ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ޖަރުމަނު އަތުން 2-1 އިން މޮޅުވެ، އިކުއެޑޯ އިން މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށްފިއެވެ. މެޗުގެ 77 ވަނަ މިނެޓުގައި ގޮންޒާލޯ ޕްލާޓާ ކާމިޔާބުކޮށްދިން ލަނޑާއެކު އިކުއެޑޯ އިން ވަނީ ފަހަތުން އަރައި ޖަރުމަނުގެ މައްޗަށް ކުރިހޯދާފައެވެ. މެޗުގެ ވަރަށް ކުރީކޮޅު، ދެވަނަ މިނެޓުގައި ލެރޯއި ސާނޭ ޖަހައިދިން ލަނޑުން ޖަރުމަނުން ވަނީ ލީޑު ނަގާފައެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން، މެޗުގެ ނުވަވަނަ މިނެޓުގައި […]
ޔުމްނާ ޢަލީ
ނިކޮލަސް ޕެޕޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ކިއުރަސާއޯ ބަލިކޮށް، އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. ބުރާސްފަތި ދުވަހު ކުޅުނު މި މެޗު އައިވަރީ ކޯސްޓުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ހަތަރު ވޯލްޑް ކަޕެއްގައި ވާދަކުރުމަށްފަހު ހުޅަނގު އެފްރިކާގެ މި ޓީމު ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. ގްރޫޕް އީ ގައި ހިމެނޭ އައިވަރީ ކޯސްޓުން ވަނީ އެމީހުންގެ ފުރަތަމަ […]
އަޙްމަދު ވަހީދު
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅުނު ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ ކުޅުނު ފަހު މެޗު ބޮޑު ތަފާތަކުން މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ބަލިކޮށްފިއެވެ. ކޮލިފިކޭޝަންގެ ފަހު މެޗަށް ނުކުތް އިރުވެސް ލީގަށް ކޮލިފައި ވެފައިވާ ދެ ޓީމުގެ ކުރިމަތިލުމުގައި ދިއްދޫއިން ވަނީ މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން […]
އަޙްމަދު ވަހީދު
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢުތަކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެއްވެސް މީހަކަށް ނުވަތަ ޢާއިލާއަކަށް ނާޖާއިޒު އިސްކަމެއް ނުލިބޭނެ ކ...
ޔުމްނާ ޢަލީ
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވެނުޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވ...
ޔުމްނާ ޢަލީ
ހއ. ބާރަށު ރުއްތަކަށް ޖެހޭ ބަލިން ރުއްތައް ރައްކާތެރިކުރުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފައިވާ ބޭސް އެރަށު ގޭބިސީތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ބާރަށުގެ ގަސްރުކަށް ދިމާވެފައިވާ ބަލީގެ މައްސަލަ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމގެ ްސަމާލު ކަމަށް ގެނެސް އެކަމަށް އަވަސް ހައްލެއް ހޯއްދުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ބާރަށު ކައުންސިލް ރައީސް ވަނީ ޖޫން 15 ގައި ވަޒީރު ޝިޔާމާއެކު […]
ޝިއުނާ އާދަމް
ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް މި ބަދަލަށް އަމަލުކުރަމުންދާނެ ކަމަށެވެ. އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ނިންމުމަކީ ފަތުރުވެރިކަމުން ލިބޭ...
އިބްރާހިމް އަސްވާޤް
ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި މިއަދު ބާއްވާފައިވާއިރު، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑައިރެކްޓަރ އަޙްމަދު މުބީން އެވެ. މި...
ޔުމްނާ ޢަލީ
ވެނެޒުއޭލާއަށް ބުދަ ދުވަހުގެ ރޭ އައި ބާރުގަދަ ދެ ބިންހެލުމެއްގައި މިހާތަނަށް މަދުވެގެން 164 މީހުން މަރުވެ، 971 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ އެކްޓިންގް ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން މިހާރު ދަނީ ހުއްޓުމެއް ނެތް މަސައްކަތްތަކެއް ކުރަމުންނެވެ. ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުމިނުގައި އައި މި ބިންހެލުންތަކަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ވެނެޒުއޭލާއަށް އައި...
