މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އެންމެ ފަހުގެ ލިޔުންތައް

39,396 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1904 ވަނަ ޞަފްޙާ

އެމްޑީއެންއާއި އުތެމައިގެ މައްސަލައިގައި "ރައްޔިތުންގެ އިއްތިހާދުން" ސަރުކާރަށް ސުވާލުތަކެއް!

އެމްޑީއެންއާއި އުތެމައިގެ މައްސަލައިގައި "ރައްޔިތުންގެ އިއްތިހާދުން" ސަރުކާރަށް ސުވާލުތަކެއް!

އެމްޑީއެން އާއި އުތެމަ ޖަމިއްޔާގެ މައްސަލައިގައި މަދަނީ ޖަމްޢިއްޔާތަކުގެ މައްޗަށް އެކުލެވޭ “ރައްޔިތުންގެ އިއްތިހާދުން” ސަރުކާރަށް ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ. މިއަދު އެއިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އެއިއްތިޙާދުގެ ރައީސް މުޙައްމަދު އިބްރާހީމް ބުނެފައިވަނީ އެއިއްތިހާދުގެ ފަރާތުން ސަރުކާރަށް ގޮވައިލަނީ އުތެމައާއި އެމްޑީއެންގެ ފައުންޑަރުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމުގައެވެ. އެފަދައިން ފިޔަވަޅު ނޭޅުމަކީ ވަގަކު ވައްކަން ކުރުމުން ހައްޔަރުކުރުމަށްފަހު، އޭނާ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު މަޑުއްވަރިން 44 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މަޑުއްވަރިން 44 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. މަޑުއްވަރި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަޑުއްވަރިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް...

އިބްރާހިމް އަސްވާޤް
އުތީމު ބަނދަރުގެ ހަޤީޤީ ފަސޭހަކަން ރައްޔިތުންނަށް އިހުސާސް ނުކުރެވޭ: ކައުންސިލް

އުތީމު ބަނދަރުގެ ހަޤީޤީ ފަސޭހަކަން ރައްޔިތުންނަށް އިހުސާސް ނުކުރެވޭ: ކައުންސިލް

އުތީމަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ރަށުގައި ބަންދަރު ހެދުމުގެ އަމަލީ މަސައްކަތް ފެއްޓެވީ ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު އެ މަސައްކަތް ނިންމާލެވިފައި ނުވެއެވެ. ބަނދަރުގެ މަސައްކަތުގައި ބާކީހުރި ކަންކަން ނިންމައި އެތަން ބޭނުން ކުރަން ފެށިފައިވަނީ 2015 އަހަރުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައެވެ. އުތީމުގެ ބަނދަރަކީ 660 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ. އުތީމު ބަނދަރު ހަދަމުން […]

އިބްރާހިމް ޚަލީލް
މިއަދުވެސް 200 ބިދޭސީން ޤައުމަށް ފޮނުވާލައިފި

މިއަދުވެސް 200 ބިދޭސީން ޤައުމަށް ފޮނުވާލައިފި

ޤައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ވެސް އިތުރު 200 ބަންގްލަދޭޝްގެ މަސައްކަތްތެރިން އަނބުރާ ގައުމަށް ފޮނުވާލައިފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ފުރުވާލާފައިވާ ކަމަށެވެ. ކޯވިޑް19 ރާއްޖޭގައި ފެތުރެން ފެށުމާއިއެކު އެ ބަލި އެންމެ ބާރަށް ފެތުރިފައިވަނީ ބަންގްލަދޭޝް މަސައްކަތްތެރިންގެ މެދުގައެވެ. އެ ހިސާބުން ފެށިގެން ރާ...

އިބްރާހިމް ޚަލީލް
ރާއްޖެއައި ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއައި ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ފުރަތަމަ ފަހަރަށް ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ފަތުރުވެރިޔަކު ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމުގެ ޔަގީންކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ދެއްވާފައިވާއިރު، ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކޮން ގައުމެއްގެ އަދި ކޮން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިއެއް ކަން ހާމަކޮށްފައެއް ނުވެއެވެ. އެ ފަތުރުވެރިޔާ ކޯވިޑަށް ޓެސްޓް ކޮށްފައިވަނީ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެ...

ޝިއުނާ އާދަމް
ބިދޭސީންނަށް މަނާ ކަންކަން، ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ އެއްޗަކަށް!

ބިދޭސީންނަށް މަނާ ކަންކަން، ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ އެއްޗަކަށް!

