ހއ. އަތޮޅުގެ 3 ރަށެއްގައި ސްކޭންގެ ހާއްސަ ޑޮކްޓަރެއް ޚިދުމަތް ދެނީ
ހއ.އަތޮޅުގެ 3 ރަށެއްގައި ސްކޭންގެ ހާއްސަ ޑޮކްޓަރ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ކުރި ޢިއުލާންނެއްގައި ބުނެފައިވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ރޭޑިއޯލޮޖިސްޓް (ސްކޭންގެ ހާއްސަ ޑޮކްޓަރ) “ޑޮކްޓަރ ކައިލާޝް ކުމާރު 2،1 އަދި 03 ސެޕްޓެމްބަރ 2020 މި ތިންދުވަހު ސްކޭންގެ ޚިދުމަތް އެހޮސްޕިޓަލްގައި ދެމުންގެންދާނެކަމަށެވެ. ސްކޭން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން މެންދުރުފަހު 15:00 ން ރޭގަނޑު 20:00ށް އ...