އޭޑީކޭ ހޮސްޕިޓަލުގައި ޕީސީއާރު ސިސްޓަމް ބަހައްޓާފައިވާ ކަމަށެވެ. އޭރުން ސަރުކާރުން ބޭނުންވާ ގޮތަށް، ދުވާލަކު އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށްވެސް އެ ޓުވީޓުގައި […]

ޝިއުނާ އާދަމް
92 އަހަރުގެ ގައިދީއަކު މަރުވެއްޖެ

92 އަހަރުގެ ގައިދީއަކު މަރުވެއްޖެ

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ މީހަކު ރޭ މަރުވެފައިވާ ކަމަށެވެ. އެ މީހާ ހުކުމް ތަންފީޒު ކުރަމުން ދިޔައީ ހުޅުމާލޭ ޖަލުގައި ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅު ވެފައި ވެއެވެ. A bedridden 92y old inmate who was serving […]

ޝިއުނާ އާދަމް
އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު ހާމަ ކޮށްފި

އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު ހާމަ ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު، ރައީސް އޮފީހުން ހާމަ ކުރަށްވައިފިއެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަން ދިނުމަށް ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނަގު އަސަރު ކޮށްފައިވާ ފަރާތްތަކަށާއި، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ […]

ޔުމްނާ ޢަލީ
މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (2)

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (2)

ތިލަދުންމަތީގެ އެކިރަށްރަށުގައި އެޒަމާނުގައި ދަނޑުވެރިކަން ކުރަމުންއައީ ދާދި އެއް އުސޫލުތަކާއި ހަމަތަކެއްގެ މަތިންނެވެ. އެގޮތުން ސިލްސިލާގައި ހުށައަޅައިދެވޭތޯ މިބަލަނީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ދަނޑުވެރިން ދަނޑުވެރިކަން ކޮށްފައި ހުރި ގޮތާއި ވައްޓަފާއެވެ. އެހުރުމީހާއާއި (ވެރިމީހާ) ދަނޑުވެރި ދޯނި މިހެން ގޮސް އުޅޭ އުޅުމުގައި ކޮންމެ ރަށެއްގައިވެސް އިސްމީހަކު ހުރެއެވެ. އޭނާއަށް ކިޔަނީ ” އެހުރު ” މީހާއެވެ. ނުވަތަ ކަންވެރިމީހާއެވެ. މީނާގެ ކިބައިގާ އިމާމުވެ ނަމާދުކޮށް ދީނީ ފަރުޞު އަދާކުރެވޭ މިނ...

އިޙްސާން ޙުސައިން
އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕަށް އާ ފީޗާއެއް އިތުރުކޮށްފި

އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕަށް އާ ފީޗާއެއް އިތުރުކޮށްފި

ކޯވިޑް-19 އާ ގުޅިގެން ފުރަބަންދުގެ މިދަނޑިވަޅުގައި، މާލެ ސަރަހައްދުގެ ގޭބީސީތަކުގެ ފެން މީޓަރު ފޮޓޯ އާއި ރީޑިން ފޮނުވޭނެ ހާއްސަ ފީޗާއެއް ގައުމީ ފެން ކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މޯބައިލް އެޕްލިކޭޝަނަށް އިތުރު ކޮށްފިއެވެ. އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަނަށް މި އިތުރު ކުރެވުނު ފީޗާގެ އެހީގައި އަމިއްލައަށް ފެން ބިލް ޖެނެރޭޓް ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ، ފެން ބިލްގެ […]

އަލީ އާދިލް
ފުނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ފުނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ށ. ފުނަދޫގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެ ރަށު ކައުންސިލުން ވަރުގަދަ ކޮށްފިއެވެ. މި ނިންމުމާއި ގުޅިގެން ފުނަދޫ ކައުންސިލުން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް- 19 ގެ ނުރައްކާ ބޮޑުވަމުންދާތީ އާއި ކުރިއަށް އޮތް ދެހަފަތާއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ދެހަފްތާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފައިވާތީ އެ ކައުންސިލުން އިތުރު އެންގުމެއް އަންގަންދެން 13 […]

ޔުމްނާ ޢަލީ
ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން ނަރުހުންނަށް ހަދިޔާ ދީފި

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން ނަރުހުންނަށް ހަދިޔާ ދީފި

ހއ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުގެ ފަރާތުން ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި ހުންނަ ހއ. އަތޮޅު އަތޮޅު ހޮސްޕިޓަލްގެ ނަރުހުންނަށް ހަދިޔާ ދީފިއެވެ. މިގޮތުން އެ ކްލަބުން ވަނީ އެ ހޮސްޕިޓަލްގެ ނަރުހުންނަށް ހިތްވަރުދީ، އެ ހޮސްޕިޓަލްގެ ކޮންމެ ނަރުހަކަށް ފުރުޓް ޕެކޭޖެއް ހަދިޔާ ކޮށްފައިއެވެ. To celebrate international nurses day, we gifted fruit packages to the nurses working at @haahealthHappy Nurses Day!@MoHmv#MiddleSportsClub #HaDhidhdhoo pic.twitter.com/lhjuDnD05p […]

ޔުމްނާ ޢަލީ
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 904 އަށް!

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 904 އަށް!