މިނިވަންކަމަށް ވަކާލާތު ކުރާއިރު މިނިވަންކަން ހޯދަން މަސައްކަތްކުރެވޭ ބާވައެވެ. ބިދޭސީންގެ މުށުތެރޭގައި ޤައުމު އޮތްއިރު އެކަމާ ކަންބޮޑުވަނީ މަދުބައެކެވެ. އެކަމާ ފިކުރު ކުރަނީވެސް މަދުބައެކެވެ. ކޯވިޑްގެ ސަބަބުން ޢާންމު ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ނުކުރާމީހަކު މަދެވެ. އެކަންކަން އެހެން އޮތްނަމަވެސް ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ހުރި ގޮންޖެހުންތައްވެސް އެހާމެބޮޑެވެ. މާރުކޭޓުގައި ތަކެތި ވިއްކައިގެން ޢާމްދަނީ ހޯދައިގެން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސި މީހުންނަށް ފުރަބަންދުގެ ސ...

އަޙްމަދު މުނައްވަރު
ދުވަސްވީ ޢާއިލީ މެންބަރުންނާއި ހަމައަށް ކޯވިޑް-19، ނާދޭތޯ މަސައްކަތްކުރަން ޖެހޭ: މިނިސްޓަރު ޔުމްނާ

ދުވަސްވީ ޢާއިލީ މެންބަރުންނާއި ހަމައަށް ކޯވިޑް-19، ނާދޭތޯ މަސައްކަތްކުރަން ޖެހޭ: މިނިސްޓަރު ޔުމްނާ

ދުވަސްވީ ޢާއިލީ މެންބަރުންނާއި، އާއިލާގައި ތިބި “ހައި ރިސްކު” މީހުނާ ހަމަޔަށް ކޯވިޑް-19 ވައިރަސް ނާދޭތޯ އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 ކޭސްތައް ފެނުން އިތުރުވެ، ބަލި ޖެހޭ ދިވެހިންގެ ޢަދަދު ބޮޑުތަނުން އިތުރުވެފައި ވަނިކޮށް ރޭ ކުރަށްވާ ފައިވާ ޓުވީޓެއްގައެވެ. މިނިސްޓަރު ޔުމްނާ ވިދާޅުވީ މި ދުވަސްވަރު މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އަޅުގަނޑުމެން ވަރަށް...

ޝިއުނާ އާދަމް
އިޓާލިއަން ލީގު ކާމިޔާބު ކުރި ޔުވެންޓަސްއަށް ރެކޯޑެއް

އިޓާލިއަން ލީގު ކާމިޔާބު ކުރި ޔުވެންޓަސްއަށް ރެކޯޑެއް

ރޭ އިޓާލިއަން ސީރިއާގައި ކުޅުނުމެޗު މެޗުން މޮޅުވެ ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ކާމިޔާބުކޮށް ޔުވެންޓަސްއިން ރެކޯޑު ގާއިމްކޮށްފިއެވެ. ރޭ ލީގުގައި ސަމްޕްޑޯރިއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ ޔުވެންޓަސްއިން އިޓާލިއަން ލީގު ކާމިޔާބު ކޮށްފައިވާއިރު މިއީ އެ ޓީމުން އިޓާލިއަން ސީރިއާގެ ތަށި ހޯދި 36 ވަނަ ފަހަރެވެ. ޖެހިޖެހިގެން ނުވަފަހަރު އިޓާލިއަން ލީގު ކާމިޔާބު ކުރުމާއިއެކު އެ ޓީމު ވެފައިވަނީ ޔޫރަޕްގެ އެންމެ މަތީފަންތީގެ ފަސް ލީގުގުގައި ޖެހިޖެހިގެން ނުވަ […]

އިބްރާހިމް ޚަލީލް
ރޭގެ މުޒާހަރާއަކީ އިންސާފަށް ބިރުން ކުރި މުޒާހަރާއެއް، ތެޅުނު ވަރަކަށް ދާނީ ހުޅުނބު: އެމްޕީ ޙުސައިން ޝަހީމް

ރޭގެ މުޒާހަރާއަކީ އިންސާފަށް ބިރުން ކުރި މުޒާހަރާއެއް، ތެޅުނު ވަރަކަށް ދާނީ ހުޅުނބު: އެމްޕީ ޙުސައިން ޝަހީމް

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ ކުރި މުޒާހަރާއަކީ، އިންސާފަށް ބިރުން ކުރި މުޒާހަރާއެއް ކަމަށާއި، ތެޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށާއި އަދި ވަގުން ހިފާ ހައްޔަރު ކުރާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ޙުސައިން ޝަހީމް (އަންދު ހުސެން) ވިދާޅު ވެއްޖެ އެވެ. ޙުސައިން ޝަހީމް މި މޭރުމުން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ މުޒާހަރާއެއް ކޮށްފައި ވަނިކޮށް، ރޭ ކުރަށްވާފައިވާ ޓްވީޓެއްގައެވެ. ޙުސައިން ޝަހީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ [...

