އދ. ހަންޏާމީދޫގައި ބަގީއަކާ އެކު މޫދަށް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގައި، 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ޑެއިޒީވިލާ، އުމުރުން 13 އަހަރުގެ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ، ބަގީގައި ތަޅުދަނޑި ޖަހާފައި ހުއްޓާ އެ ކުއްޖާ ބަގީއަށް އަރައި ދުއްވާލި ވަގުތު ކޮންޓްރޯލުން ނެއްޓި ރަށުގެ ބަނދަރަށް ވެއްޓިގެންނެވެ. […]
ޝިއުނާ އާދަމް
ހއ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ބާއްވާ ފުރަތަމަ ބަށި މުބާރާތް އަންނަ ޖުލައި މަހު ފެށުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މި ބަށި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ބަނީ އެ ރަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ގުޅިގެންނެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 08 ޖުލައި 2026 ގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކު...
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންވަނަ މެޗުން ސައުދީ އަރަބިއްޔާއާ 0-0 އިން އެއްވަރުވެ، މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމުގެ ޝަރަފު ކޭޕް ވާޑުން ހޯދައިފިއެވެ. އެފްރިކާގެ ހުޅަނގު އައްސޭރީގައި އޮންނަ މި ކުޑަ ޖަޒީރާ ގައުމަކީ މިއަހަރުގެ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ގައުމެކެވެ. ގްރޫޕް ސްޓޭޖުގެ ތާރީޚީ ނަތީޖާތައް ކޭޕް ވާޑުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް އެއްވަރުވެފައެވެ. އެގޮތުން 2010 ވަނަ އަހަރުގެ […]
އަޙްމަދު ވަހީދު
ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމްގެ ހަތަރުވަނަ ބުރު ނިންމައި، 82 ފަރާތަކުން ރޭ ސަނަދު ހާސިލްކޮށްފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން ބުނިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމަކީ ވެސ...
ޔުމްނާ ޢަލީ
ވޯލްޑް ކަޕް ގްރޫޕް އެޗްގައި ރޭ ކުޅުނު މެޗުން އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ ހެދި ގޯހެއްގެ ފައިދާ ނަގައި، 1-0 އިން އުރުގުއޭ ބަލިކޮށް ސްޕެއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. މި ނަތީޖާއާއެކު ސްޕެއިން މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައިވާއިރު، ދެ ފަހަރުގެ ޗެމްޕިއަން އުރުގުއޭ ވަނީ މުބާރާތުން ކަޓާފައެވެ. މެޗުގެ ހަމައެކަނި ލަނޑު 42 ވަނަ މިނެޓުގައި ސްޕެއިނަށް ކާމިޔާބުކޮށްދިނީ އަލެކްސް ބައޭނާ އެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި […]
އަޙްމަދު ވަހީދު
ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ އަސްކަރީ އަމާޒުތަކަށް އެމެރިކާގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާތަކަކީ ދާދި ފަހުން ސޮއިކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އީރާނުން ޚިލާފުވުމާ ގުޅިގެން ދިން ހަމަލާތަކެކެވެ. މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އީރާނުގެ އައްސޭރިފަށުގައި ހުރި ރޭޑާ ސައިޓްތަކަށާއި، މިސައިލް އަދި ޑްރޯން ރައްކާކުރާ ފެސިލިޓީތަކަށް އަމާ...
ނާޒިމާ އަލީ
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްމާން ޑެމްބެލޭ ކާމިޔާބުކުރި ހެޓްރިކާއެކު 4-1 އިން ނޯވޭ ބަލިކޮށް، ފްރާންސް އިން ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ. ހުކުރު ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޑެމްބެލޭ ވަނީ ތިން ލަނޑު ޖަހައި، ރަން ބޫޓުގެ ރޭހަށް ވަދެފައެވެ. މެޗުގެ 7 ވަނަ މިނެޓާއި، 20 ވަނަ މިނެޓު އަދި 32 ވަނަ މިނެޓުގައި ޑެމްބެލޭ ލަނޑުތައް ކާމިޔާބުކުރިއިރު، މިއީ 1994 ވަނަ […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅުނު އިރާގު 5-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް، މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމުގެ އުންމީދު ސެނެގާލުން ބޮޑުކޮށްފިއެވެ. މި މޮޅާއެކު ގްރޫޕް އައިގެ ތިންވަނަ ޓީމުގެ ގޮތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ސެނެގާލަށް މިވަނީ ފަހިވެފައެވެ. މެޗުގެ ވަރަށް ކުރީކޮޅު، ހަތަރުވަނަ މިނެޓުގައި ހަބީބް ދިއާރާ ވަނީ ލަނޑެއް ޖަހައި ސެނެގާލަށް ކުރިހޯދައިދީފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި އިރާގުގެ ޑިފެންޑަރު ރެބިން […]
އަޙްމަދު ވަހީދު
މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. މި އަހަރުގެ ބައިނަލްއަޤުވާމީ ޝިއާރު ކަމުގައިވާ “ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހަ...
ޝިއުނާ އާދަމް
ރާއްޖޭގެ ސިއްޙީ ނިޒާމު ޑިޖިޓަލްކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި “މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި ބްލޫޕްރިންޓް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ސިއްހަތާ، ޢާއިލާ އަދި އިޖްތިމާއީ ދާއިރާގެ ވަޒީރު ގީލާ ޢަލީ އެވެ. ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން އިފްތިތާހްކުރި މި ބްލޫޕްރިންޓަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)،...
