މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ސޮލޮމަން ރަށްތަކަށް M5.2 ގެ ބިންހެލުމެއް އަތުވެއްޖެ - 19 މިނިޓު ކުރިން

އެންމެ ފަހުގެ ލިޔުންތައް

39,401 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1898 ވަނަ ޞަފްޙާ

ކޮއްކޮ އޮތީ ނަފުސާނީ ބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައި: ޝިފާޢު

ކޮއްކޮ އޮތީ ނަފުސާނީ ބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައި: ޝިފާޢު

ހއ. އިހަވަންދޫގައި ކަރަންޓީންގައި ހުއްޓާ މިރޭގެވަގުތެއްގައި ފިލައިގެން ގޮސްފައިވަނީ ނަފުސާނިބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައިވާ ކޮއްކޮއެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. “ފިލައިގެން އުޅެނީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ކޮއްކޮ” ކަަމަށް ބަޔެއް ނޫސްތަކުން މިރޭ ރިޕޯޓްކޮށްފައިވާތީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުން މިރޭ ޝިފާޢު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިރޭގެ ވަގުތެއްގައި އޭނާގެ ކޮއްކޮ ސިއްހީ މަރުކަޒުން ނިކުތުމުން ނޫސްތަކުން ޚަ...

އަލީ އާދިލް
ކޯވިޑް-19: 93 ދިވެހިންނާއިއެކު 129 މީހުން ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19: 93 ދިވެހިންނާއިއެކު 129 މީހުން ޕޮޒިޓިވް ވެއްޖެ

ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 129 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހީންނާއި، 23 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 8 މީހަކާއި ލަންކާ 4 މިހަކާއި، އަދި އިންޑޮނޭޝިއާ މީހެކެވެ. މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ […]

ޔުމްނާ ޢަލީ
އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ފިލައިގެން ހޯދަނީ

އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ފިލައިގެން ހޯދަނީ

ހއ. އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ޑޮކްޓަރަށް ދެއްކުމަށް އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ގެންދިއުމުން ފިލައިފި އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވަނީ މިކަން “ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. ރަޝީދު އިތުރަށް ބުނީ އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަންމުން އަންނަކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ހާލުބެލުމުގެ ޕޮޓަލްދަށުން ރަޖިސްޓްރީވެގެން އެރަށަށް ގޮސްފައިވާ މީހެކެވެ. އެމީހާ އަކީ އުމުރުން 32 އަހަރުގެ މީހެކެވެ. ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެނ...

އަލީ އާދިލް
މާދަމާއިން އަންނަ ބުރާސްފަށްޗަށް ސަރުކާރު ބަންދު ކޮށްފި

މާދަމާއިން އަންނަ ބުރާސްފަށްޗަށް ސަރުކާރު ބަންދު ކޮށްފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތީގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، 2020 އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. “މި މުއްދަތުގެ ތެރޭގައި ގޭގައި ތިއްބަވައ...

އަޙްމަދު ވަހީދު
ހަޤީގަތުގައިވެސް ތުރްކްމަނިސްތާނުން ކޯވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވަނީތަ؟

ހަޤީގަތުގައިވެސް ތުރްކްމަނިސްތާނުން ކޯވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވަނީތަ؟

މުޅިދުނިޔެއަށް ބަލިމަޑުކަމެއް ފެތުރި ދުނިޔޭގެ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ތިބިއިރުވެސް ކޯވިޑް-19 ގެ އެއްވެސް ކޭސް އެއް ރިޕޯރޓްކޮށްފައިނުވަނީ ތުރްކްމެނިސްތާނުންނެވެ. އަވައްޓެރި އިރާން، ކަޒަކިސްތާން އުޒްބަކިސްތާން އަދި އަފްގާނިސްތާން ފަދަ ގައުމުތަކުން ކޯވިޑް-19 ގެ ކޭސްތައް ރިޕޯރޓްކޮށްފައިވާއިރު ތުރްކްމަނިސްތާނުން ވަނީ ހަމަ އެކަނި ނިއުމޯނިއާ ފެތުރޭކަމަށް ބުނެފައެވެ. އެގައުމުން ވަނީ ކޯވިޑް-19 ގެ އެއްވެސް ކޭސްއެއް ނުފެންނަ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އެގައުމުގެ ބައެއް އިދިކޮޅުފަރާތް ތަކުން...

