ކޯވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ މި ފުރަބަންދާއި ގުޅިގެން ރަށަށް ނުދެވި ތާށިވެފައިވާ ފަރާތްތައް ރަށަށް ގެންގޮސް ކަރަންޓީނުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ. މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަކީ މާލެއިން ރަށަށް ދާން ބޭނުންވާ މީހުން 14 ދުވަހަށް ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރުމެއެވެ. އަދި އެ މީހުން ދޫކޮށްލަނީ ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ނަތީޖާ ނެގަޓިވްވުމުންނެވެ. ރަށުގައި ކަރަން...
އަލީ އާދިލް
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ބޯޑުގެ މަސައްކަތްތައް ހުއްޓިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އޮންލައިންކޮށް އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ 9 ވަނަ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަޙީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގެ މެމްބަރުންގެ މަސައްކަތްތަކާއި ބެހޭގޮތުން އަބްދުﷲ ވަހީދު ކުރެއްވި ސުވާލަށް ޖަވާބު...
އަޙްމަދު ވަހީދު
މިލަންދޫ ޔޫތް މޫވްމަންޓުން އިންތިޒާމުކޮށްގެން މިޖޫން މަހު މަދަޙަ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ށ. މިލަންދޫގެ ކިޔަވާ ކުދީންނަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށް އެޖަމްޢިއްޔާގެ އެކްޓިވްޓީސްކޮމެޓީގެ ޗެއަރ އިބްރާހިމް އަންވަރު ތިލަދުންއަށް ބުންޏެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ޒެޑްމޯބައިލް އެންޑް އެކްސްސަރީޒްއެވެ. ފައިސާގެ އިނާމާއި، ވާދައިގެ ޝީލް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްގެންދަނީ ދެބަޔަކަށ...
އަބްދުލް މުޙައްމަދު
ހދ. ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ. އެމްޓީސީސީ އިން ބުނީ ހަނިމާދޫ ބަނދަރުގެ ބޮޑުކުރުމުގެ މަސައްކަތުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް އެޕްރޫވް ވުމާއެކު، ބަނދަރުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން ޖޫން އެއްވަނަ ދުވަހުން ފެށިގެން އެކްސްކެވޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެމްޓީސީއިން ބުނެފައިވަނީ މި މަސައްކަތުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް އެޕްރޫވް ވެފައި ވަނީ މިމަ...
ޔުމްނާ ޢަލީ
ރާއްޖޭގައި ކޯވިޑް-19 ބަލީގައި އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ ރާއްޖޭގައި މިބަލީގައި މަރުވި 8 ވަނަ މީހާއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރަށްވާ ފައިވާ ގޮތުގައި މިބަލީގައި މަރުވީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 9:25 ހާއިރު ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ވަރަށް ކްރިޓިކަލް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. Today at 09:25am, a 38-year-old Bangladeshi national who was […]
ޝިއުނާ އާދަމް
މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން އދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެެން އދ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 11:30 އިން ފެށިގެން 16:30 އާއި ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން […]
އިބްރާހިމް އަސްވާޤް
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަޅާ 20000 ހައުސިން ޔުނިޓްގެ ބޮޑު ބައި ޕުލޭންކޮށް ނިމިފައިވީ ނަމަވެސް ވޭތުވެ ދިޔަ ދޮޅުއަހަރުގެ ތަޖުރިބާ އަށް ބަލާއިރު އެ ޕޮރެޖެކްޓް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި މިނިސްޓަރ އޮފް ހައުސިން އެންޑް އާރބަން ޑިވޮލްޕްމަންޓް، އައިމިނަތު އާތިފާއާއި ސުވާލުކުރެއްވުމަށް ކޮމެޓީން ދެއްވި ފުރުސަތުގައި ވާހަކ...
އަޙްމަދު ވަހީދު
ހދ. ނޭކުރަންދޫ ކަނޑޫފަލުގެ ހެކްޓަރަކަށް ވުރެ ބޮޑު ސަރަހައްދަކުން ކަނޑޫ ގަސްތައް އެއްކޮށް މަރުވެފައިވާއިރު، މިފަދައިން ނޭކުރަންދޫ ކަނޑޫފާ ހަލާކުވާންފެށީ އެތަން ހިމާޔަތް ކޮށް، އާދަކާދައިގެމަތިން އެތަނުގެ ބޭނުން ކުރުން ހުއްޓާލެވުނު ފަހުން ކަމަށް ކަލްޗްރަލް ހެރިޓޭޖްގެ މެނޭޖަރު އަދި ހދ. ވައިކަރަދޫ ކައުންސިލްއަށް އައްޔަންކުރި ކައުންސިލަރު އަހުމަދު ހާޝިމް (ޓިންޓިން) ވިދާޅުވެއްޖެއެވެ. އޭޝިއާގައި އޮތް ތިންވަނައަށް އެންމެ ބޮޑު ކަނޑޫފާ ކަމަށްވާ ނޭކުރެންދޫ ކަނޑޫފަލުގެ ފޮޓޯތައް ހިމަނުއްވާ ޓިންޓިން ކުރެއްވި ޓ...
އަޙްމަދު ވަހީދު
ހެނދުނު ހޭލައިގެން މީސް މީޑިއާއަށް ވަދެލި އިރު ބައެއް ރަހްމަތްތެރިންނަށް އޮޅިގެން ނުކުރެވޭ ކަމެއްނެތެވެ. އެކަކަށް ހޭލެވުނީވެސް އޮޅިގެންނެއެވެ. ސަރުކާރުގެ ވަރަށް ގިނަ މަސްރޫއުތައް އަކުރުން އަކުރަން ކިޔާދޭ ރަހްމަތްތެރިޔާގެ ހާލު މާ ދެރެއެވެ. އެފަކީރު އަށް ސައި ބޮވުނީވެސް އޮޅިގެންނެއެވެ. އޭނާއަށް ވެސް ސަރުކާރު ހަމަ ފައްކަލެއެވެ. އޭނާ މި ފަހަރު ހިތްޕުޅާ ނުވީ ފްލެޓް ހަވާލުކުރުން އޮޅިގެން ބުނެވުނީމައެވެ. އެއްތަން ހާކާލާފައި ދެން ބަލާލި ވައިބަރގައި ތިބި މީހުންގެ ހާލެއެވެ. އެތަނުން ވެސް ރަހްނަތްތެރިއަކު...
އަލީ އިބްރާހިމް
މާސްކު އެޅުމާމެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ) އިން ދެކޭގޮތް ބަދަލުކޮށް، ބޭރަށް ނިކުންނައިރު މާސްކު އަޅަން ލަފާދީފިއެވެ. މާސްކު އެޅުމާމެދު ދެކޭގޮތް ޑަބްލިއުއެޗްއޯ އިން ދެކޭގޮތް އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ވަނީ ބަލި ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނިކުންނައިރު މާސްކު އަޅަން ލަފާދީފައެވެ. އަދި މިކަން މިގޮތަށް ކުރުމަށް ސަރުކާރުތަކުން ރައްޔިތުންނަށް ބާރު އަޅަން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ގޮވާލާފައެވެ. ޑަބްލިއުއެޗްއޯ އިން މާޗްމަހުގެ ފަހުކޮޅު ބުނެފައ...
ޔުމްނާ ޢަލީ
ކިޔުންތެރިކަން މުހިއްމުވާ އެންމެ އަސާސީ ސަބަބުތަކަކީ ވިސްނުން ތަރައްޤީވުމާއި ތަފާތު އިހުސާސްތަކަށް އަހުލުވެރިވުމާއި ނަފުސާނީގޮތުން ދުޅަހެޔޮވުމެވެ. ކޮންމެ ފޮތަކުންވެސް އާ ކަންތައްތަކާކައި ޚިޔާލުތަކެއް ދަސްވުމުގެ ފުރުޞަތު ފަހިވެއެވެ. ކިޔުންތެރިކަމުން މަޢުލޫމާތު މުއްސަނދި މީހަކަށް ބަދަލުވެއެވެ. މިފާހަގަކުރި ކަންތައްތަކުގެ އިތުރުންވެސް ކިޔުންތެރިކަމުން ލިބޭ ފައިދާތައް ނުހަނު ގިނަގުނައެވެ. ކުދިންގެ ކިބައިގައި ކިޔުންތެރިކަން އަށަގަންނަވައި ޝައުގުވެރިކުރުމަށް ތިރީގައި މިފާހަގަކޮށްލާ ބައެއް ކަންތައްތައް...
މުޙައްމަދު އާދަމް
ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހު މެންދަމު ބޭއްވި ޖަލްސާ ހޫނުވެ ހަމަނުޖެހުން ހިނގި މައްސަލަ ފުލުހުން ބަލައި ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެދުގައި ނުތަނަވަސްކަމެއް އުފެދި ސިޔާސީ މަޝްރަޙް ހޫނުވެއްޖެއެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޖަލްސާ ހޫނުވެ ރިޔާސަތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ […]
ޔުމްނާ ޢަލީ
މަތީގައިވާ ފޮޓޯއަކީ ކުޑައިރުގެ ހަނދާން ތަކާއި ކުޅެލި ފޮޓޯއެކެވެ. ފެންނަން އެހުރީ ހަށިގަނޑަށް އެތައް ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ. އެކުވެރިންނާއި އެކު ކުޅެ މަޖާކުރާއިރު އަހި ބޮޑަށް ފާހަގަ ކުރެވެނީ މަގުމަތި މޭވާއެއް ގޮތުގައެވެ. ރަހްމަތްތެރިން އެއްވެލާ ސަކަ އަނގަތަޅާ މޭވާއެއްގެ ގޮތުގައެވެ. އެންމެން ވަލުތެރެއަށް ވަދެ ދޮންވެފައި ހުރި އަހި ބިނދެގެން އަހި ފާކުރުމަކީ ގުރޫޕް މަސައްކަތެކެވެ. ގުރޫޕްގައި ހިމެނޭ އެންމެންނަކަށް އައްސެއް ވަކި މީރެއް ނުވެއެވެ. ބައެއް މީހުންނަށް މާ ކަމުދާ މޭވާއަކަށް ވިޔަސް [...
