ހުޅުމާލެ ކައިރިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. ނޫސްތަކަށް މަޢުލޫމާތުދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށެވެ. މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރިއިރު، މި ދޯންޏަކީ 60 ފޫޓްގެ...