އިންސާނީ ވަގުވިޔަފާރި ފުޅާވެ ސާމިލުވި ފަރާތްތައް ޖަވާބުދާރީ ނުކުރެވޭތީ ކަންބޮޑުވުން
އިންސާނީ ވަގުވިޔަފާރި ފުޅާވެ ސާމިލުވި ފަރާތްތައް ޖަވާބުދާރީ ނުކުރެވޭތީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަނބޮޑުވުން ފާޅުކޮށްފިއެވެ. ބޮޑުފިނޮޅުގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިޒާމު ފަސާދަކޮށް އިންސާނީ ވަގުފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު، މިއަދާ ހަމައަށްވެސް މިއަނިޔާގައި ބައިވެރިވާ އެއްވެސް ފަރާތެއް ޖަވާބުދާރީ ނުކުރެވުމަކީ އިންސާނީ ވަގުފާރިއަށް ދެވޭ ހިތްވަރެއްކަމުގައި އެޖަމިއްޔާއިން ދެކޭކަމަށެވެ. މީގެ އިތުރުން އެބަޔާނުގައި ބުނ...