މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,403 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1855 ވަނަ ޞަފްޙާ

ބަދަލާއި ކާމިޔާބާއި ބިރު…!

ބަދަލާއި ކާމިޔާބާއި ބިރު…!

ބަދަލަކީ އިންސާނުން ޖެހިލުންވެ ފަސްޖެހޭ އެއްޗެކެވެ. ކޮންމެ އިންސާނަކަށްވެސް އެންމެ ގޮތްނޭނގޭ އެއްޗަކީ ބަދަލެވެ. އެއީ ގޮތްނޭނގޭ ކަނޑަކަށް ފީނައިގަތުން ކަހަލަ ކަމެކެވެ. ބަދަލުގެ ނަތީޖާއަކީ ކޮބައިކަން ކިތަންމެ ވަރަކަށް ދިރާސާކުރިކަމުގައި ވިޔަސް، ބަދަލުގެ ނަތީޖާ އެނގެނީ ބަދަލު ގެނައުމުންނެވެ. އަދި ބަދަލަކީ ބައެއްފަހަރު ވަރަށް ހިތިތަޖުރިބާއަކަށް ވެސް ވެދެއެވެ. އަނެއްބައި ފަހަރު ފޮނިކަމާއި މީރުކަމުގެ ރަހަ ލިބެއެވެ. އެކަމަކު، ހަގީގަތަކީ ބަދަލު އެއީ އިންސާނީ ތަޖުރިބާގެ އެންމެ ޔަގީންކަމެވެ. އެއްބަޔަކު ބަ...

މުޙައްމަދު ޝިހާބް
ފުރަތަމަ ދެމަހު 13،516 ފަތުރުވެރިން

ފުރަތަމަ ދެމަހު 13،516 ފަތުރުވެރިން

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ފުރަތަމަ ދެމަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 13،516 ފަތުރުވެރިންކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އިމިގްރޭޝަންގެ ތަފާސްހިސާބުން ދައްކާގޮތުން، އޯގަސ...

ޝިއުނާ އާދަމް
އިނގިރޭސި ޕްރިމިއާ ލީގު: ޗެލްސީއަތުން ލިވަޕޫލް މޮޅުވެއްޖެ.

އިނގިރޭސި ޕްރިމިއާ ލީގު: ޗެލްސީއަތުން ލިވަޕޫލް މޮޅުވެއްޖެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ޗެލްސީގެ ސްޓޭމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ކާމިޔާބު ކުރި ދެ ލަނޑުން ލިވަޕޫލް މޮޅުވި މި މެޗު ފަށައިގެން އެ ޓީމުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާ މި މެޗުގައި ޗެލްސީއަށް މައްސަލަތަކާއި ކުރިމަތިވެފައިވަނީ އެ ޓީމުގެ […]

އިބްރާހިމް ޚަލީލް
އޭ ލޮބުވެތި އަޚުންނޭ! ފަތިސް ނަމާދު!

އޭ ލޮބުވެތި އަޚުންނޭ! ފަތިސް ނަމާދު!

الحمد لله والصلاة والسلام على محمد و على آله و صحبه أجمعين , أما بعد… ނަމާދަކީ ކީރިތިވަންތަ މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަމެވެ. ޝަހާދަތުގެ ދެކަލިމައާއި ޖެހިގެން އަންނަ ދީނުގެ ދެވަނަ ރުކުނެވެ. އަޅާއާއި ﷲ އި ގުޅާލަދޭ ގުޅުމެވެ. ދީނުގެ ތަނބެވެ. އެ ނަމާދު އަޅައިފިމީހަކަށް މިދީނުގެ އެއްވެސް ނަސީބެއް އެމީހަކަށް މިންވަރުވެގެނެއް ނުވެއެވެ. އެހެނީ އޭނާ އެ މުގުރާލީ ދީންކަމުގައި ނޫނީ ނުވެއެވެ. ހަމަކަށަވަރުންވެސް މި މަތިވެރި އަޅުކަން […]

