ދިވެހި ރާއްޖެއަކީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބަޔެއްގެ ގޮތުގައި ހެދުމަށް ރާއްޖޭގައި އެ ނެޓްވޯކް ހިންގާފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ފޮނުއްވެވި މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިވަނީ ތަފާތު ފިކުރުތައް އުފެދިފައިކަމަށާއި އެގޮތުން އަރަބި ކަރައިގައި އެއ...
އަލީ އާދިލް
އުތުރުގެ ރަށެއްގައި އިންޑިޔާ މީހުން އާބާދުކުރަނީކަމަށް ދައްކާ ވާހަކަ އަކީ ބުހުތާނު ދޮގެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ. “އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަނީ؟!” މިސުރުހީގެ ދަށުން ގެނެސްދީފައިވާ ހަބަރެއް ހިއްސާ ކުރައްވާ ހޫދު ބުނެފައިވަނީ އެއީ “ރޯ ބުހުތާނު ދޮގު” ކަމަށެވެ. ރާއްޖޭގެ އެއްވެސް ސަރަޙަދެއްގައި ބޭރު މީހުން އާބާދުކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފަ އެއް ނޯނާނެ. އެއީ ދުވަހަކު ކުރާނެ ކަމެއް ވެސް […]
ޔުމްނާ ޢަލީ
މާލެއަތޮޅު ދިއްފުށި ކައިރީގައި އުޅެނިކޮށް ފެނުނު ބޭރުގެ މަސްބޯޓު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެމްއެންޑީއެފުން ބެނެފައިވަނީ ދިއްފުއްޓާއި ދިމާލު ބޭރުން މަސްބޯޓެއް ފެނުނުކަމުގެ ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުން މަސްވެރިކަންކުރަމުންދިޔަ ދެ ދޯންޏަކުންކަމަށެވެ. މިހާރު މި މަސްބޯޓް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ހުޅުމާލޭ ފަޅަށް ވަނީ ވައްދާފައެވެ. އަދި މި ބޯޓް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް އެމްއެންޑީއެފް ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮ...
އިބްރާހިމް އަސްވާޤް
ރާއްޖެއަށް ފަތުރުވެރިކަމުން އެތެރެވާ ކޮންމެ 100 ޑޮލަރަކުން، ރާއްޖެގައި ހިފެހެއްޓެނީ 15 ވަރަކަށް ޑޮލަރު ކަމަށާއި، ރާއްޖެއަށް ޓޫރިޒަމުން މި ލިބޭ ފައިސާ ހިފެހެއްޓޭނެ ގޮތަކާއިމެދު އަޅުގަނޑުމެން ވިސްނައި އެމަގުން މަސައްކަތް ކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛް ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ. “އަލި ރަން މުތް” ފޭސްބުކް ޕޭޖުން ގެނެސްދެމުން ދާ ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ހަތަރު ވަނަ އެޕިސޯޑުގައި “އާމްދަނީ ލިބޭނެ ފުރުޞަތުތައް އަތޮޅު [...
ޝިއުނާ އާދަމް
ޤައުމީ ދިދަ ކުނިތަކުގެ ތެރެއަށް އެއްލާނުލުމަށް ވެމްކޯއިން އިލްތިމާސް ކޮށްފިއެވެ. އުފާވެރި މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަންމުން ވެމްކޯއިން ބުނެފައިވަނީ ޤައުމީ ދިދަ ކުނިތަކުގެ ތެރެއަށް އެއްލާލާފަ އޮންނަ މަންޒަރަކީ ވަރަށް ހިތްދަތިވާ މަންޒަރެއް ކަމަށެވެ. ވެމްކޯގެ މުވައްޒަފެއްގެ ހައިސިއްޔަތުން މަސައްކަތުގެ މާހައުލުގައި އުޅޭއިރު، އެންމެ ހިތްދަތިވާ މަންޒަރަކީ އަޅުގަނޑުމެންގެ ލޮބުވެރި ދިވެހި ދިދަ މަގުމަތިން ނަގަން ޖެހޭ ވަގުތު. މިހެން އަޅުގަނޑުމެން އަމަލު ނުކުރަމާތޯ؟ ވެމްކޯގެ އިލްތިމާސް މެސެޖުގައި...
