ރާއްޖޭގެ ރަށްރަށުގައި ކެމިކަލް ގުދަންކުރުމުގެ ހުއްދަ ދިނުމުގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރު، ރައްކާތެރި ހިސާބުތަކަށް އިސްކަންދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ނިންމެވުން ނިންމާފައިވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ސަރުކާރުން މިގޮތަށް ނިންމެވީ ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރެއްވުމަށްފަހުގައެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ވެސް ކެމިކަލް ރައްކާކުރާނެ ތަންތަން ތަރައްޤީކުރުމުގެ ހު...
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ސްވިޑަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް އަލުން ޓީމާ ގުޅިއްޖެއެވެ. ޑެޝޯމްޕް އެނބުރި ޓީމާ ގުޅުނީ އޭނާގެ މަންމަ މަރުވުމާއި ގުޅިގެން ޖަނާޒާގައި ބައިވެރިވުމަށް ޔޫރަޕަށް ކުރި ދަތުރަށްފަހުއެވެ. މަންމަ މަރުވި ޚަބަރު ޑެޝޯމްޕްއަށް ލިބުނީ ޖޫން 22 ވަނަ ދުވަހު އިރާގާ ދެކޮޅަށް ކުޅެ ފްރާންސް މޮޅުވި މެޗަށްފަހުއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން އޭނާއަށް ނޯވޭއާ ދެކޮޅަށް ކުޅުނު […]
އަޙްމަދު ވަހީދު
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި، ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް ޕެރަގުއޭއިން މުބާރާތުގެ މިހާތަނަށް ފެނުނު އެންމެ ބޮޑު ހައިރާންކަން ގެނުވައިފިއެވެ. އިތުރު ވަގުތުގެ ކުޅުން ނިމުނުއިރު 1-1 އިން ދެޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕެރަގުއޭ ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، ހޫލިއޯ އެންސީސޯ ބޮލުން ޖެހި ލަނޑުން ޕެރަގުއޭއިން ލީޑު ނެގިއެވެ. ނަމަވެސް މެޗުގެ […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ނިމި، ނޮކްއައުޓް ބުރުގެ މިހާރު ކުރިއަށްދާއިރު، މި ފަހަރުގެ ބްރެކެޓް އެކުލެވިފައިވާ ގޮތުން ބައެއް ބޮޑެތި ޓީމުތަކަށް ފައިނަލާ ހަމައަށް ދިއުމަށް އޮތީ އުނދަގޫ މަގެކެވެ. އެހެންނަމަވެސް ލިއޮނަލް މެސީގެ އާޖެންޓީނާ ފަދަ ޓީމުތަކަށް ވަނީ ނިސްބަތުން ފަސޭހަ މަގެއް ފަހިވެފައެވެ. ފޮކްސްބަރޯ ރީޖަން: ވަރުގަދަ ކުރިމަތިލުންތަކެއް ފޮކްސްބަރޯ ރީޖަންގައި އެންމެ ފާހަގަކޮށްލެވެނީ ރޭންކިންގެ ގަދަ 7 ގައި ހިމެނޭ ދެ ޓީމު ކަމަށްވާ ނެދަލޭންޑްސް އާއި މޮރޮކޯގެ ކުރިމަތިލުމެވެ. މީގެ މާނައަކީ […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ހޯމަ ދުވަހު ކުޅުނު ފޯރިގަދަ މެޗުގައި، އިތުރު ވަގުތުގެ ތެރޭގައި ގަބްރިއެލް މާޓިނެލީ ކާމިޔާބުކުރި ލަނޑުން 2-1 އިން ޖަޕާން ބަލިކޮށް ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ކުޅުނު އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި މާޓިނެލީ މި ލަނޑު ޖެހީ މެޗު އެކްސްޓްރާ ޓައިމްއަށް ދާން ތައްޔާރުވެފައި ވަނިކޮށެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި […]
އަޙްމަދު ވަހީދު
އަންނަ 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި، “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) ވިއުގަ ގާއިމުކޮށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ރަ އީސް އޮފީހުން ހާމަކުރި ގޮތުގައި، އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުންނެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކ...
ޝިއުނާ އާދަމް
ޤަޠަރުގައި ހިފަހައްޓާފައިވާ އީރާނުގެ 12 ބިލިއަން ޑޮލަރުގެ ތެރެއިން 6 ބިލިއަން ޑޮލަރު ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން މިއަދު ވިދާޅުވެއްޖެއެވެ. މިއީ ސަރަޙައްދީ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ޖޫން 18 ވަނަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ވަގުތީ ފަހުމުނާމާގެ ދަށުން ލިބުނު “ބޮޑު ކާމިޔާބީއެއް” ކަމަށް އޭނާ ސިފަކުރެއްވިއެވެ. ނަމަވެސް، އީރާނުގެ މި ދަޢުވާއާ ގުޅިގެން އެމެރިކާގެ އިސް އޮފިޝަލުން ވަނީ އެކަން ދޮގުކުރައްވާފައެވެ. އެމެރިކާއިން ބުނާ ގޮތުގަ...