ޝެއިޚް ޝަފީއު އަބްދުﷲ
އެމްޑީއެން، އުތެމަ މައްސަލައިގެ ތަޙްޤީޤީ ތަފްޞީލުތައް ހޯދުމަށް އެދިއްޖެ

އެމްޑީއެން، އުތެމަ މައްސަލައިގެ ތަޙްޤީޤީ ތަފްޞީލުތައް ހޯދުމަށް އެދިއްޖެ

ރައްޔިތުންގެ އިއްތިޙާދުގައި ހިމެނޭ 26 ޖަމްޢިއްޔާއިން މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ފަށާފައިވާ އެމް.ޑީ.އެން އާއި އުތެމަގެ މައްސަލަ މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ އާއި މިހާތަނަށް ކުރިއަށް ގޮސްފައިވާ ތަޙްޤީޤީ ތަފްޞީލުތައް ލިޔުމަކުން ހޯދުމަށް އެދި އްޖެ އެވެ. މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި އެ ޖަމިއްޔާގެ ރިޕޯޓަށް ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކުރި އުތެމަ ޖަމިއްޔާގެ މައްސަލައިގެ ތަހުގީގު މިހާރު އޮތް ހިސާބެއް ސާ...

ޝިއުނާ އާދަމް
އޭލެވެލް އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް ދިއުމަށް އިލްތިމާސްކޮށްފި

އޭލެވެލް އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް ދިއުމަށް އިލްތިމާސްކޮށްފި

އެޑެކްސެލް އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާން ހެދުމަށް ހަމަޖެހިފައިވާ ސެންޓަރު ހުރި ރަށަކަށް ދިއުމަށް ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން އެދިއްޖެއެވެ. ޑީޕީއީ އިން މިއަދު ބުނީ އެ އިމްތިހާނު ހަދާ ދަރިވަރުން 27 ސެޕްޓެމްބަރުގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. “ކޯވިޑް-19 އާ ގުޅިގެން، އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަަށުގައި ތިބި ދަރިވަރުން 2020 ވަނަ އަހަރު އޮކްޓޯބަރު […]

ޔުމްނާ ޢަލީ
އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިޔަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް

އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިޔަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 250 މިލިއަން އެމެރިކާ ޑޮލަރު (3.85 ބިލިއަން ދިވެހި ރުފިޔާ)ގެ ބަޖެޓް ސަޕޯޓް ދިވެހި ސަރުކާރާ މިއަދު ހަވާލުކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބަޖެޓް ސަޕޯޓްގެ ރަމްޒީ ޗެކް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ...

ޝިއުނާ އާދަމް
އެންމެ ބޮޑަށް އިސްކަމެއްދޭ އެއްކަމަކީ ޒުވާނުންނަކީ ފުދުންތެރި ބަޔަކަށް ހެދުން: ނައިބު ރައީސް

އެންމެ ބޮޑަށް އިސްކަމެއްދޭ އެއްކަމަކީ ޒުވާނުންނަކީ ފުދުންތެރި ބަޔަކަށް ހެދުން: ނައިބު ރައީސް

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި ތަމްރީނުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވައި، މިއަދު ބޭއްވި މަޝްވަރާ ބައްދަލު ވުމުގައިއެވެ. މި މިއަ...

ޝިއުނާ އާދަމް
ކުނިގޮނޑަށް އެއްލައި ނުލަށްވާ، އޮނިގަނޑަށް ފަށްތާލަ ދެއްވާ: ސިއްހީ ހިދުމަތްތެރިން

ކުނިގޮނޑަށް އެއްލައި ނުލަށްވާ، އޮނިގަނޑަށް ފަށްތާލަ ދެއްވާ: ސިއްހީ ހިދުމަތްތެރިން

