ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑުކަމުގެ ދުވަސްވަރު ސަރުކާރުން އެޅި ބައެއް ފިޔަވަޅުގެ ތެރެއިން
ދިވެހިންނަކީ އެންމެ އިހުޒަމާނުގައި ދިވެހިރާއްޖޭގައި ހެދުނު ކާބޯތަކެތީން ބަނޑުފުރާނަ މުއްތިކޮށްގެން އުޅުނު ބައެކެވެ. އޭގެ ފަހުން އައި ޒަމާނުގައި، ފެނިގެން ދިޔައީ ބޭރު ގައުމުތަކުގައި ހައްދާ ކާބޯތަކެއްޗާއި ބޭރު މީހުން އުފައްދާ ތަކެތި، އަމިއްލަ އުޅަނދުތަކުގައި ގެނެސްގެން އެތަކެތި ކައިބޮއި ބޭނުންކުރަމުން އައި ތަނެވެ. ދިވެހިރާއްޖެ ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑުކަމާއި ކުރިމަތިލާން ޖެހުނީ މިދުވަސްވަރުގައްޔެވެ. ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ދިވެހީން ބަރޯސާވެފައި އޮތްލެއް ބޮޑުކަމުން، ތަކެތީގެ އަގު...