އަލީ އާދިލް
އިދިކޮޅު ކޯލިޝަނުން މާލޭގައި މުޒާހަރާ ކޮށްފި

އިދިކޮޅު ކޯލިޝަނުން މާލޭގައި މުޒާހަރާ ކޮށްފި

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ މުޒާހަރާ ކޮށްފިއެވެ. “އެންމެން އެއް އަޑަކުން” ނަމުގައި މާލޭގައި ރޭ ކުރި މި މުޒާހަރާގައި ޕީޕީއެމް އަދި ޕީއެންސީގެ ގިނަ އިސްވެރިންތަކެއް ބައިވެރިވެފައި ވާއިރު، މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ބައިވެރިވެފަ އެވެ. މުޒާހަރާ ފެށީ މަޖިދީމަގާއި ޗާންދަނީމަގު ގުޅުނު ސަރަހައްދުގަ އެވެ. މަޖީދީ މަގުން ފެށި މުޒާހަރާ ޕީޕީއެމްގެ އޮފީހާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. މުޒާހަރާގެ ބައިވެރިިން ވަނީ އެމްޑީޕީ ސަރުކާރު ފެއިލްވެފައިވާ […]

އަލީ އާދިލް
ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް

“މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ.” މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ...

ޢަބްދުﷲ ސަޢީދު
ދިއްދޫގައި ބޭއްވި ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯރޓްސް ކްލަބުން ހޯދައިފި

ދިއްދޫގައި ބޭއްވި ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯރޓްސް ކްލަބުން ހޯދައިފި

ހއ. ދިއްދޫގައި ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ” ދިއްދޫ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020″ ގެ ޗެމްޕިއަން ކަން ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ހއ. ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލް މެޗް އޮތީ އިއްޔެ ހަވީރު 16:15 ގައި ދިއްދޫ ޔޫތު ސެންޓަރުގައެވެ. މި މެޗްގައި ބައްދަލު ކުރީ މިޑްލް ސްޕޯޓްސް ކްލަބާއި، ހިޔަލަ ޓީމެވެ. މިޑްލް ސްޕޯޓްސް ކްލަބް މި މުބާރާތުގެ ތަށި […]

އަޙްމަދު ވަހީދު
މަންމައަކު ރޮއްވާލި، ކުޑަ ދަރިފުޅުގެ ކުރެހުން!

މަންމައަކު ރޮއްވާލި، ކުޑަ ދަރިފުޅުގެ ކުރެހުން!

ކުޑަކުޑަ ޢާއިލާއެކެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ދަރީންނަށް އޯގާތެރި މަންމަ އެކެވެ. ދިރިއުޅުމަށްޓަކައި އަވަދިނެތި މަސައްކަތްކުރާ ބައްޕައެކެވެ. ޢާއިލާގައި ބާކީ ދެން ހުންނަނީ އެންމެ ފަރުދެކެވެ. އެއީ ކުދީންގެ މަންމަގެ މަންމައެވެ. އެހެނަސް ވަރަށް ބަލި މާމައެކެވެ. ގޭގެ އެއްކަނެއްގައި ކުޑަކުޑަ ކޮޓަރިގަނޑެއް މާމައަށް ޚާއްސަކުރެވިފައި ހުރެއެވެ. މާމައަކީ ޢާއިލާއާ ވަކިކޮށްލެވިފައިވާ މީހެއް ކަހަލައެވެ. ކުދީން އެކޮޓަރިއަށް ވައްދާ މާމަ އުފާކޮށްދިނުމެއް ނޯވެއެވެ. އެއްދުވަހެއްގައި ކުދީންގެ މަ...

Thiladhun
މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުން: މިނިސްޓަރު ޢިމްރާން

މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުން: މިނިސްޓަރު ޢިމްރާން

މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޢާއްމުކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ. މި ވީޑިއޯ މެސެޖްގައި މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ތާރީޚަށް ބަލާއިރު ގިނަ ޒަމާންތައް ދިވެހިން ހޭދަ ކޮށްފައި ވަނީ މިނިވަންކަން މަތީގައިކަމަށެވެ. އިންސާނުންގެ އުފާފާގަތިކަމާއި، އަބުރުވެރިކަމާއި، ހިތްހަމަޖެހުން ބިނާވެފައިވަނީ...

