އަޝްހަމަށް ގޮއިދޫ ކައުންސިލްގެ ފަރާތުން ހިތްވަރު ދެއްވައިފި
ރާއްޖޭގައި ވެންޓިލޭޓަރެއް އުފެއްދި އެންމެ ހަގު ފަތާތްކަމުގައިވާ އަހްމަދު އަޝްހަމަށް އޭނާ އުފަންރަށް ކަމުގައިވާ ށ ގޮއިދޫ ކައުންސިލްގެ ފަރާތުން ހިތްވަރު ދެއްވައިފިއެވެ. ވެންޓިލޭޓަރެއް އުފައްދާފައި ވާތީ އަޝްހަމަށް ހިތްވަރުދީ ކުރިމަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމަކާއި ފައިސާގެ އެހީއެއް ކައުންސިލްގެ ފަރާތުންވަނީ ދީފައެވެ. މީގެ އިތުރުން ކައުންސިލުންވަނީ އަޝްހަމް އާއި އަޝްހަމްގެ ބެލެނިވެރިންނާއި ބައްދަލުކޮށް އަޝްހަމްގެ ކާމިޔާބަށް މަރުޚަބާ ކިޔައި އަޝްހަމްގެ ކުރިމަގު ބިނާކުރުމުގައި ކައ...