ރެޕިޑް ރެސްޕޮންސް ޓީމް ބޭނުން ކުރުމަށް ކުރޮސްރޯޑްސް ގެ 6 ބަގީ
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ (އެންއީއޯސީ) ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) ބޭނުންކުރުމަށް ކުރޮސްރޯޑްސް މޯލްޑިވްސްއިން 6 ބަގީ ފޯރުކޮށްދީފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިތަކެތި އެންއީއޯސީ އަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އަލީ ވަހީދުއެވެ. މިތަކެތި ހަވާލުކޮށްދެއްވީ ދަރުބާރުގޭގައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފޭސްބުކް ޕޯސްޓް އެއްގައި ބުނެފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސް އިން 6 އިލެކްޓްރިކް ބަގީ އެންއިއޯސީގެ އާރުއާރުޓީ އަށް އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށެވެ. ޓޫރިޒަމް މ...