އުތީމުގައި އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ
ހއ. އުތީމުގައި ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ. އުތީމު ކައުންސިލުން ބުނިގޮތުގައި އެކައުންސިލުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއިއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ސަރުކާރުން އުތީމުގައި ޤާއިމްކޮށްދިނުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިފައިވާކަމަށް އެ ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ވީއެންމެ އަވަހަކަށް ވަގުތީ މިސްކިތުގ...