ހުރިހާފަހަރަކު ތިބާ ބޭނުންވާހާ ގޮތަކަށް ކަންކަން ނުވެދާނެއެވެ
ވެރިކަމަކަށްފަހު ވެރިކަމެއް ބަދަލުވެ، އާވެއެވެ. އުމުރުގެ ދުވަސްތައް ގުނެމުން ހުސްވަމުން ދެއެވެ. ދިރިއުޅުމުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އާދެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށް އެއްވަތު މަތިން އަނެއް ވަތް ދަށުންނެވެ. ކަންކަން ބަދަލުވަމުން އާވަމުން އާދެއެވެ. ރުހުނަސް ނުރުހުނަސް ދުނިޔޭގެ މިޤާނޫނަށް ބަދަލުގެނެވޭނެ އެއްވެސް މީހަކު ނުވެއެވެ. ސަބަބަކީ ޤިޔާމަތައް ދާންދެން ﷲ ތައާލާ އެކަށަ އަޅުއްވާފައިވާ ނިޒާމަކީ އެއީކަމުގައި ވާތީއެވެ. އަހަރެމެން ބޭނުންވާގޮތައް ކަންކަން ބައެއްފަހު ނުވަނީ ވަރަށް ބޮޑެ...