މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1806 ވަނަ ޞަފްޙާ

"އެސްޓީއޯ އިޔާ އެންޑް އޮފާ" ގައި ހިޓާޗީ ޓީވީ ވަރަށް އަގުހެޔޮ

"އެސްޓީއޯ އިޔާ އެންޑް އޮފާ" ގައި ހިޓާޗީ ޓީވީ ވަރަށް އަގުހެޔޮ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) “އެސްޓީއޯ އިޔާ އެންޑް އޮފާ 2020” ގެ ނަމުގައި އޮފާ އެއް ފަށައިފި އެވެ. މި އޮފާގައި އެސްޓީއޯއިން ވަނީ އާއްމުންނަށް މީގެކުރިން ވިއްކަމުން ދިޔަ ހިޓާޗީ ބްރޭންޑުގެ ޓީވީތަކުގެ އަގު ހެޔޮކޮށްފައެވެ. މި އޮފާގެ ދަށުން މީގެކުރިން 2،990 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ 42 އިންޗިގެ ހިޓާޗީ ބްރޭންޑުގެ ޓީވީއެއް ވިއްކަނީ 2،691 ރުފިޔާއަށެވެ. މީގެކުރިން 11،990 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ 65 އިންޗިގެ ހިޓާޗީ ބްރޭންޑުގެ […]

އިބްރާހިމް އަސްވާޤް
އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީ އެއަރޕޯޓު ވެގެންދާނެ: އައިޝަތު ނަހުލާ

އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީ އެއަރޕޯޓު ވެގެންދާނެ: އައިޝަތު ނަހުލާ

ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީ އެއަރޕޯޓު ވެގެންދާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ހއ. ހޯރަފުށި އެއަރޕޯޓު ހުޅުވުމަށްޓަކައި މިއަދު ނަހުލާގެ އުފަން ރަށުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ހޯރަފުއްޓާއި އަދި މި ސަރަހައްދުގެ އެންމެހާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔައީ އަތޮޅުތައް ތަރައްގީ ކުރުމަށް ރައިސް ސޯލިހު ދެއްވާ އިސްކަމެއްގެ ސަބަބުން ކަމަށެވެ. ބޮޑު ތިލަދުންމައްޗައް މި ލިބުނު ތަރައްގީގެ މަންފ...

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓަކީ އިވަންދިއްޕޮޅުގެ ތަރައްގީގެ ފެށުން: ރައީސް ޞާލިޙް

ހޯރަފުށީ އެއާޕޯޓަކީ އިވަންދިއްޕޮޅުގެ ތަރައްގީގެ ފެށުން: ރައީސް ޞާލިޙް

ހއ. ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ ހޯރަފުށީ އެއާޕޯޓަކީ ލާމަރުކަޒުކުރަން ސަރުކާރުން އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި އެއާޕޯޓާއެކު ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވިގެންދާނެ ކަމަށެވެ. އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދިޔައިރު އެ މަސައްކަތް ހަވާލުކުރި...

ޝިއުނާ އާދަމް
ނޭކުރެންދޫ އާއި ނާވާއިދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި

ނޭކުރެންދޫ އާއި ނާވާއިދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ނާވާއިދޫ ސްކޫލާއި ހދ. ނޭކުރެންދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް އެވެ. އަދި މަސައްކަތް ހަވާލު ކުރި ޓްރައިކޯ އިންވެސްޓްމަންޓުން ޑިރެކްޓަރު އަލީ ނިޒާމް ސޮއި ކުރެއްވި އެވެ. މިރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ އާއި ހަނިމާދޫ ދާއިރާގެ […]

ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅަށް އައު ފެށުމެއް، ހޯރަފުށީ އެއާޕޯޓް ހުޅުވައިފި

އިހަވަންދިއްޕޮޅަށް އައު ފެށުމެއް، ހޯރަފުށީ އެއާޕޯޓް ހުޅުވައިފި

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއަދު އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙްގެ އިތުރުން، ހޯރަފުށީ ދާއިރާ ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރަށްވާ މެންބަރު، އަޙްމަދު ސަލީމާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސްމެންބަރުންގެ އިތުރުން ސަރުކާރާއި އާންމު ރައްޔިތުންގެ ތެރެއިން...

ޝިއުނާ އާދަމް
އަކްރަމް އިސްތިއުފާ ދެއްވައިފި

އަކްރަމް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް އަކްރަމް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، އީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އީސީގެ މެމްބަރުކަމުން އަކްރަމް އިސްތިއުފާ ދީފައިމިވަނީ، އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮން ނެވެ. އަކްރަމް ރައީސްއަށް ފޮނުވި ސިޓީ ވަނީ މީސްމީޑިޔާގައި ހިއްސާކުރައްވާފަ އެވެ. އެސިޓީގަ...