ފާސްނުވެ އޮތް ސިއްހީ ޚިދުމަތްތެރީންގެ އޮނިގަނޑު ފާސްކޮށް ދިނުމަށް އެދި ގިނަ ޢަދަދެއްގެ ސިއްހީ ޚިދުމަތްތެރިން ޝުއޫރު ފާޅުކޮށް ހިމޭން އިހްތިޖާޖެއް ކޮށްފިއެވެ. މި އިހުތިޖާޖާއި ގުޅޭގޮތުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފައި ވަނީ މި އިހްތިޖާޖްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސިއްހީ ހިދުމަތްތެރިން ބައިވެރިވެފައިވާ ކަމަށެވެ. މި އިހްތިޖާޖުގައި ބައިވެރިވެ ވަޑައިގަންނަވަމުން ޑޮކްޓަރ ފައިސަލް ވިދާޅުވީ ”ކުނިގޮނޑަށް އެއްލާ ނުލަށްވާ އޮނިގަނޑަށް ފަށްތާލަ ދެއްވުމަށެވެ....

ޔުމްނާ ޢަލީ
އިހަވަންދޫއިން ލޮނުމަސް އެޅުމުގެ މަސައްކަތަށް ކުލީ ބިން ދޫކުރަނީ

އިހަވަންދޫއިން ލޮނުމަސް އެޅުމުގެ މަސައްކަތަށް ކުލީ ބިން ދޫކުރަނީ

ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރަށް ފުރުޞަތު ދިނުމުގެ ގޮތުން ހއ. އިހަވަންދޫއިން ބިން ކުށްޔަށްދޭން ޢިއުލާން ކޮށްފިއެވެ. އެ ފުރުޞަތު ހުޅުވާލައި، އިހަވަންދޫ ކައުންސިލުން ކުރި ޢިއުލާނުގައި ވާގޮތުން ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް އެރަށުގެ ބަނދަރު ސަރަޙައްދުން އިތުރު 2 ކުލީ ބިން ދޫ ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން އިހަވަންދޫ ބަނދަރުގެ އިރުމަތީ ފަރާތުން ދޫކުރަން ނިންމާފައިވަނީ 1600 އަކަފޫޓުގެ 2 ކުލީ ބިމެވެ. މި ބިންތައް ދޫކުރަން އިހަވަންދޫ […]

ޝިއުނާ އާދަމް
"ހިޔާ" މަޝްރޫޢު: ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓް ނެރެފި

"ހިޔާ" މަޝްރޫޢު: ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓް ނެރެފި

“ހިޔާ” މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިޢުލާންކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ “ހިޔާ” މަޝްރ...

އިބްރާހިމް އަސްވާޤް
ފެނަކައިން ބޭނުންކުރާ ހަރުމުދަލުގެ އަގު 2.1 ބިލިއަނަށް އަރާ

ފެނަކައިން ބޭނުންކުރާ ހަރުމުދަލުގެ އަގު 2.1 ބިލިއަނަށް އަރާ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ހަރުމުދަލުގެ އަގުމަގުކޮށް ނިންމާލާފައިވާއިރު ކަރަންޓު ޚިދުމަތްދިނުމަށް ފެނަކާގައި ބޭނުންކުރާ ހަރުމުދަލުގެ އަގު 2.1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ހާމަކޮށްފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން އެކުލަވާލެވުނު އެސެޓް ވެލުއޭޝަން ރިޕޯޓް ފެ...

އިބްރާހިމް ޚަލީލް
ވަނަން ކިޔުމުގެ އާދައަށް ބަދަލެއް އަންނަންޖޭ: އަނާރާ

ވަނަން ކިޔުމުގެ އާދައަށް ބަދަލެއް އަންނަންޖޭ: އަނާރާ

ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ވަނަންކިޔުމުގެ އާދައަށް ބަދަލެއް އަންނަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. މިހާރު ބާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އަނާރާ ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ވަނަންކިޔުމުގެ އާދައަށް ބަދަލެއް އަންނަންޖެހޭ ކަމަށެވެ. އަދި ވަނަން ކިޔުމުން މީހުން އެއްޗެއް ނުބުނެ ތިއްބަސް ވަނަން ކިޔުމަކީ ގިނަބަޔަކު ނުރުހޭކަމެއްކަން ހާމަވާ ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ. “ބައެއ...