ޝިއުނާ އާދަމް
ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް: އެމްޕީ ޝަރީފް

ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް: އެމްޕީ ޝަރީފް

ހއ. ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެ ރަށަކީ ދުބާއީގެ ކޮންސެޕްޓަށް ހިންގޭނެ ވިޔަފާރިއެއް ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވީ ދައްޕަރަކީ ރިއަލްސްޓޭޓް އުސޫލުން ދިގުމުއްދަތަށް ފަތުރުވެރިންނަށް ކުއްޔަށް ހިފޭ ގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ޕްލޭން ކުރަމުންދާ ރަށެއް ކަމަށެވެ. އެރަށް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ނިންމާފައި ވަނީ ޓޫރިސްޓް ރިސޯޓުތައް ގޮތަށް، އެހެން އުސޫލެއ...

ޝިއުނާ އާދަމް
މަކުނުދޫގެ ރީތިކަން ދައްކުވައިދޭ ވީޑިއޯ އަކުން "މިނިވަން ދުވަހުގެ" ތަޙުނިޔާ!

މަކުނުދޫގެ ރީތިކަން ދައްކުވައިދޭ ވީޑިއޯ އަކުން "މިނިވަން ދުވަހުގެ" ތަޙުނިޔާ!

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަތަކާއި ވަރަށް އެކަހެރިކޮށް، އަދި ރާއްޖޭގެ އެންމެ ހުޅަނގުގައި އޮންނަ ރަށަކީ ހދ.މަކުނުދޫއެވެ. މި ރަށަށް މާމަކުނުދޫ އޭ ވެސް ކިޔާ އުޅެއެވެ. ޖޯގްރަފީގޮތުން ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު މި ސަރަހައްދު ފާހަގަ ކުރެވެނީ މުޅިން ވަކި އަތޮޅެއްގެ ގޮތުގައެވެ. ފަޙުރުވެރި މިނިވަންދުވަހުގެ ތަޙުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުމަށްޓަކައި މަކުނުދޫއަށް އުފަން މުޙައްމަދު ވާސިފް ތައްޔާރުކޮށް ހުށައަޅާފައިވާ ވީޑިއޯ އަކީ މަކުނުދޫގެ ރީތިކަން ދައްކުވައިދޭ ވީޑީއޯ...

އިބްރާހިމް އަސްވާޤް
ކޯވިޑް-19: މިއަދު ވެސް ރާއްޖެއިން ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19: މިއަދު ވެސް ރާއްޖެއިން ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19 އަށް 50 މީހުން މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ. އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 50 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެހިންނާއި 14 ބަންގްލަދޭޝް މީހުންނާއި އަދި އިންޑިއާ 2 މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އިއްޔެ ވެސް ރާއްޖެއިން މިބަށްޔަށް […]

ޔުމްނާ ޢަލީ
ކުޑަކުދިންގެ ބައިސްކަލް އެންމެ އަގުހެޔޮކޮށް "ބެސްޓް ބަޑީ" އިން

ކުޑަކުދިންގެ ބައިސްކަލް އެންމެ އަގުހެޔޮކޮށް "ބެސްޓް ބަޑީ" އިން

ކޮލިޓީ ބައިސްކަލް ފުޅާ ދާއިރާއެއްގައި ރާއްޖެ އެތެރެކޮށް އާންމުންގެ އިތުބާރު ހޯދާފައިވާ އެއްފަރާތަކީ “ބެސްޓް ބަޑީ” އޭ ބުނުމަކުން ކުށަކަށް ނުވާނެއެވެ. ބެސްޓް ބަޑީ އިން އަންނަނީ ކުޅުދުއްފުށި ސިޓީގެ އިތުރުން މާލެއަށްވެސް އެކި ސައިޒުގެ ބައިސްކަލް އެތެރެކޮށް ވިއްކަމުންނެވެ. އެންމެ ކުޑަ ކުދިންގެ ބައިސްކަލުން ފެށިގެން ބޮޑެތި މީހުންގެ ބައިސްކަލުވެސް އެފިހާރައިން ލިބެން ހުރެއެވެ. ރަށު ޕިކަޕް ނުވަތަ ބެޓެރި ޕިކަޕް، ބެޓެރި ސައިކަލް، އަދި ހުރިހާ އުމުރެއްގެ މީހުންގެ ބައިސްކަލް ރާއްޖޭގައި އެންމެ ފުޅާ […]

އިބްރާހިމް އަސްވާޤް