އަލީ އިބްރާހިމް
އެކި އެކި ސަބަބު ތަކާއިހުރެ ފާއިތުވި ރަމަޟާން މަހު ނުހިފި ހުރި ރޯދަތަކަށް ކައްފާރާ ދިނުމަށް ފަސޭހަގޮތެއް އެހީ ޖަމިއްޔާއިން ތަޢާރަފު ކޮށްފިއެވެ. މިއީ ކައްފާރާ ދިނުމުގެ ކަންތަކުގައި ޢަމަލުކުރާނެ އެންމެ ފަސޭހަ އަދި ލުއިގޮތެއްގެ އިންތިޒާރުގައި ތިބި ވަރަށް ގިނަ ބޭފުޅުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. އެގޮތުން މިއީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެހީވުމަށް އެހީ ޖަމިއްޔާއާއި ވެލްނެސް އެސޯސިއޭޝަން އަދި އެކްސްޕެކްޓް ސަޕޯޓް ވައިބާ ކޮމިއުނިޓީ (ބައި ރީނާ) […]
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ މަސައްކަތްތެރިންގެ އެންމެ ބޮޑު އާބާދީކަމުގައިވާ ބަންގްލަދޭޝްގެ ރައްޔިތުންނަށް އަމާޒުކޮށް، ވޮއިސްގެ ބެންގާލީ އެޑިޝަން (www.voice.mv/bn) އިފްތިތާހްކޮށްފިއެވެ. މި އެޑިޝަން އުފެއްދުމުގެ މަގްސަދަކީ މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ މައުލޫމާތާއި އަދި އެކަމާއި ގުޅިގެން ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ މައުލޫމާތު ބިދޭސީންނަށް އެފަރާތްތައް ބަސްމޮށެ އުޅޭ ބަހުން ފޯރުކޮށްދިނުމެވެ. ވޮއިސް ބެންގާލީ އެޑިޝަނާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން ވޮއިސ...
ޝިއުނާ އާދަމް
ޝިފާއު އޭނާގެ އެކުވެރި ނަޒީރާއި އެކު މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ދުއްވާލަން ނުކުތީ ޖެހިގެން އޮތީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށްވާތީ، އެ ދުވަހު ކުރާނެ ކަމެއް ނިންމުމަށް ރަށުގެ ތަންތަން ބަލައިލާށެވެ. އެ ދެ ޒުވާނުން ނިސްބަތްވާ ކ. ހުރައަކީ އަބަދުވެސް ރަށުތެރެ ސާފުތާހިރުކޮށް އޮންނަ ރަށަކަށްވާތީ، ތިމާވެށީގެ ދުވަހު ނުކުމެ ނަގާލާނެ ކުނިކޮޅެއްވެސް އެ ދެ ޒުވާނުންނަކަށް ރަށުތެރެއަކުން ނުފެނުނެވެ. އެ ދެ ޒުވާނުން ދުއްވަމުން ގޮސް މަޑުކޮށްލީ އެރަށުގައި އޮންނަ ތާރީޚީ، ހިތްގައިމު […]
ޙުސައިން ޝަހުދީ
އެމްޑީޕީއަށް ޝައިޙް އިމްރާން އާއި އަދާލަތު ޕާޓީ އަކީ ތުންފުއްސެއްތޯ ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސުވާލު ކުރައްވައިފިއެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހު މެންދަމު ބޭއްވި ޖަލްސާ ހޫނުވެ ހަމަނުޖެހުން ހިނގި މައްސަލަ ފުލުހުން ބަލައި ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ މޮސްޓާ ކުރި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ ވެެރިކަމަށ...
އަލީ އާދިލް
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ އެއް ކަނޑޫފަލެވެ. ދުނިޔޭގެ ތިމާވެށި ދުވަސް އަޅުގަނޑުމެންނާއި ބައްދަލުކުރިއިރު މިވަނީ ޤުދުރަތީ މި ބޮޑު ހަދިޔާ އަޅުގަނޑުމެން އަތުން ބީވެދާނެ ކަމުގެ ބިރު ހީވެފައެވެ. ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރު “ތިލަދުން” އަށް ވިދާޅުވީ، އެރަށުގެ ކަނޑޫފަލުން ހެކްޓަރަކަށް ވުރެ ބޮޑު ސަރަޙައްދަކުން ކަނޑޫ ގަސްތައް އެއްކޮށް މަރުވެފައިވާ ކަމަށެވެ. މިސަރަހައްދުން ވަނީ ކުދި ގަސްތަކުން ފެށިގެން ބޮޑެތި ގަސްތަކާއި...
ޙުސައިން ޝަހުދީ