އައިސޮލޭޝަނަށް ގެންދާ ބައެއް މީހުންގެ އަމަލުތައް ބަހައްޓާ ގޮތާއިމެދު ކަންބޮޑުވުން
އައިސޮލޭޝަނަށް ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން، އެ ފެސިލިޓީތަކުގެ ތަކެއްޗަށް ގެއްލުންދީ އަމަލުތައް ބަހައްޓާ ގޮތުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަަރު (އެޗްއީއޯސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު މިރޭ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ބައެއް މީހުން އެތަންތަން ދޫކޮށްފައި ދާއިރު، އެކި ކަހަލަ ގެއްލުންތައް ދީފައި ހުންނަކަން ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާކަމަށެވެ. ޑރ. ނަޒްލާ...