ކުރީގެ މެމްބަރު އަމީތު ޖަޕާނުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް!
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރުގެ ނައިބުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އައްޔަނު ކުރަށްވައިފިއެވެ. އަމީތު ޑެޕިއުޓީ އެމްބެސަޑަރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 29 ޖޫންގައި އެވެ. އަމީތަކީ މިހާރުގެ ހެލްތު މިނިސްޓަރު ޢަބުދު ﷲ އަމީންގެ ކޮށްކޮއެކެވެ. އަމީތަކީ ނިމިދިޔަ 18 ވަނަ މަޖިލީހުގައި އޭރު ވެރިކަމުގައި އޮތް ޕީޕީއެމުން ފެޔަށް ޖެހިވަޑައިގަނެ، އޭރު ހިނގަމުން ދިޔަ އިސްލާހީ ހަރަކާތާއި ގުޅިވަޑައިގަތުމުގެ ސަބަބުން ގޮނ...