އިބްރާހިމް އަސްވާޤް
މިއީ އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށްކަމަށް ވިދާޅުވެ، މިއީ ދިވެހިންގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތ...
ޝިއުނާ އާދަމް
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 16 މިލިއަނަށް ވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ކަންކޮޅު ތަކުން މިބަލި ޖެހުނު މީހުންގެ ޢަދަދު ހަތަރު ދުވަސް ތެރޭ އިތުރު މިލިއަނަކަށް އަރައި، ޖުމްލަ ޢަދަދު 16 މިލިއަން ފަހަނަ އަޅައި ދިޔައިރު، 9.9 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު […]
އަލީ އާދިލް
ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އ...
އަޙްމަދު ވަހީދު
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދު މިހާރު މިއޮތް ހިސާބުން ކޮޅަށް ޖެހޭނީ، ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށާއި، ކޮންމެ ފަރުދެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން މިކަމެއް ނުވާނެ ކަމަށާއި، އަދި މިކަންކުރެވޭނީ ކޮންމެ ފަރުދެއްގެވެސް ޤައުމީ ވާޖިބާއި ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝާހިދު މި މޭރުމުން ހއ. އިހަވަންދޫ އާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ޤާއިމްކުރި ކޯވިޑް-19 އަށް ފަރުވ...
ޔުމްނާ ޢަލީ
ދިވެހިންގެ ޒަމާންވީ ދިގުތާރީޚުގައިވެސް މިނިވަންކަން ގެއްލިގެން ގޮސްފައިވަނީ އިގިލިން ގުނާލެވޭހާ މަދު ފަހަރަކުއެވެ. ޕޯޗްގީޒުންނާއި މަލާބާރީންނާއި އަދިވެސް އެނޫން ބޭރުގެ އިސްތިޢްމާރީ ބާރުތަކުން ދިވެހިންގެ ބިމަށް ގަދަބާރުން ވެރިވެ ދިވެހި ރއްޔިތުން އަޅުވެތިކޮށްފައިވާކަން ތާރީޚުން ފެންނަން އެބައޮތެވެ. ނަމަވެސް އެއިންކޮންމެ ފަހަރަކުވެސް ދިވެހިންވަނީ އެފަދަ ބާރުތަކާއި ކުރިމަތިލައި އިސްތިޢްމާރީން ބޭރުކޮށް ޤައުމު މިނިވަންކޮށްފައެވެ. ކުރިން މިދެންނެވުނު ޒަމާނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑެތި ބާރުތަކުން...
ޝައިޚް މޫސާ ނިޒާރު
އުތުރު އަޔަރލެންޑް އަދި ގްރޭޓް ބްރިޓުންގެ ރަސްކަމުގެ ރަނިކަމަނާގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު 1965 ޖުލައި 26 ވަނަ ދުވަހު ވެފައިވަނީ ތާރީޚީ އެއްބަސްވުމެކެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ލިޔުމެވެ. އެއީ ދިވެހިން މިއަދު މިދެކޭ މިނިވަންކަން ކަށަވަރުކުރެވުނު ލިޔުން ވެސް މެއެވެ. އެ އެއްބަސްވުން ވެވުނީ ސްރީލަންކާގައި އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ ވެސްޓްމިންސްޓަރޒް ހައުސް ގައެވެ. ވަގުތަކީ އެ ދުވަހުގެ ހެނދުނު 10 ޖެހި އިރެވެ. މި އެއްބަސްވުމަކީ 14 ފެބުރުވަރީ 1960ގައި […]
ޢަބްދުﷲ ސަޢީދު
އިހަވަންދޫގައި ކަރަންޓީނުގައި ތިބެންޖެހޭ ބަޔަކު ބޭރަށް ނުކުމެ އުޅޭތީ އާންމުންގެ ކަންބޮޑުވުން! ހއ. އިހަވަންދޫގައި ކަރަންޓީނު ކޮށްފައި ތިބެންޖެހޭ ބަޔަކު އެޗްޕީއޭއިން ކަރަންޓީނު ކުރުމަށްފަހު ދޭ ލިޔުން ނުދޭކަމަށް ބުނެ ބޭރަށް ނުކުމެ އުޅެމުންދާތީވެ އެ ރަށުގެ އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މީހުންނަކީ ހއ.އިހަވަންދޫ މަސްދޯންޏެއް ކަމަށްވާ އަނދިރި އަނދިރިން ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަމުގައި އުޅުމަށްފަހު...
