އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ޔަމަނުގެ ޔާސިރު ޔަހްޔާ މަރުވެއްޖެ
އައިޖީއެމްއެޗުގައި ސީރިއަސް ހާލުގައި އޮތް ޔަމަނުގެ ޔާސިރު ޔަހްޔާ ސޯލިހް މަރުވެއްޖެ އެވެ. އޭނާއަކީ ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް ޓެރަރިޒަމާ ގުޅުންއޮތްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހެކެވެ. ޔާސިރު ޔަހުޔާ 2017 ވަނަ އަހަރު ރާއްޖެއިން ހައްޔަރުކޮށްފައިވަނީ ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތުގައެވެ. އޭނާ ރާއްޖެ އައީ 2016 ވަނަ އަހަރު ޔަމަންގެ ޢަރަބި މުދައްރިސެއްގެ ގޮތުގައެވެ. ޔާސިރު ޔަހްޔާގެ ވަކީލުން ވަނީ ޔާސިރު މަރުވެފައި ވާކަން މީޑިއާއަށް ހިއްސާ ކޮށްފައެވެ...