އައިމިނަތު ޔުމްނާ
ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރުނު ޒުވާނެއް ނިޔާވެއްޖެ

ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރުނު ޒުވާނެއް ނިޔާވެއްޖެ

ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި އުޅުނު ޒުވާނެއް ނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިއަދު މެންދުރު ހުޅުމާލޭ ފަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި ދިވެހި ފިރިހެނަކު އަކުނިވަޔަށް ދަމައިގަނެގެން ހާލު ދެރަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ފުލުހުންނަށް ރިޕޯޓް ލިބިފައި ވާކަމަށެވެ. އެމީހާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އަދި އެމީހާ އަކީ ޢުމުރުން 27 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ވަނީ […]

ޔުމްނާ ޢަލީ
އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި

އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި

ހއ. އިހަވަންދޫ ތަހުތު ބޯޓާއި، 242 ބޯޓުން ދަތުރު ކުރިބަޔަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ބޯޓު ބަނދަރުކުރި އުތުރުގެ ހަތަރު ރަށެއް ކަރަންޓީނު ކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ. މިގޮތުން އެޗްޕީއޭއިން އަރައި ފޭބުން މަނާކޮށް، ކަރަންޓީނު ކުރީ އެ ދެ ބޯޓު ނިސްބަތްވާ ހއ. އިހަވަންދޫގެ އިތުރުން ހދ. ގެ 3 ރަށް ކަމަށްވާ ފިނޭ، ނޮޅިވަރަމް އަދި މަކުނުދޫ އަށެވެ. އެޗްޕީއޭއިން އެރަށްތަކަށް އަރާ ފޭބުން […]

ޝިއުނާ އާދަމް
އެމްޕީ ނާޒިމް ދާއިރާއަށް 14،000 މާސްކު ހަދިޔާ ކުރަށްވައިފި

އެމްޕީ ނާޒިމް ދާއިރާއަށް 14،000 މާސްކު ހަދިޔާ ކުރަށްވައިފި

ކޯވިޑް-19 އާއި ގުޅިގެން ދާއިރާގެ ރައްޔިތުން ބޭނުން ކުރުމަށް 14،000 މާސްކު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހަދިޔާ ކުރައްވައިފިއެވެ. ނާޒިމް ވިދާޅުވީ ކޮވިޑާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭނާ ތަމްސީލު ކުރާ ދަނގެތި ދާއިރާގެ ސްކޫލް ދަރިވަރުންނާއި އަދި ރައްޔިތުން ހިމެނޭ ގޮތުން ބޭނުން ކުރުމަށް 14،000 ރިޔޫސަބަލް ފޭސް މާސްކު ހަދިޔާކޮށްފައިވާ ކަމަށެވެ. ކޯވިޑާއި ގުޅިގެން ނާޒިމްގެ ދާއިރާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވިއިރު، ރާއްޖޭގައި ކޯވިޑް-1...

ޝިއުނާ އާދަމް
ރައީސްގެ އާދޭސް: ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވާ، އެންގުންތަކަށް ޢަމަލުކުރައްވާ!

ރައީސްގެ އާދޭސް: ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވާ، އެންގުންތަކަށް ޢަމަލުކުރައްވާ!

ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވައި، އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރައްވައި އެކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވުން ވަރަށް މުހިއްމުކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް ބޮޑުތަނުން އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގަ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ކޯވިޑް-19ގެ ހާލަތާއި ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އި...

އަލީ އާދިލް
8،488 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ދޫކޮށްފި

8،488 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ދޫކޮށްފި

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި މިހާތަނަށް 35.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭން މިނިސްޓްރީން ބުނީ ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި 2020 އޯގަސްޓް 2 ވަނަ ދުވަހާއި ހަމައަށް، 8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ […]

ޝިއުނާ އާދަމް
އަހަރެން ދުންފަތާއި ދުރުވީ މިހެން!

އަހަރެން ދުންފަތާއި ދުރުވީ މިހެން!

އަހަރެން ފުރަތަ ދުންފަތުގެ އިސްތިއުމާލް ކުރަންފެށީ އުމުރުން ގާތްގަނޑަކަށް 9 10 އަހަރުގައެވެ. އެގޭ ސަބަބު ވަރަށް ގިނަ ކަންތަކާއި ގުޅިފައި ވެއެވެ.އެންމެ ބޮޑަށް މުޖުތަމައުގައި މި ވަބާ އަށަގެންފާވާ މިންވަރެވެ.މިކަމުގެ ސަބަބުން ބޮޑެތި މީހުން ކުރާ ކަންތަށް އަބަދުވެސް ކޮޕީ ކުރާ ކުޑަކުދީން މިވަބާއާއި ދިމާލަށް ދަގަތްފާނަށް ދަގަނޑު ދަމާހެން ދަމާ ގެންދާ ސަބަބަކަށް ވެދެއެވެ. މެދު ނުކެނޑި 25 ވަރަކަށް އަހަރު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފަހު الحمدلله މިހާރު ދުންފަތާއި ދުރުވިތާ 7 […]

Thiladhun
ފްލެޓް ކޮމިޓީގެ ބައެއް މުވައްޒަފުން ކޯވިޑަށް ޕޮޒިޓިވްވެ މަސައްކަތްތަކަށް ހުރަސްތަކެއް

ފްލެޓް ކޮމިޓީގެ ބައެއް މުވައްޒަފުން ކޯވިޑަށް ޕޮޒިޓިވްވެ މަސައްކަތްތަކަށް ހުރަސްތަކެއް

“ހިޔާ” މަޝްރޫއާއި “ގެދޮރުވެރިކުރުން” އަދި “ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް” ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ފުލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ބައެއް މުވައްޒަފުން ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ކޮމިޓީގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ. މިކަމާއި ގުޅިގެން އެ ކޮމިޓީން...

އިބްރާހިމް ޚަލީލް
އަޅުގަނޑާއި ސަވާރީ ބޯޓު ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި: އެމްޕީ ޝަރީފް

އަޅުގަނޑާއި ސަވާރީ ބޯޓު ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި: އެމްޕީ ޝަރީފް

ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފާއި، ހއ. ކެލާ ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކައެއް ކަމަށާއި، އޭނާއާއި އެ ބޯޓުގެ ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައެވެ. އެ ޓުވީޓްގައި އޭނާއާއި، ކެލާ ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކާ ވާހަކަ ދޮގު ކުރަށްވާފައި ވާއިރު، އެއީ ކޮން ވާހަކަ އެއްކަން ވިދާޅު ވެފައެއް ނުވެއެވެ. މެމްބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ، […]

އަލީ އާދިލް
242 ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެ އިހަވަންދޫ ހާސްކަމުގެ ތެރެއަށް!

242 ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެ އިހަވަންދޫ ހާސްކަމުގެ ތެރެއަށް!

242 ބޯޓުގެ އިތުރު ފަޅުވެރިއަކު މިރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ހއ. އިހަވަންދޫއިން މިބަލި ޖެހުނު މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ މިރޭ ދަންވަރު ޕޮޒިޓިވްވެފައިވަނީ 242 ބޮޓުގެ ފަޅުވެރިއެއް ކަމަށާއި އެއީ ދިވެއްސެއްކަމަށެވެ. ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިއުމުގެ ކުރިން ރަށް ފުރަބަންދަކަށް ދާންޖެހިދާނެ، ގޭގައި ތިއްބަވާ، ބައްދަލުވާ އަދަދު މަދުކުރޭ، އަޅަމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވާށި، ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ފޭސްބުކްގ...

އިބްރާހިމް އަސްވާޤް
އިމިގްރޭޝަން އާއި ކަރެކްޝަން އަދި ފުލުހުން ގުޅިގެން، ޔާސިރު ޔަޙްޔާއާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފި

އިމިގްރޭޝަން އާއި ކަރެކްޝަން އަދި ފުލުހުން ގުޅިގެން، ޔާސިރު ޔަޙްޔާއާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފި

މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ޔާސިރު ޔަޙްޔާ މުޠީޢު އާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފިއެވެ. ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް ޓެރަރިޒަމާ ގުޅުންއޮތްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ނިޔާވެފައިވަނީ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. މި ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު)...

ޔުމްނާ ޢަލީ
އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ

އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ މިރޭ ޕޮޒިޓިވްވެފައިވަނީ އިހަވަންދޫ އާއި މާލެ އާއި ދޭތެރޭ ދަތުރު ކުރާ “ތަހުތު” ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިއެއް ކަމަށެވެ. ރަޝީދު ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ 41 އަހަރުގެ ދިވެއްސެއް ކަމަށެވެ. މިއީ ކޯވިޑަށް ޓެސްޓު ކުރުމަށް މިއަދު އިހަވަންދޫން ނެގި 12 ސާމްޕަލް ތެރެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތެކެވެ. ތަހުތު ބޯޓުގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ [...

ޖަލްވާން ޖާދުﷲ
ކޯވިޑް-19: އިތުރު މީހަކު މަރުވެ، 215 މީހުން އަލަށް ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19: އިތުރު މީހަކު މަރުވެ، 215 މީހުން އަލަށް ޕޮޒިޓިވް ވެއްޖެ

ކޯވިޑް- 19 ޖެހިގެން ރާއްޖެއިން 18 ވަނަ މީހަކު މަރުވެއްޖެ ކަމަށާއި، މި ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިރޭ 8:57 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއް ކޯވިޑް ބަލީ ގައި މަރުވެފައި ވާ ކަމަށެވެ. މިއަދު ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށް ހާމަކޮށް އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ […]

ޝިއުނާ އާދަމް
އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން ރަޖިސްޓަރީވާން އެދިއްޖެ

އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން ރަޖިސްޓަރީވާން އެދިއްޖެ

މި އަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލްގައި ރަޖިސްޓަރީ ވުމަށް އެ މިނިސްޓްރީއިން އެދިއްޖެއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީ އިން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންގެ ވިސާއާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީއާއި ގުޅަމުން އަންނަ ކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންގެ މައުލޫމާ...

ޝިއުނާ އާދަމް