މިއަހަރުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލަވަންސް ދެނީ
ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދެމުންދާ “އިންކަމް ސަޕޯޓް އެލަވަންސް” މިއަހަރުގެ ޑިސެމްބަރުމަހާއި ހަމައަށް ދިނުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ފިނޭސް މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. މިނިސްޓަރު އަމީރ...