ޝިއުނާ އާދަމް
މުހައްމަދު ސަލާހްގެ މިސްރު ޓީމުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ފުރަތަމަ ފަހަރަށް ދަތުރުކުރުމުގެ ފުރުސަތު 92 އަހަރަށްފަހު ހޯދުމަށް ހުކުރު ދުވަހުގެ ރޭ ސިއެޓްލްގައި ނުކުންނައިރު، މި މެޗުގައި އެމީހުންނާ ދެކޮޅަށް ނުކުންނަ އީރާން ޓީމަށް މި މުބާރާތުގައި ކުޅުމަށްވުރެ ބޮޑަށް ކުރިމަތިލާން ޖެހިފައިވަނީ ސިޔާސީ ގޮންޖެހުންތަކާއެވެ. ނިއުޒީލެންޑް އަތުން 3-1 އިން މޮޅުވެފައިވާއިރު، މިއީ ވޯލްޑް ކަޕެއްގައި މިސްރު ހޯދި ފުރަތަމަ މޮޅެވެ. ހިތްވަރު ލިބިފައިވާ އެފްރިކާގެ ހަތް ފަހަރުގެ ޗެމްޕިއަނުންނަށް އީރާން ބަލިކޮށްގ...
އަޙްމަދު ވަހީދު
ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ފައްޓަވާނެކަމަށް އެމަނިކުފާނު ބުރާސްފަތި ދުވަހުގެ ރޭ އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޚާއްޞަ އިސްކަމެއްދެއްވާކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އ...
އަލީ އާދިލް
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި ފުވައްމުލައް ސިޓީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރުއެވެ. މި ސެންޓަރާއި ގުޅޭގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރިން ވިދާޅުވެފައިވާ ގޮތު...
ޔުމްނާ ޢަލީ
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ ދިއްދޫ ޓީމު މިއަދު އެރަށަށް އައުމުން ރަތް ދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުތަކުގައި ނޯތު ރީޖަން ދިއްދޫ ވަނީ ރާއްޖޭގެ އަނެއް ތިން ރީޖަންގެ ޗެމްޕިއަން ވެސް ބަލިކޮށްފައެވެ. މިގޮތުން 8 ޖޫންގައި ދިއްދޫ އިން ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ ބަލިކުރީ 1-0 އިންނެވެ. އަދި 16 ޖޫންގައި […]
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ތުރުކީން 3-2 އިން އެމެރިކާ ބަލިކޮށްފިއެވެ. މެޗުގެ ތިންވަނަ މިނެޓުގައި އޮސްޓިން ޓްރަސްޓީ ވަނީ އެމެރިކާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ތުރުކީގެ އާރްދާ ގުލާ އަދި އޯކުން ކޮކްޗޫ ފުރަތަމަ ހާފުގައި ޖެހި ލަނޑުތަކާއެކު ތުރުކީން މެޗުގެ ނަތީޖާ އަނބުރާލިއެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ސެބަސްޓިއަން ބާހަލްޓާ ވަނީ އެމެރިކާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ތުރުކީ މޮޅުވި […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި ބުރާސްފަތި ދުވަހުގެ ރޭ އޮސްޓްރޭލިއާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެ، އޮސްޓްރޭލިއާ މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށްފިއެވެ. މި ނަތީޖާއާއެކު ޕެރަގުއޭއަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމު ވާދަކުރާ މުބާރާތަކަށް ވުމުން، ގްރޫޕްތަކުގެ ތިންވަނައަށްދާ އެންމެ ރަނގަޅު އަށް ޓީމަށް ވެސް ދެވަނަ ބުރުން ފުރުސަތު ލިބެއެވެ. މި މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބުރާސްފަތި ދުވަހުގެ ރޭ ޖަޕާނާއި ސްވިޑަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ދެ ޓީމުވެސް މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފިއެވެ. މި މެޗުގައި ޖަޕާނަށް ލީޑު ނަގައިދިނީ ދައިޒެން މަައެދާ އެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން އެންތަނީ އެލަންގާ ވަނީ ލަނޑެއް ޖަހައި ސްވިޑަންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ރިޓްސޫ ދޯއަން ދިން ރީތި ޕާހަކުން ޖަޕާނަށް ލީޑު ނަގައިދިނީ މަައެދާ އެވެ. […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕް ގްރޫޕް އެފްގެ އެއްވަނަ މަގާމު ކަށަވަރުކުރުމަށް ކުޅުނު ފޯރިގަދަ މެޗުގައި 3-1 ގެ ނަތީޖާއަކުން ޓިއުނީޝިއާ ބަލިކޮށް، ނެދަލެންޑްސް ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ. އެރޯހެޑް ސްޓޭޑިއަމްގައި ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތު ކުޅުނު މި މެޗުގައި ނެދަލެންޑްސްގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑަކީ ޓިއުނީޝިއާގެ ކެޕްޓަން އެލީސް ސިޚިރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗުގެ ހަތްވަނަ މިނެޓުގައި ބްރަޔަން ބްރޮބީ ވަނީ ނެދަލެންޑްސްގެ ދެވަނަ ލަނޑު […]
އަޙްމަދު ވަހީދު