ފްލައިމީގެ ފުރަތަމަ އިންޓަނޭޝަލް ދަތުރު ކޮލަމްބޯއަށް
ފްލައިމީ އަށް އެއާ އޮޕަރޭޝަން ސެޓްފިކެޓް (އޭއޯސީ) ލިބުމާއެކު، އިންޓަނޭޝަނަލް ފުރަތަމަ ދަތުރު މިއަދު ކޮލަމްބޯއަށް ބާއްވައިފިއެވެ. ފްލައިމީ އަށް އިންޓަނޭޝަނަލް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ އިއްޔެއެވެ. ފްލައިމީއަށް ބޭރުގެ އުދުހުންތަކަށް ހުއްދަ ލިބުމާއިއެކު މިއަދު ބޭއްވި އެ އެއަރލައިންގެ ފުރަތަމަ އިންޓަރނޭޝަލް ދަތުރުގެ ގޮތުގައި ބާއްވާފައި ވަނީ ޗާޓަރު ފްލައިޓެކެވެ. މި ފްލައިޓް މި ދިޔައީ ލަންކާގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ސްރީލަންކާގެ ބޯޑަރު ހުޅުވުމާއެކު ލަންކާގެ ރަޓަމަލާނާ އި...