އިތުރު 7 މީހަކު އަނެއްކާވެސް ރާއްޖެއިން ކޯވިޑް-19އަސް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 904 އަށްއަރައިފިއެވެ. ރާއްޖެއިން މިއަދު ޕޮޒިޓިވްވި އިތުރު 7 މީހުންނާއިއެކު ރޭ މެންދަމު 12:00ގެ ފަހުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 42 އަށް އަރާފައެވެ. ޕޮޒިޓިވްވި 7 މީހުންގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހަކާއި އިންޑިއާގެ 2 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 904 އަށް […]

ޔުމްނާ ޢަލީ
އުލިގަމުން ކޮވިޑް19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވެއްޖެ

އުލިގަމުން ކޮވިޑް19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވެއްޖެ

ހއ. އުލިގަމުން ކޮވިޑް19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވެއްޖެ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އުލިގަމުން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި ފާރާތް ބަލި ރަނގަޅު ވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ރާއްޖެ މި ބަލިމަޑުކަމުން ސަލާމަތް ކުރައްވާ އުފާވެރި ދުވަސްތަކެއް ދިވެހިންނާ ބައްދަލު ކުރާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށްވެސް ސަލީމް ވިދާޅުވެއެވެ. އިތުރު މީހަކު ބަލިން ރަނގޅުވެފައިވާ...

އަލީ އާދިލް
ރަށަށް ނުދެވިފައި ތިބި މީހުންގެ ޚަރަދުތައް ހަމަޖައްސައިދޭން އެދި ހުށަހެޅި އިސްލާހު ފެއިލް ކޮށްލައިފި

ރަށަށް ނުދެވިފައި ތިބި މީހުންގެ ޚަރަދުތައް ހަމަޖައްސައިދޭން އެދި ހުށަހެޅި އިސްލާހު ފެއިލް ކޮށްލައިފި

ކޯވިޑް-19 ގެ ސަބަބުން މާލެ ފުރަބަންދު ކުރުމުން މާލޭގައި ތާށިވެފައި ތިބި އަތޮޅުތަކުގެ މީހުނަށް މާލޭގައި ތިބޭ މުއްދަތުގައި އެ މީހުންގެ އަތުން ދާ ހަރަދުތައް ސަރުކާރުން ދިނުމަށް ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އިސްލާޙު މިއަދު މަޖިލިސްއިން ފެއިލް ކޮށްލައިފިއެވެ. ޝިޔާމްގެ އެ އިސްލާހް ހުށަހަޅުއްވާފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާއި ގުޅ...

ޝިއުނާ އާދަމް
ތިލަދުންމަތީ އެމްޑީޕީ މެންބަރުން މާ ސަރުކާރުވެގެން ކީއްބާ ކުރަނީ؟ ފުލް މެޖޯރިޓީ ލިބި ބާކީވެފަ: މޮސްޓާ

ތިލަދުންމަތީ އެމްޑީޕީ މެންބަރުން މާ ސަރުކާރުވެގެން ކީއްބާ ކުރަނީ؟ ފުލް މެޖޯރިޓީ ލިބި ބާކީވެފަ: މޮސްޓާ

ކޯވިޑް19ގެ ކަންތަކުގައި ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތުން ތިލަދުންމަތީ އެމްޑީޕީ މެންބަރުންނަށް ނޮޅިވަރަމް ދާއިރާގެ މެންބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ. މިއަދު މޮސްޓާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އައްޑޫއަށް ދުވާލަކު 30 ހުން 50 ހުން މީހުން ގެންދަމުން ދާއިރު ބޮޑު ތިލަދުންމަތީ މެންބަރުންތައް މާ ސަރުކާރުވެގެން ކުރަނީ ކީއްތޯ ސުވާލު އުފައްދަވާފައެވެ. މޮސްޓާ އިތުރަށް ބުނެފައިވަނީ އެމްޑީޕީއަށް ތިލަދުންމަތިންވެސް ނުލިބެނީ ނޮޅިވަރަމް ދާއިރާގެ ގޮނޑި އެކަނި...

ޔުމްނާ ޢަލީ
ވެލިދޫގައި މަސައްކަތް ކުރާ ދެމީހަކާއި މެދު ޝަކުވާއެއް ވަނީ ހުށަހެޅިފައި: ފުލުހުން

ވެލިދޫގައި މަސައްކަތް ކުރާ ދެމީހަކާއި މެދު ޝަކުވާއެއް ވަނީ ހުށަހެޅިފައި: ފުލުހުން

އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކާއި މެދު ޝަކުވާއެއް ހުށަހެޅި އެމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން މިއަދު ހެނދުނު ބުނީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް، ޖިންސީ ފުރައްސާރައިގެ ކަމެއް ހިނގައިގެން އެ މައްސަލަ ބަލައިދިނުމަށް އެދި ބަޔަކު ހުށަހަޅާފައިވާ ނުވާ ކަމަށެވެ. އެފަދަ ކަމެއް ތަހުގީގު ކުރަމުން ވެސް ނުދާ ކަމަށް ބުންޏެވެ. ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުންނެވި […]

ޝިއުނާ އާދަމް
ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް

ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް

އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ އަތޮޅު ގޮއިދޫ ޒުވާނުންގެ ފަރާތުން، ރޯ މަސް ހަދިޔާކޮށް ނަމޫނާ ދައްކައިފިއެވެ. މިގޮތުން ގޮއިދޫ ޒުވާނުން ވަނީ ނަރުދޫގެ ކޮންމެ ގޭ ބިސީއަކަށް 4 ކިލޯ ރޯމަސް ހަދިޔާ ކޮށްފައިއެވެ. އެ މަސައްކަތުގައި އިސްކޮށް އުޅު ގޮއިދޫ ޒުވާނެއް ކަމަށްވާ އިބްރާޙީމް ނިސާމް “ތިލަދުން”އަށް ބުނީ ގޮއިދޫ ޒުވާނުންގެ ފަރާތުންނާއި، ގޮއިދޫ ރައްޔިތުންގެ ނަމުގައި ނަރުދޫގެ އަޚުންނާއި، […]

ޝިއުނާ އާދަމް