އިބްރާހިމް ޚަލީލް
ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ އުޅަނދު އޮޔާ ގެންދަނީ އިރުދެކުނަށް ކާށިދޫ ކަނޑު ތެރެއަށް ކަމަށެވެ. އެހެންކަމުން މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. B. Atoll aai Lh. Atoll aa dh...
އިބްރާހިމް އަސްވާޤް
ހއ. އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ މިރޭ ހުޅުވައިފި އެވެ، އިހަވަންދޫގައި ހުންނަ އާމިނާ ދިޔޯ ހެލްތު ސެންޓަރގައި ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ އިފްތިތާޙް ކޮށްދެއްވީ ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރުންނާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުންގ...
ޝިއުނާ އާދަމް
ފަތުރުވެރިކަމުގެ ސިނާއަތު ދެން ރާއްޖޭގައި ހިންގަން ޖެހޭނީ ރައްޔިތުންނަށް ޓަކައި ހިންގާ ސިނާއަތެއްގެ ގޮތުގައި ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛް ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ. “އަލި ރަން މުތް” ފޭސްބުކް ޕޭޖުން ގެނެސްދެމުން ދާ ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ހަތަރު ވަނަ އެޕިސޯޑުގައި “އާމްދަނީ ލިބޭނެ ފުރުޞަތުތައް އަތޮޅު ތެރޭގައި އުފެއްދުން” މިމައުލޫއަށް ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ، އެފުށް މިފުށަށް ޖެހޭ ވަރުގެ ބަދަލެއް އަންނަން ޖެހޭ ކަމ...
ޝިއުނާ އާދަމް
އިތުރު 77 މީހުން މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 3252 އަށް އަރައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވެސް ގިނައީ ދިވެހިންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 56 މީހުންނާއި، ބަންގްލަދޭޝްގެ 20 މީހުންނާއި، އިންޑިއާގެ މީހެކެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މީހާރުވަނީ 3252 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަ...
އިބްރާހިމް އަސްވާޤް
ފިލްމީ ތަރި މުޙައްމަދު ޔުނާންގެ ދަރިފުޅުގެ ފަރުވާއަށް އާސަންދަ ހަމަޖައްސައި ދީފައިވާކަމަށާއި، އަމްރިތާ ހޮސްޕިޓަލަށް ދެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ. ފިލްމީތަރި ޔުނާން އާއި އޭނާގެ އަންހެނުން ދަރިފުޅު ގޮވައިގެން މުލިއާ ގޭދޮށަށް ގޮސް އެކަން ސަމާލުކަމަށް އައުމާއި ގުޅިގެން އާސަންދައިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޔޫން މުޙައްމަދު ޔުނާންގެ ބެލެނިވެރިން ބޭނުންވަނީ ތުއްތު ކުއްޖާގެ ފަރުވާއަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދާންކަމަށެވެ. އެހެނ...
އަލީ އާދިލް
ކ.ގާފަރު ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕލޓ(ސްޓެލްކޯ) އިން ނިންމާލައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކުންފުނިން ވިދާޅުވެފައިވަނީ ކ. ގާފަރުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިއަދު ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތް ނިންމާލެވުމާއެކު ގާފަރު ކަރަންޓުގެ ހާލަތު މި ވަނީ ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައި ކަމަށާއި އަދި މި މަސައްކަތުގެ ސަބަބުން ރައްޔިތުންގެ އުންމީދުތަކ...
އިބްރާހިމް ޚަލީލް