ޔުމްނާ ޢަލީ
ލީގުގައި ފުރަތަމަ ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެއްޖެ.

ލީގުގައި ފުރަތަމަ ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެއްޖެ.

އިގިރޭސި ޕްރިމިއާ ލީގުގެ 2020/21  އައު ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުރިސްޓަލް ޕަލަސްއާއި ވާދަކޮށް ޔުނައިޓެޑް ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ކްރިސްޓަލް ޕަލަސްއިން ލަނޑުޖަހައި މެޗުގެ ލީޑުވަނީ ނަގާފައެވެ. މެޗުގެ 7 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓައުންސެންޑެވެ. މި ލަނޑަކީ އެ ޓީމުގެ މިޑްފީލްޑް ކުޅުންތެރިޔާ ޖެފްރީ […]

އިބްރާހިމް ޚަލީލް
އެމްޓީސީސީއިން ތިލަފުށި ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރިއަށް

އެމްޓީސީސީއިން ތިލަފުށި ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރިއަށް

ކ.ތިލަފުށި ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫޢުގެ 10 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫޢުގެ ތެރެއިން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތާއި އަދި ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމުގެ މަސައްކަތުގެ 15 އިންސައްތަ މަސައްކަތް މިހާރުވަނީ ނިންމާލެވިފައެވެ. މި މަޝްރޫޢުގެ ދަށުން ކޮށް ނިންމުމަށް ހަމަޖެހިފައިވާ މަ...

އިބްރާހިމް ޚަލީލް
ސެޕްޓެމްބަރު 19 ހަނދާން އައު ކުރަނީ ޒާތީ ވެގެންނެއްނޫން: ދޮންބިލެތް

ސެޕްޓެމްބަރު 19 ހަނދާން އައު ކުރަނީ ޒާތީ ވެގެންނެއްނޫން: ދޮންބިލެތް

2003 ސެޕްޓެމްބަރު 19-20 ހާދިސާ ހަނދާން އައު ކުރަމުން ދަނީ ރައީސް މައުމޫން އަބުދުލް ޤައްޔޫމާއި ޒާތީ ވެގެން ނޫން ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ. 2003 ސެޕްޓެމްބަރު 19-20 ގައި މާފުށީ ޖަލުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތައް ހިނގާ ދިޔައިރު އޮތީ ރައީސް މައުމޫންގެ ވެރިކަމެވެ. ދޮންބިލެއް އަޙްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 19 ގެ ހާދިސާ ހަނދާން އައު ކުރަމުން ދަނީ އެއްގޮތަކަށް ވެސް ރައީސް […]

އަޙްމަދު ވަހީދު
ތިޔައީ ބާޣީން ތަކެއް: ސުޖާޢު

ތިޔައީ ބާޣީން ތަކެއް: ސުޖާޢު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ކޮންބައެއްކަން ރައްޔިތުންނަށް އޮޅިގެން ނޫޅޭ ކަމަށް ވިދާޅުވެ، އެމްޑީޕީއަކީ ބާޣީން ކަމަށް ސިފަކުރަށްވާ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާޢު އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވާ ޝުޖާޢު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައި އެވެ. ޝުޖާޢު ވިދާޅުވީ ވެރިކަން ހޯދުމަށް ޖެހި ލަވަތަކުގެ ތެރޭގައި “ތިޔައީ ޒައީމޭ” ހިމެނޭ ކަމަށެވެ. ” މިއަދު […]

އަލީ އާދިލް
ކޯވިޑް-19: 8،188 މީހުން ބަލިން ރަނގަޅުވެއްޖެ

ކޯވިޑް-19: 8،188 މީހުން ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި 9،649 މީހުންގެ ތެރެއިން 8،188 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ. މިރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރެއްވި މަޢުލޫމާތަށް ބަލާއިރު މިއަދު ރާއްޖެއިން 81 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްފައެވެ. އަދި މިއަދު ވަނީ 111 މީހުން ބަލިން ރަނގަޅުވެފައެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، ވޭތުވެދިޔަ 24 […]

ޔުމްނާ ޢަލީ