ޔުމްނާ ޢަލީ
ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި 2021 ވަނަ އަހަރު ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކޮލެޖުން ބުނީ ޖުމްލަ 102 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލެވިފައިކަމަށެވެ. އެގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއ...

އިބްރާހިމް އަސްވާޤް
15 އަހަރަށް ފަހުގައި ކޭއާރުއެޗް އަށް އިންކިއުބޭޓަރެއް ލިބިއްޖެ

15 އަހަރަށް ފަހުގައި ކޭއާރުއެޗް އަށް އިންކިއުބޭޓަރެއް ލިބިއްޖެ

15 އަހަރަށް ފަހުގައި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އިންކިއުބޭޓަރެއް ލިބިއްޖެ އެވެ. ކޭއާރުއެޗް އިން ބުނީ، އެންއައިސީޔޫއަށް ގެނެވުނު ކުރިއެރުމުގެ ސަބަބުން ދުވަސް ނުފުރާ ވިހަން ޖެހޭ ހާލަތްތަކުގައި މާލެ ދާން ޖެހޭ ދިއުން މަދުވެ، އެފަދަ ކުދިންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ. އެހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ، ދުވަސް ނުފުރާ ވިހަން ޖެހުމުން ނުވަތަ ހޮސްޕިޓަލަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން ވިހަން ދާ މީހުންގެ ނިސްބަތް […]

އިބްރާހިމް އަސްވާޤް
ސެނަހިޔަ ހޮސްޕިޓަލުން ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

ސެނަހިޔަ ހޮސްޕިޓަލުން ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންފޯރސް (އެމްއެންޑީއެފް) އިން ބުނީ، މި ޚިދުމަތްތައް ތަޢާރަފުކޮށްފައިވަނީ މިއަދު ސެނަހިޔަގައި މިލިޓަރީ ހޮސްޕިޓަލްގައި ބޭއްވި ޚާއްޞަަ ރަސްމިއްޔާތެއްގައި ކަމަށެވެ. ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން އަލްފާޞިލާ ފާތިމަތު ފިރާޝާއެވެ. ލެބޯޓުރީއިން ދެމުގެންދާ ޚިދުމަތްތައް އިތުރުކޮށް ނާ...

އަލީ އާދިލް
ރިޒާވް ފުލުހުން ހޯދަން ހުޅުވާލައިފި

ރިޒާވް ފުލުހުން ހޯދަން ހުޅުވާލައިފި

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފުލުހުންގެ އިދާރާއިން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަނީ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ މަގާމަށް ކަމަށް ބުނެފައިވެ އެވެ. މި މަގާމަށް މީހުން ހޯދަން އިއުލާންކުރި ނަމަވެސް މި ދެ މަގާމަށް ބޭނުންވަނީ ކިތައް މީހުން ކަމެއް އިއުލާންގައި ބުނެފައެއް ނުވެ އެވެ. ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން […...

ޔުމްނާ ޢަލީ
ރެހެންދި އެވޯޑް 7 ބޭފުޅަކަށް

ރެހެންދި އެވޯޑް 7 ބޭފުޅަކަށް

ގައުމީ ހިދުމަތުގައި އަންހެނުން ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް މި އަހަރު ހަތް އަންހެން ބޭފުޅަކަށް ދިނުމަށް ނިންމައިފިއެވެ. ރެހެންދި އެވޯޑަށް ބޭފުޅުން ހޮއްވަނީ އެކަމަށްޓަކައި ޖެންޑަރ މިނިސްޓްރީން އެކުލަވާލާފައިވާ ރެހެންދި އެވޯޑު ކޮމިޓީންނެވެ. މިއަހަރު އެވޯޑަށް ހޮވިފައިވަނީ ޖުމްލަ 2 ދާއިރާއަކުން 7 ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ: 1- ފާތިމަތު އިބްރާހިމް ކާނިމާގެ، ޅ.ހިންނަވަރު – އިޖުތިމާޢީ ދާއިރާ 2- އަލްއުސްތާޛާ މަރްޔަމް ޝުނާނާ ހ.ވެލަސްފަރުގެ – އިޖުތިމާޢީ ދާއިރާ […]

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓް ހުޅުވަން ރައީސް ހޯރަފުށީގައި

ހޯރަފުށީ އެއާޕޯޓް ހުޅުވަން ރައީސް ހޯރަފުށީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ. ރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީކުރި ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންފައިވަނީ މިއަދު 13:00 ގަ އެވެ. ހޯރަފުށިން ރައީސް ސޯލިހަށް މަރުހަބާ ދެންނެވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނެވެ. ރައީސްގެ މި ދަތުރުފުޅުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ، ވޭތުވެދިޔަ ނުވަ މަސް […]

