ކުޅުދުއްފުށީ ފްލޫ ކްލިނިކުން ނެގި 3 ސާމްޕަލެއް ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް
ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކުން ނެގި ތިން ސާމްޕަލެއް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މިއަދުގެ 15:28 އިން ފެށިގެން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކުން ނެގި ތިން ފުލޫ ސާމްޕަލްއެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. “އެންމެހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމ...