އުތެމަ ޖަމްޢިއްޔާގެ ރިޕޯޓް ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ވަށަފަރު ކައުންސިލުން ގޮވާލައިފި
އެމްޑީއެންގެ ރިޕޯޓް ތަޙްޤީގުކުރި އުސޫލުން އުތެމައިގެ ރިޕޯޓު ވެސް ތަހުޤީޤުކޮށް، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލުގެ އިދާރާއިން ނޫސްބަޔާނެއް ނެރެފިއެވެ. އެ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކުން “ޕްރިލިމިނަރީ އެސެސްމެންޓް އޮންޑް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓުގ...