މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,401 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1876 ވަނަ ޞަފްޙާ

އަމިއްލަ ދަރިފުޅު ހިމެނޭހެން އިތުރު ދެކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަމިއްލަ ދަރިފުޅު ހިމެނޭހެން އިތުރު ދެކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

18 އަހަރު ނުފުރޭ އަމިއްލަ ދަރިފުޅު ހިމެނޭހެން 18 އަހަރު ނުފުރޭ އިތުރު ދެކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި 18 އަހަރުން ދަށުގެ ތިން އަންހެން ކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ 1...

ޝިއުނާ އާދަމް
އެސްޓީއޯ އިން ޕޮލިސް ލެބޯޓްރީއަށް ޕީސީއާރް މެޝިނެއް ހަދިޔާކޮށްފި

އެސްޓީއޯ އިން ޕޮލިސް ލެބޯޓްރީއަށް ޕީސީއާރް މެޝިނެއް ހަދިޔާކޮށްފި

ކޯވިޑް19 އަށް ޓެސްޓުކުރަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ލެބޯޓްރީއަށް ޕީސީއާރް މެޝިނެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާކޮށްފިއެވެ. އެސްޓީއޯގެ ފަރާތުން ޕޮލިސް ލެބަށް ޕީސީއާރް މެޝިން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި މި މެޝިނާއި ޕޮލިސްއިން ހަވާލުވީ ފޮރިންސިކް ސަރވިސްގެ ޑައިރެކްޓޮރޭޓް އަބްދުﷲ އަހުމަދު އެވެ. އެސްޓީއޯ އިން ދާދިފަހުންވަނީ  ޕީސީއާރް ދެ މެޝިން އައިޖީއެމްއެޗަށް ހަދިޔާކޮށްފައެވެ. Donation of Biorad CFX96 PCR machine to...

ޔުމްނާ ޢަލީ
ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި

ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި

ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން ހަވާލުކޮށްފި އެވެ. ހއ. ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. ސޯޅަ މިލިއަން އެއް ލައްކަ ތިރީސް އެއް ހާސް ސާޅިސް ދެ ރުފިޔާ / ދެ ލާރި (16،131،042.02) އަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފަިވަނީ މިއަދު ބޭއްވި […]

އިބްރާހިމް އަސްވާޤް
އޮންލައިން ވިޔަފާރިތަކަށް "ލިސްޓިން ވެބްސައިޓެއް" ހަދަނީ

އޮންލައިން ވިޔަފާރިތަކަށް "ލިސްޓިން ވެބްސައިޓެއް" ހަދަނީ

އޮންލައިންކޮށް ހިދުމަތްދޭ ވިޔަފާރިތައް “ލިސްޓިން ވެބްސައިޓެއް” ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކޯވިޑް-19 ގެ މި ހާލަތުގައި ކުދި އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށްގެން އަދި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ގުޅިގެން ކުރެވޭ މަސައްކަތެކެވެ. ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ބުނީ އަޒަބައިޖާންގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް ހ...

އިބްރާހިމް އަސްވާޤް
"ތިލަދެކުނު މަލަސް" ޅެންވެރިކަމުގެ ކޯހުގެ ނިމުން ފާހަގަ ކޮށްފި

"ތިލަދެކުނު މަލަސް" ޅެންވެރިކަމުގެ ކޯހުގެ ނިމުން ފާހަގަ ކޮށްފި

ޅެން ހެދުމުގެ އަސާސީ ހުނަރު އުނގައްނައިދިނުމަށް “ތިލަދެކުނު މަލަސް” ގެ ނަމުގައި ތިލަދުންމަތީ ދެކުނުބުރީ ދިހަ ސްކޫލެއްގައި ކުރިއަށް ގެންދިޔަ އޮންލައިން ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މި ކޯހަކީ ތިލަދުންމަތީ ދެކުނުބުރީގެ 10 ސްކޫލުގެ އިސްނެގުމާއި އެކު އީސަ އޮންލައިން ޕޯޓްރީ (އީ.އޯ.ޕީ) ގުޅިގެން އެ ސްކޫލުތަކުގެ ގުރޭޑް އަށަކުން ފެށިގެން މަތީގެ ގްރޭޑުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިނގި ކޯހެކެވެ. 18 އޯގަސްޓް 2020 ވީ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހަށް […]

އިބްރާހިމް އަސްވާޤް
"ޑޮލަރުކޮޅު ބޭންކުތަކުން ނަގާފައި ރުފިޔާ ދިނުމަކީ ފޭރުމެއް"

"ޑޮލަރުކޮޅު ބޭންކުތަކުން ނަގާފައި ރުފިޔާ ދިނުމަކީ ފޭރުމެއް"

ޑޮލަރުކޮޅު ބޭންކުތަކުން ނަގާފައި ރުފިޔާ ދިނުމަކީ ފޭރުމެއްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ. ބޮންޑޭ މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިހާލަތުގައި ކޮރޮސްބޯޑަރ އީކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ މާލީ މުއާމަލާތްތައް ދުނިޔޭ ގެ އެހެނިހެން ގައުމުތަކުން ވަރުގަދަ ކުރަމުންދާއިރު ކުރާވިޔަފާރިން ލިބޭ ޑޮލަރުކޮޅު ބެންކުތަކުން ނަގާފައި ރުފިޔާ ދިނުމަކީ ފޭރުމެއްކަމަށެވެ. އެގޮތައް އެކަން ބޭންކުތަކުން ކުރާނަމަ އެއީ ވިޔަފާރިތައް މުޅިން ހުއްޓޭނެ ކަމެއްކ...

އަލީ އާދިލް
ހުޅުމާލޭގައި ހިންގާ 2 މަޝްރޫއެއް އިފްތިތާހްކޮށްފި

ހުޅުމާލޭގައި ހިންގާ 2 މަޝްރޫއެއް އިފްތިތާހްކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ ހުޅުމާލެ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހްކޮށްފިކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒްއިން ބުނެފި އެވެ. މި ޕްރޮޖެކްޓްތައް ފެށުމަށް ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި ހައުސިންގ ޑިވެލޮޕްމ...

އިބްރާހިމް އަސްވާޤް
އެސްޑީއެފްސީގެ ލޯނުތައް ދެއްކުން އަހަރުގެ ނިޔަލަށް ދަންމާލައިފި

އެސްޑީއެފްސީގެ ލޯނުތައް ދެއްކުން އަހަރުގެ ނިޔަލަށް ދަންމާލައިފި

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި އެވެ. އެކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި މިނިސްޓަރު ފައްޔާޒު ވަނީ އެސްޑީއެފްސީ ހުރިހާ ލޯނު ތަކެއް މި އަހަރުގެ ނިޔަލަށް ފަސްކޮށް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހެން ބޭންކް ތަކުން ވެސް މި ބަދަލު ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެސްޑީއެފްސީ އަކީ ރާއްޖޭގެ […]

ޝިއުނާ އާދަމް
ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައިފިއެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންކަމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން މަޢުލޫމާތު ދީފައިވެއެވެ. އޭގެތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ....

ޖަލްވާން ޖާދުﷲ
ފީވަށް ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ: އެމްޓީސީސީ

ފީވަށް ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ: އެމްޓީސީސީ

ށ.ފީވަށް ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %55 ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ %72 މަސައްކަތް ވަނީ ނިމިފައިކަމަށެވެ. މީގެ އިތުރުން ބޭރުތޮށިލުމުގެ މަސައްކަތުގެ %97 ނިމިފައިވާކަމަށާއި މިހާރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި،...

ޖަލްވާން ޖާދުﷲ
ދޮނައެރިކަނޑޫދޫ ފަޅުވި ހާދިސާ

ދޮނައެރިކަނޑޫދޫ ފަޅުވި ހާދިސާ

ދޮނައެރިކަނޑޫދޫ އަކީ ނ. އަތޮޅުގެ ދެކުނު ބިތުގައި އޮންނަ ފަޅުރަށެކެވެ. ކުރިން މީހުން ދިރިއުޅުނު ކަމަށްބުނެވޭ އަދި އެކަމުގެ އަސަރުތައް ފެންނަން ހުރި ރަށެކެވެ. އެ ރަށާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ ނ.އަތޮޅު ވެލިދޫ އެވެ. ދޮނައެރިކަނޑޫދޫއާ ވެލިދޫއާ ދޭތެރޭގައި އެހެން ފަޅުރަށެއް އޮވެއެވެ. އެއީ ރާފުށްޓެވެ. ދޮނައެރިކަނޑޫދޫ ފަޅުވި ތާރީޚެއް ނޭނގެއެވެ. އެ ރަށް ފަޅުވި ގޮތްކަމަށް ބުނާ ދެ ފޯކުލޯރެއް އޮވެއެވެ. އެއް ފޯކުލޯރަކީ މަނަދޫގައި އުޅުއްވިކަމަށް ބުނާ ހާޖީ […]

ޢަބްދުﷲ ސަޢީދު
މާލެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަން ދޭންޖެހޭ: ޝިފާޢު

މާލެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަން ދޭންޖެހޭ: ޝިފާޢު

މާލެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަން ދޭންޖެހޭ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ޝިފާޢު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ މާލޭ ސަރަޙައްދުގައި މާލޭ ރައްޔިތުންނަށް ގެދޮރުގެ ގޯތި ނުދެވޭތާ ވަރަށް ގިނަ ޒަމާންވެއްޖެ ކަމަށާ...

އަލީ އާދިލް
އިންޑިއާގެ މަހާރާޝްތްރާގެ އިމާރާތެއް ވެއްޓި 15 މަރު

އިންޑިއާގެ މަހާރާޝްތްރާގެ އިމާރާތެއް ވެއްޓި 15 މަރު

އިންޑިއާގެ މުންބާއި ނިސްބަތްވާ މަހާރާޝްތްރާގައި ހުރި 5 ފަންގިފިލާގެ އިމާރާތެއް ވެއްޓީ 15 މީހުން މަރުވެއްޖެއެވެ. އިންޑިއާސް ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ގެއިސްވެރިޔާ އަނޫޕަމް ޝްރިވާސްތަވް ބުނެފައިވަނީ 4 މީހަކު އަދިވެސް ނުފެންނަކަމަށާއި ލަފާކުރެވޭގޮތުގައި އެމިހުންތިބީ އިމާރާތުގެ ދަށުގައި ތާށިވެފައެި ކަމަށެވެ. ވެއްޓުނު މިއިމާރާތުގެ ދަށޫން 4 އަަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު، އެ ސަރަޙައްދުގެ ފުލުހުންނާއި ހަވާލާދީ ބިޒްނަސް ސްޓޭންޑާޑްގައި ބުނެފައި ވަނީ އެ ހާދިސާގައި 15...

އައިމިނަތު ޔުމްނާ
މާފަރު އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމް ގާއިމުކޮށްފި

މާފަރު އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމް ގާއިމުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާރޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މާފަރު ވައިގެ ބަނދަރުގައި މި ނިޒާމު ގާއިމުކުރުމާއިއެކު ރާއްޖޭގެ އިންޓަނޭޝަނަލް ފެންވަރުގެ ހުރިހާ ވައިގެ ބަނދަރަކާއި ކަނޑުގެ ބަނދަރުތަކުގައި މި ޚިދުމަތް ގާއިމް ކުރެވުނީ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައިވެއެވެ. މާފަރުގައި ތަރައްޤީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ނިޒާމް ޤާއިމް ކުރުމުގެ މަސައް...

އިބްރާހިމް ޚަލީލް
ކުމުންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް

ކުމުންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް

އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހދ. ކުމުންދޫގައި ވަނީ އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ހިންގާފައެވެ. އަދި ބައެއް މަޝްރޫޢުތައް ހިނގަމުންދާއިރު، އިތުރު މަޝްރޫޢުތައް ވަނީ ފެށުމުގެ މަގު މަތީގައެވެ. ރަށެއްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަންގައިމެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް އެކަންކަން ވާންވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ޖަޒީރާ 189 ރަށުގައި ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު، އެ ރަށްރަށުގެ ރަށްޔިތުން އެދޭ ފަދަ […...

އަޙްމަދު ވަހީދު
ފަތުރުވެރިންނަށް އިތުރު މެސެޖެއް ދެވޭނީ ނަމްބަރު ތިރިކުރެވިގެން: ޑރ. މައުސޫމް

ފަތުރުވެރިންނަށް އިތުރު މެސެޖެއް ދެވޭނީ ނަމްބަރު ތިރިކުރެވިގެން: ޑރ. މައުސޫމް

ފަތުރުވެރިން ރާއްޖެއަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ނަމަވެސް ފަތުރުވެރިން ގެނައުމަށް އިތުރު މެސެޖެއް ދެވޭނީ ރާއްޖޭގައި ދުވާލެއްގެ މަށްޗަށް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވާ ނިސްބަތް ދަށް ކުރެވިގެންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ “ފަލަސުރުޚީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިއިރުން ފެށިގެން ވެސް ރާއްޖެއަށް ފަތުރު...

ޝިއުނާ އާދަމް
ދިއްދޫއިން ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަނީ

ދިއްދޫއިން ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަނީ

ހއ. ދިއްދޫއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަން ފަށަން ހަމަޖެހިފައިވާކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އިން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިވާ އިޢުލާން ގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓުގެ މަރާމާތު ފައިސާ، އެކައުންސިލަށް ވަނީ ލިބިފައިކަމަށެވެ. ހައުސިން ޔުނިޓް ލިބިލެއްވި ފަރާތުގެ އަމި...

އިބްރާހިމް އަސްވާޤް
ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް ޚާއްޞަ ފިޔަވަޅެއް

ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް ޚާއްޞަ ފިޔަވަޅެއް

ހއ. ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް އެ ރަށުގެ ކައުންސިލުން ޚާއްޞަ ފިޔަޅެއް އަޅައިފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން އެރަށުގެ ކުޅިއާއި، ކުޅިއާއި ގުޅިފައިވާ ފާ އަދި ފެންގަނޑުތަކުން މަސް ހިފުން މަނާ ކޮށްފައެވެ. ތަކަންދޫ ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް ޢާއިޝަތު އާޞިފާ “ތިލަދުން” އަަށް ވިދާޅުވީ އެ ނިންމުމަކީ އެރަށުގެ ކުޅީގެ ދިރުންތައް އާލާ ކުރުމަށް ފުރުޞަތު ހޯދުމަށް ނިންނި ނިންމުމެއް ކަމަށެވެ. […]

ޙުސައިން ޝަހުދީ