ޔުމްނާ ޢަލީ
އެހާރުގެ ހުވަރަފުށި މިހާރުގެ ހޯރަފުށި - މުޅިރާއްޖެއިން މިސާލީ ރަށެއް

އެހާރުގެ ހުވަރަފުށި މިހާރުގެ ހޯރަފުށި - މުޅިރާއްޖެއިން މިސާލީ ރަށެއް

ހޯރަފުށީގެ އަސްލު ނަމަކީ، ހޯރަފުށި ކަމަށްވެއެވެ. މިނަން ޢަރަބިބަހުން ކިޔެނީ ހުވަރަފުށި ކަމަށްވާތީ، ހުވަރަފުށި ރަސްމީ ނަމެއްގެ ގޮތުގައި ކަނޑައެޅިފަައި އޮތީ ކަމަށްވެއެވެ. މިއިން ދޭހަވަނީ ހޯރަފުށީގެ ޤަދީމީ ތާރީޚާއި ޢަރަބިންނާއި ގުޅުންހުރި ކަމެވެ. މިގޮތަށް 1980ގެ އަހަރުތަކާ ހަމަޔަށް ރަސްމީ ނަމަކީ ހުވަރަފުށި ކަމުގައިވިއެވެ. މީގެ 30 އަހަރުކުރން 1990 ފެށުނުއިރު ރަސްމީ ނަމަކީ ހޯރަފުށި ކަމަށް ސަރުކާރުން ހަމަޖެއްސެވިއެވެ. ހޯރަފުށްޓަކީ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ގޮތުން މުޅިރާއްޖެއަށް މަޝްހޫރު މަޤްބޫ...

ތިލަދުން
ފައްޔާޒު ވަކިކުރަން މަޖިލީހަށް ހުށަހަޅާކަށް ނޫޅެން: ރައީސް ނަޝީދު

ފައްޔާޒު ވަކިކުރަން މަޖިލީހަށް ހުށަހަޅާކަށް ނޫޅެން: ރައީސް ނަޝީދު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖްލިސްއަށް ހުށަހަޅަން މަސައްކަތް ނުކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ”ފައްޔާޒު ވަކިކުރުމަށް އަޅުގަނޑު މަޖިލީހަށް ކަމެއްލާކަށް ނޫޅެމު، އަޅުގަނޑުމެން ދެކޭގޮތުގައި އަޅުގަނޑުމެން ޕާޓީގެ އެތެރޭގެ ބަހުސްތަ...

ޔުމްނާ ޢަލީ
ކެލާގެ ރައްޔިތުން ހިޖުރަކުރުން ހުއްޓުވޭނީ ރަށުން ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން: އިބްރޭ

ކެލާގެ ރައްޔިތުން ހިޖުރަކުރުން ހުއްޓުވޭނީ ރަށުން ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން: އިބްރޭ

ހއ. ކެލާއިން ލިބެންހުރި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއްޓުވޭނެ ކަމަށް ކެލާދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެއެވެ. އިބްރޭ ވިދާޅުވީ ކެލާ ތުނޑީގައި ރިސޯޓެއް ނުހެދި ލަސްވާނަމަ ކެލާގެ ޓޫރިމް ތަރައްޤީވުން ލަސްވެގެންދާނެ ކަމަށާއި، ކެލާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ލަސްވެގެންދާނެ ކަމަށެވެ. އަދި ކެލާގައި ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއ...

ޝިއުނާ އާދަމް
ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު

ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު

ހދ.އަތޮޅު ކައުންސިލުން އިސްނަގައިގެން ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ބަނދަރު ޒީނަތްތެރިކުރުމުގެ މަޤުޞަދުގައި އެ ރަށްރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބަނދަރުގައި ހެދުމަށް ހިންގޭ ޕްރޮގްރާމްގެ ތެރެއިން އެ އަތޮޅު ނޮޅިވަރަމާއި ނޮޅިވަރަމްފަރުގެ ބަނދަރުގައި ހެދުމަށް ބޭނުންވާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު އެ ރަށްރަށުގެ ކައުންސިލުތަކުން ހުޅުވައިލައިފިއެވެ. މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން 18 ނޮވެމްބަރ 2020 ވީ ބުދަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އެ މޮނިއުމެންޓް ޑިޒ...

އިބްރާހިމް ޚަލީލް
ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް

ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް

ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ކަމާބެހޭ އެކިއެކި ފަރާތުގެ އެހީތެރިކަން ހޯދުމަށް އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި އިކޮނޮމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން ސޮއިކުރައްވައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން ޔޫތު މިނިސްޓަރީއިން ބުނީ ރައީސް ޞާލިޙްގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދ...

ޔުމްނާ ޢަލީ
ކޮމިޓީން ފާސްކުރީ އަކްރަމް ވަކިކުރަން

ކޮމިޓީން ފާސްކުރީ އަކްރަމް ވަކިކުރަން

އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. އަކްރަމް މަޤާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަތައް، އެ ކޮމިޓީއިން ބެލުމަށް ފަހުއެވެ. އަކްރަމް އީސީގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް، އެ ކޮމިޓީއަށް ހުށަހެޅީ، އީސީގެ އަންހެން...

އަޙްމަދު ވަހީދު