ނާޒިމާ އަލީ
ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީގެ ތާއީދާއެކު ކޮންގްރެޝަނަލް ޕްރައިމަރީގައި ވާދަކުރި ޕްރޮގްރެސިވް ކެންޑިޑޭޓުން، އިސްރާއީލަށް ތާއީދުކުރާ ގްރޫޕްތަކުގެ އެހީތެރިކަން ލިބިފައިވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް މެންބަރުން ބަލިކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ޖޫން 23، 2026 ގައި ބޭއްވުނު މި ޕްރައިމަރީގެ ނަތީޖާއަކީ ނިއުޔޯކްގެ ސިޔާސީ މަސްރަހަށް އައި ބޮޑު ލޮޅުމެއްގެ ގޮތުގައި ސިފަކުރެވެއެވެ. މި ކާމިޔާބީއާއެކު މޭޔަރު މަމްދާނީގެ ޕްރޮގްރެސިވް ކޯލިޝަން ވަރުގަދަވެ، ޑިމޮކްރެޓިކް ޕާޓީގެ އެސްޓެބްލިޝްމަން...
ނާޒިމާ އަލީ
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތް ކޮށްފިއެވެ. މިކަމާއި ގުޅިގެން އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ބުނީ މި މައްސަލަ ސަމާލުކަމަށް އައުމާއެކު، ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އައު ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ރާއްޖޭގެ ފަރުމާވެރިންނަށާއި ކުރެހުންތެރިންނަށް މިއަދު ހުޅުވާލައިފިއެވެ. މި ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅި ފަރާތަކަށް އިނާމެއްގެ ގޮތުގައި 10,000 (ދިހަހާސް) ދިވެހި ރުފިޔާ ދިނުމަށް ކުޅުދުއްފުށި ސިޓީ ޑަބްލިޔުޑީސީން ވަނީ ނިންމާފައެވެ. މި ފުރުސަތަކީ ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނާއި، ކުރެހުންތެރިންނާއި، ޑިޒައިނަރުންގެ އިތުރުން ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަ...
ޔުމްނާ ޢަލީ
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މޫންލައިޓްވިޔު، މާލެ، މުޙައްމަދު ޢުމައިރު (58އ) އާއި ގުލްއަލާގެ، ލ. ދަނބިދޫ، މާޝާ އިބްރާހީމް (38އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ވަނަ...
އަލީ އާދިލް
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ރ. ދުވާފަރުން 21 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / މާވެލި، މާޢިޝް އަޙްމަދު (21އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 23 ވަނަ ދުވަހު އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރުމަށްފަހުގައެވެ. ފުލުހުން ބުނި ގޮތުގައި، މާޢިޝް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި […]
އަލީ އާދިލް
ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ތާރު އަޅަން ތައްޔާރުވުމުގެ ގޮތުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މިރޭ 11:50 އިން ފެށިގެން ކާނިވާ ސަރަހައްދުން ތާރު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަންދުކުރެވޭނެއެވެ. އެހެންކަމުން އެ ސަރަހައްދުގައި ޕާކު ނުކުރުމަށާއި، މިހާރު ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި އެންގުމާ އެއްގޮތަށް އަމަލުނުކުރާ އު...
އިބްރާހިމް އަސްވާޤް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް (ޔޫއޭއީ) ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން، އާދަމް ޝަރީފު ޢުމަރެވެ. މީގެ އިތުރުން، އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކ...
ޔުމްނާ ޢަލީ
މި ފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަސްދޫނި، “މާލިން” މެކްސިކޯ ސިޓީގެ ސްޓޭޑިއަމް ކައިރިއަށް ބުދަ ދުވަހު ދިޔުމުން ގިނަ ބަޔަކު އެ އަސްދޫންޏަށް މަރުހަބާ ކިޔައިފިއެވެ. ނަމަވެސް، ފީފާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން މެކްސިކޯ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު ބަލަން ސްޓޭޑިއަމަށް ވަނުމުގެ ފުރުސަތު އެ އަސްދޫންޏަށް ވަނީ ގެއްލިފައެވެ. ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މާލިން ސްޓޭޑިއަމަށް ވެއްދުމަށް އޭނާގެ ސަޕޯޓަރުން ވަނީ ވަރުގަދަ ކެމްޕޭނެއް […]
ނާޒިމާ އަލީ
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މެކްސިކޯ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގައި، މެކްސިކޯގެ ސަޕޯޓަރުން އަނެއްކާވެސް ފުރައްސާރަކުރުމުގެ ބަސްތަކެއް ބޭނުންކޮށް އަޑުގަދަކޮށްފިއެވެ. މި އަމަލަކީ މީގެ ކުރިންވެސް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ބޮޑެތި ޖޫރިމަނާތަކަކާއި ފިޔަވަޅުތަކެއް ކުރިމަތިލާންޖެހުނު ކަމެކެވެ. އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު މަޓޭޖް ކޯވާ ގޯލް ކިކް ޖެހި ވަގުތު ސަޕޯޓަރުން ވަނީ ސްޕެއިން ބަހުން “ފިރިހެނ...
ނާޒިމާ އަލީ