މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,401 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1897 ވަނަ ޞަފްޙާ

"އީވާ އެއަރ" އިން ހިލޭ އުދުހި ލުމުގެ ފުރުސަތެއް!

"އީވާ އެއަރ" އިން ހިލޭ އުދުހި ލުމުގެ ފުރުސަތެއް!

ޓައިވާންގެ “އީވާ އެއަރ” އިން އެއްވެސް މަަންޒިލެއްނެތި މަތިންދާ ބޯޓު ދުއްވާލަން ބޭނުންވާ ފަސިންޖަރުންނަށް ހިލޭ އެ ފުރުސަތު ހުޅުވާލައިފިއެވެ. ބޯޓުގެ ބޭރުގައި މައްޝްހޫރު “ހެލޯ ކިޓީ” ކުރަހާފައިވާ މި ބޯޓުގެ ދަތުރުތައް ފަށަނީ ޓައިވާންގެ ސޮންގްޝަން އެއަރޕޯރޓުންނެވެ. ޓައިވާން މީހުންނަކީ ދަތުރުފަތުރަށް ލޯބިކުރާ ބައެއްކަމުން، އެއްވެސް މަންޒިލެއް ނެތި ބޯޓުގައި ދުއްވާލަން ބޭނުންވާ މީހުންނަށް 8 އޯގަސްޓްގައި ޚާއްޞަ ފްލައިޓެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. މިއީ ޓައިވާންގެ ބައްޕައިންގެ ދުވަހުގެ މުނާސަބާއާއި ގުޅ...

އައިމިނަތު ޔުމްނާ
ބެއިރޫތުގައި ބާރުގަދަ ގޮވުމެއް، ބިރުވެރި މަންޒަރެއް!

ބެއިރޫތުގައި ބާރުގަދަ ގޮވުމެއް، ބިރުވެރި މަންޒަރެއް!

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ އެވެ. ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ މީސްމީޑީޔާގައި އާންމުވެފައެވެ. ބޭރުގެ ނޫސް އެޖެންސީތަކުން ބުނާ ގޮތުގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ ބޭރޫތުގެ ބަނދަރު ސަރަހައްދުގަ އެވެ. ނަމަވެސް އެ ގައުމުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަމާގުޅޭ އެއްވެސް މަޢުލޫމާތެއް ދީފައެއް ނުވެއެވެ. އަދި ބާރުގަދަ ގޮވުމެއް ގޮވި ސަބަބެއް ވެސް ވަނީ ސާފުވާ ގޮތް ނުވެއެވެ. […]

އަލީ އާދިލް
އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔަގޮތް

އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔަގޮތް

ދިވެހިރާއްޖެ އިނގިރޭސީންގެ “ހިމާޔަތުގެ ދަށަށް” ދިޔައީ ނުވަތަ އިނގިރޭސީންގެ ޕްރޮޓެކްޓަރޭޓަކަށްވީ ދިވެހިން އަމިއްލައަށް އެނދިގެން ކަމަށް ލިޔެފައިވާ ލިޔުންތައް ފެނެއެވެ. އެ ދުވަސްވަރުގެ ހާލަތު ހުރިގޮތުން އެފަދަ ބޮޑު ބާރެއްގެ ދަށުގައި މި ޤައުމު އޮތުމަކީ ދިވެހިންނަށް އެންމެ ރަނގަޅުގޮތްކަމަށް ވެސް ލިޔެފައިހުރެއެވެ. އިނގިރޭސީންގެ ކޮލޮނީއަކަށް ދިވެހިރާއްޖެ ނުހަދައި ޕްރޮޓެކްޓަރޭޓަކަށް ހެދީ އިނގިރޭސީންގެ ރަނގަޅުކަމުންކަމަށް ދހަވާގޮތަށް ވެސް ވާހަކަ ދެކެވެއެވެ. މިއީ ހަމަ ޙަޤީޤަތުގައި ވެސް ކަން ހިނގާދިޔަގޮތް...

ޢަބްދުﷲ ސަޢީދު
ޑޭވިޑް ބެކަމްގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ

ޑޭވިޑް ބެކަމްގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ

ފުޓްބޯޅައިގެ ހުނަރުން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޑޭވިޑް ބެކަމް، އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް ހެދުމަށް ސްޓްރީމިން ހިދުމަތްދޭ ނެޓްފްލިކްސް އަދި އެމޭޒަން އާއި ވާހަކަ ދައްކަމުން ދާކަމަށް ރިޕޯރޓްކޮށްފިއެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ ޑޭވިޑް ބެކަމްގެ ސްޓޫޑިއޯ 99 އިން ވަނީ މީގެކުރިން ބާސްކެޓްކުޅުންތެރިއާ މައިކަލް ޖޯރޑަންގެ ހަޔާތުގެ މައްޗަށް “ދަ ލާސްޓް ޑާންސް”ގެ ނަމުގައި މިދިޔަ އަހަރު ފިލްމެއް އުފައްދާފައެވެ. ބައެއް ނޫސްތަކުގައި ރިޕޯރޓް ކޯށްފައިވާ ގޮތުން ބެކަމްގެ ހަޔާތުގެ މައްޗަށް ފިލްމެއް ތ...

އައިމިނަތު ޔުމްނާ
ކޮންމެ ދުވަހެއްގެ ކެއުމުގައި ކިވީ ހިމެނުން ވަރަށް މުހިންމު

ކޮންމެ ދުވަހެއްގެ ކެއުމުގައި ކިވީ ހިމެނުން ވަރަށް މުހިންމު

ހުތް ފޮނި އަނގަޔަށް މީރު ކިވީ ފުރުޓަކީ ހަށިގަނޑަށް ފައިދާ ހުރި ވަރަށް ގިނަ ބާވަތްތައް އެކުލެވިގެންވާ ފުރެޓެކެވެ. ތޮއްޓާ އެއްކޮށް ކިވީ ފުރުޓް ބޭނުންކުރާނަމަ އަދި މާ ފައިދާ ބޮޑެވެ. ނޫންނަމަ ތޮށި މަށައިގެން ނުވަތަ ހުރިގޮތަށް ސަމްސަލަކުން ކަހާލައިގެންވެސް ކިވީ ބޭނުން ކުރެވޭނެއެވެ. ކިވީއަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން މުހިންމު ފުރުޓްތަކުގެ ތެރޭގައި ހިމެނޭ ފުރުޓެކެވެ. އެކަން ކަށަވަރު ވެގެން ދަނީ ކިވީއިން ހަށިގަނޑަށް ލިއްބައިދޭ ގިނަ ފައިދާ ތައް ހުރުމުންނެވެ. 1- […]

އައިމިނަތު ޔުމްނާ
ކޯވިޑް-19: ރަށް ރަށަށް ދަތުރު ކުރާއިރު މާސްކު އެޅުން މަޖުބޫރު

ކޯވިޑް-19: ރަށް ރަށަށް ދަތުރު ކުރާއިރު މާސްކު އެޅުން މަޖުބޫރު

ރަށް ރަށަށް ދަތުރުކުރާ އިރު ދަތުރުމަތީގައި މާސްކު އަޅައިގެން ތިބުން މިހާރު މަޖުބޫރު ކަމަށް ސަރުކާރުން މިއަދު ހާމަ ކޮށްފިއެވެ. ކޯވިޑުން ރައްކާތެރިވުމަށް އިތުރަށް އަޅާ ފިޔަވަޅުތައް ހާމަކުރުމަށް ހެލްތު އިމަޖެންސީ އޮޮޕަަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވީ، މިހާރު އެންމެ މުހިއްމު އެއް އަމާޒަކީ ރަށްރަަށަށް ބަލިފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. އެހެ...

އަޙްމަދު ވަހީދު
ކޯވިޑް-19: ދެން މާލެ އެރޭނީ ޒަރޫރީ ބޭނުމެއްގައި އެކަނި

ކޯވިޑް-19: ދެން މާލެ އެރޭނީ ޒަރޫރީ ބޭނުމެއްގައި އެކަނި

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހަލުވިވެ، އެންމެ ބާރަށް ބަލި ފެތުރި، އެންމެ ނުރައްކާ ބޮޑު ސަރަޙައްދަކީ މާލެސަރަހައްދު ކަމަށް ވާތީ މާލެއަށް ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް އަރާފޭބުން މަނާކޮށްފިއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިއަދުން ފެށިގެން މާލެ އެރޭނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ މާލެއެކޭ އ...

ޝިއުނާ އާދަމް
ގްރޭޓަރ މާލެ އޭރިއާގައި ރޭގަނޑު ދިހައެއްގެ ފަހުން ބޭރަށް ނިކުތުން މަނާ ކޮށްފި

ގްރޭޓަރ މާލެ އޭރިއާގައި ރޭގަނޑު ދިހައެއްގެ ފަހުން ބޭރަށް ނިކުތުން މަނާ ކޮށްފި

މާލެ ސަރަހައްދުގައި ރޭގަނޑު ދިހަޔަކުން ފެށިގެން ފަތިހު ފަހެއް ޖެހުމާއި ހަމަޔަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފިއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އެ ގަޑިތަކުގައި ބޭރުގައި މީހުން އުޅޭ ކަމަށްވާނަމަ ފުލުހުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި އެ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. މީގެ އިތުރުން ރޭގަނޑު 10 އަކު...

ޔުމްނާ ޢަލީ
އެމްޓީސީސީއިން ފެލިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

އެމްޓީސީސީއިން ފެލިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ވ. ފެލިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް 30 ޖުލައި 2020 ގައި ނިންމާލެވިގައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. ފެލިދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ 05 ސެޕްޓެމްބަރ 2019 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ފެބްރުއަރީ 2020 ގައެ...

އިބްރާހިމް ޚަލީލް
"ރޯޔަލް 10" ބޯޓުގެ ހަތަރު ފަޅުވެރިން ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

"ރޯޔަލް 10" ބޯޓުގެ ހަތަރު ފަޅުވެރިން ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

މާލެއާއި މ. އަތޮޅުގެ ރަށްތަކާއި ދެމެދު ދަތުރު ކުރާ “ރޯޔަލް 10” ނަމަކަށް ކިޔާ ބޯޓުގެ 4 ފަޅުވެރިން ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ދިއްގަރު ކައުންސިލުން މީޑިއާއާއި މައުލޫމާތު ހިއްސާކޮށްފައި ވާގޮތުގައި އެ ބޯޓުގެ ފަޅުވެރިންތަކެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ، މާލެއިން ފުރައިގެން އެ ބޯޓު މ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އަދި ޕޮޒިޓިވްވެފައި ވަނީ، އެ ބޯޓްގައި މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ 4 މީހެކެވެ. އެ ހަތަރު މީހުންގެ ސާމަޕްލްވެސް […]

ޖަލްވާން ޖާދުﷲ
އުނގޫފާރު މޮނިޓަރިންގއަށް، އޮޅުވެލިފުށި ކަރަންޓީނަށް

އުނގޫފާރު މޮނިޓަރިންގއަށް، އޮޅުވެލިފުށި ކަރަންޓީނަށް

ރ. އުނގޫފާރު ހޮސްޕިޓަލް އިން މާލެ ގެނައި ބަލި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންގއަށް ލައި، ޅ. އޮޅުވެލިފުށި ކަރަންޓީނު ކޮށްފިއެވެ. އިއްޔެ އުނގޫފާރުން މާލެ ފޮނުވާލި އެ ބަލި މީހާއަކީ، އޮޅުވެލިފުށީ ސިއްހީ މަރުކާޒުގައި ފަރުވާދިނުމަށް ފަހު، މިދިޔަ މަހުގެ 29 ވަނަ ދުވަހު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. އެޗްޕީއޭ އިން އެ ދެރަށުގެ ކައުންސިލްތަކަށް އެޑްރެސް ކޮށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައި ވަނީ އެ ރަށުގައި ތިބި އެއްވެސް […]

ޖަލްވާން ޖާދުﷲ
ރާއްޖެއިން ކޯވިޑް-19 ބަލިީގައި އިތުރު މަރެއް!

ރާއްޖެއިން ކޯވިޑް-19 ބަލިީގައި އިތުރު މަރެއް!

ކޯވިޑް- 19 ބަލީގައި ދިވެއްސަކު މަރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:30 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި އޮތް އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި މަރުވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 19 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. ރެއާއި ހަމައަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ […]

ޝިއުނާ އާދަމް
އެއް ދުވަސްތެރޭ މުއްސަނދިވި މީހާއަށް އަނެއްކާވެސް 2 މިލިއަންގެ އަގުހުރި ހިލަކޮޅެއް

އެއް ދުވަސްތެރޭ މުއްސަނދިވި މީހާއަށް އަނެއްކާވެސް 2 މިލިއަންގެ އަގުހުރި ހިލަކޮޅެއް

މިދިޔަ ޖޫން މަސް ތެރޭގައި 2 ޓެންޒަނައިޓް ހިލަ 3.4 މިލިއަން ޑޮލަރަށް ވިއްކާލައިގެން އެއްދުވަސް ތެރޭގައި މުއްސަނދިކަން ލިބުނު މައުދަން ހޯދާ މީހާ އަނެއްކާވެސް އެފަދަ އެހެން ހިލައެއް ހޯދާ، އެހިލަކޮޅު 2 މިލިއަން ޑޮލަރަށް ވިއްކާލައިިފިއެވެ. ޓެންޒޭނިއާގެ ސަނިނިއު ލައިޒަރ ކިއާ މައިނިންގ ގެ މަސައްކަތް ކުރާމީހާ މިފަހަރު ހޯދާފައިވަނީ 6.3 ކިލޯގެ ޓަންޒަނައިޓްއެކެވެ. މި މައުދަނަކީ ހަމައެކަނި ޓެންޒޭނިއާއިން ލިބެންހުންނަ މައުދަނެކެވެ. ޓެންޒަނައިޓް އާއްމުކޮށް ނަގަނީ ޓެންޒޭނިއާގެ އުތުރުގެ ސަރަހައްދުންނެވެ. މިއީ ގ...

އައިމިނަތު ޔުމްނާ
އުރީދޫ ހަމަ ތަފާތު، "އަތޮޅު ދުވުން" ނަމުގައި ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރަން ބާއްވަނީ

އުރީދޫ ހަމަ ތަފާތު، "އަތޮޅު ދުވުން" ނަމުގައި ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރަން ބާއްވަނީ

އުރީދޫގެ ޚިދުމަތް ރާއްޖޭގައި ފެށިތާ ފަނަރަހަ އަހަރު ވުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން “އަތޮޅު ދުވުން” ނަމުގައި ވާޗުއަލް ރަންއެއް ބޭއްވުމަށް އިއުލާނުކޮށްފިއެވެ. މި ވާޗުއަލް ރަން މުޅިރާއްޖޭގައި ބޭއްވުމަށް އެ ކުންފުނިން ނިންމާފައިވާއިރު މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވާޗުއަލް ރަންކަން ފާހަގަ ކުރަމުން އެ ކުންފުނީގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވެފައި ވަނީ އަތޮޅު ރަންގެ މައިގަނޑު […]

އިބްރާހިމް ޚަލީލް
އެމްޓީސީސީން ރާއްޖޭގެ 35 ރަށެއްގައި 48 މަޝްރޫޢުއެއްގެ މަސައްކަތް ކުރަމުން އެބަދޭ، 24 މަޝްރޫޢެއް ފަށަނީ

އެމްޓީސީސީން ރާއްޖޭގެ 35 ރަށެއްގައި 48 މަޝްރޫޢުއެއްގެ މަސައްކަތް ކުރަމުން އެބަދޭ، 24 މަޝްރޫޢެއް ފަށަނީ

މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 35 ރަށެއްގައި 48 މަޝްރޫޢެއް މިހާރުވެސް ހުއްޓުމެއްނެތި ހިނގަމުން އަންނަކަމަށާއި، އަލަށް 24 މަޝްރޫޢުއެއް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް، އެ ކުންފުނީގެ  ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން  އާޒިމް ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު އެ ކުންފުނީގެ މަސައްކަތްތަކަށް ވެސ...

އިބްރާހިމް ޚަލީލް
ސްޕޭސް އެކްސްގެ ކްރޫ ޑްރެގަން ޑެމޯ-2 ވަރަށް ކާމިޔާބު، އުޅަނދު ތިރިކޮށްލީ ގަލްފް އޮފް މެކްސިކޯއަށް!

ސްޕޭސް އެކްސްގެ ކްރޫ ޑްރެގަން ޑެމޯ-2 ވަރަށް ކާމިޔާބު، އުޅަނދު ތިރިކޮށްލީ ގަލްފް އޮފް މެކްސިކޯއަށް!

ދެމަސްދުވަހުގެ ތާރީޚީ މިޝަންއެއް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ފުރިހަމަ ކުރުމަށްފަހު ސްޕޭސް-އެކްސް ކްރޫޑްރެގަން ޑެމޯ 2 ގައި ދަތުރުކުރި ދެ އެސްޓްރޯނޯޓުން އެނބުރި ދުނިޔެއަށް އައިސްފިއެވެ. މި މިޝަންއަކީ ސްޕޭސް އެެކްސްއިން ޖައްވަށް އެސްޓްރޯނޯޓުން ފޮނުވުމަށް ތައްޔާރު ކޮށްފައިވާ ޖައްވީ އުޅަނދު ކްރޫޑްރެގަން ޓެސްޓުކުރުމަށް ކުރި 2 ވަނަ ދަތުރެވެ. މިއުޅަނދަކީ ހުރިހާކަމެއް ވެސް އޮޓަމެޓިކްއިން ކުރާގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. މިއުޅަނދު ޑިޒައިން ކޮށްފައިވަނީ މައްޝޫރު އިލެކްޓްރިކް ކާރު ތައްޔާރު...

އައިމިނަތު ޔުމްނާ
އެމްޑަބްލިއުއެސްސީން އުފައްދާ ޕީވީސީ ހޮޅި ބާޒާރަށް!

އެމްޑަބްލިއުއެސްސީން އުފައްދާ ޕީވީސީ ހޮޅި ބާޒާރަށް!

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އުފައްދާ ޕީވީސީ ޕްރެޝަރ ހޮޅި ރާއްޖޭގެ ބާޒާރަށް ނެރެން ތައްޔާރު ވެފައިވާކަން އެކުންފުނިން ހާމަ ކޮށްފިއެވެ. ފެންކުންފުނިން މާކެޓަށް ނެރެނީ ޕީވީސީ ޕްރެޝަރ ހޮޅިއަކީ ރާއްޖޭގެ މާކެޓްގައި އެންމެ އާންމު އަދި އެންމެ މަޤްބޫލު ތައިލޭންޑްގެ ސްޓޭންޑަރޑްކަމަށްވާ “ތައި ސްޓޭންޑާރޑް” އަށް ފެތޭގޮތައް ތައްޔާރުކުރާ ފެންވަރު ރަނގަޅު ހޮޅިއެކެވެ. އެ ކުންފުނިން ފެނާއި ނަރުދަމާ އާއި މަގު ހެދުމުގައި ބޭނުންކުރާ ހޮޅި އުފައްދާ ބޭނުންކުރާތާ ފަސް އަަހަރުވެފައިވާއިރު...

އަޙްމަދު ވަހީދު
8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކުރުމަކީ "އޯގާތެރިކަމުގެ ރީތި މިސާލެއް": އަޙްމަދު އަބްދުﷲ

8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކުރުމަކީ "އޯގާތެރިކަމުގެ ރީތި މިސާލެއް": އަޙްމަދު އަބްދުﷲ

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ 8،488 ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި މިހާތަނަށް 35.1 މިލިއަން ރުފިޔާ ދޫކުރުމަކީ “އޯގާތެރިކަމުގެ ރީތި މިސާލެއް” ކަމުގައި ބާރަށު ދާއިރާގެ މެންބަރ އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި 2020 އޯގަސްޓް 2 ވަނަ ދުވަހާއި ހަމައަށް، 8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު...

އަލީ އާދިލް