ނާޒިމާ އަލީ
ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް-ސައިޒް ކުރުމަށް ނުވަތަ އެ ކުންފުންޏަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރާ މަސައްކަތަކީ ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފާއިން ވަކިކުރުން ކަމަށް ބުނާނެ ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުންފުނިތައް ހަރުދަނާކުރުމަށް ކުރެވޭ މި މަސައްކަތަކީ އަޚުލާޤީ ގޮތުން ވަކި ހަމ...
ޔުމްނާ ޢަލީ
ވެނެޒުއެލާއަށް މިދިޔަ ހަފްތާގައި އައި ބާރުގަދަ ބިންހެލުންތަކުގައި، އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ސްޕޯޓް މަރިޓިމޯ ލަ ގުއައިރާއަށް ކުޅެމުންދާ އާޖެންޓީނާގެ ޑިފެންޑަރު ލޫކަސް ޓްރޭޖޯގެ އަންހެނުންނާއި ދެ ދަރިން މަރުވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު އެ ކްލަބުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. އުމުރުން 38 އަހަރުގެ ޓްރޭޖޯގެ އަންހެނުން ޔާނީނާ އާއި ދެ ދަރިން ކަމަށްވާ އާރޮން އަދި އައިނޯއާގެ ހަށިގަނޑު ފެނިފައިވަނީ، ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން އެމީހުން...
ނާޒިމާ އަލީ
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ މި ނިންމެވުމުގެ ދަށުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ “ދުވެލި” ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކޮށްފައިވާ “ޕަބްލިކް އ...
ޔުމްނާ ޢަލީ
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް މަރުހަލާގެ ގަދަ 32 ގެ މެޗުތައް ފެށިގެން ކުރިއަށްދާއިރު، ދުނިޔޭގެ ވަރުގަދަ ޓީމުތަކުގެ ކުރިމަތިލުންތަކާއެކު މުބާރާތުގެ ފޯރި ވަނީ ގަދަވެފައެވެ. މިގޮތުން ހޯމަ ދުވަހު ކުޅޭ ތިން މެޗުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލާއި ޖަޕާން ބައްދަލުކުރާ މެޗާއި، ދުނިޔޭގެ ގަދަ 10 ގެ ތެރޭގައި ހިމެނޭ ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކުރާ މެޗެވެ. ބްރެޒިލް އާއި ޖަޕާންގެ ކުރިމަތިލުން ހިއުސްޓަންގައި ކުޅޭ މި މެޗަކީ […]
ނާޒިމާ އަލީ
ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާ އާއި ހައިވް ޑިޖިޓަލް އިނޮވޭޝަން އެންޑް ރެޒިލިއަންސް ސެންޓަރު ގުޅިގެން، ރަށު ތަރައްގީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ (ޑަބްލިއުޑީސީ) ދައުރާ ގުޅޭގޮތުން ހާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފިއެވެ. “ދަ ރޯލް އޮފް ޑަބްލިއުޑީސީސް އިން އައިލެންޑް ޑިވެލޮޕްމަންޓް” ގެ ނަމުގައި ކުރިއަށްގެންދާ މި ވެބިނާއަކީ ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސެޝަނެކެވެ. މިއީ ކުރިމަގު ޖަމިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ދެވަނަ ޕްރޮގްރާމެވެ. މި...
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ “އެމްއެމްއޭ ސްކޮލަރޝިޕް 2026” އަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ޖުލައި 15، 2026 ގެ ނިޔަލަށް އެ އޮތޯރިޓީން އިތުރުކޮށްފިއެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމަކީ މެލޭޝިޔާގެ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މިއަހަރުގެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވ...
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، “އުރީދޫ ނޭޝަން ކަޕް 2026” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ #OoredooFootballFoari ޙަރަކާތްތަކުގެ ތެރެއިން ބޭއްވުނު ޚާއްޞަ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ވާދަކޮށްފައިވާއިރު، ކޮންމެ ކުޅުންތެރިއަކުވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން...
އިބްރާހިމް އަސްވާޤް
ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރުން މަސައްކަތްކުރަނީ މި ސަރުކާރުގެ ދައުރުތެރޭގައި ފްލެޓްތަކާއި ހައުސިން ޔުނިޓްތަކެއް ނިންމައި، އެތަންތަނަށް މީހުން ވެއްދުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކަށް އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން މަޝްރޫޢުތައް ނިންމައި މީހުން ވެއްދިފައި ނެތް ކަމަށާއި، މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށެވެ. ރަ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް އަލުން ފެށުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ހަފުތާގެ ތެރޭގައި އަމިއްލަ ކޮންޓްރެކްޓަރަކާ އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ރީ-ސްޓާޓް ކުރުމަށްޓަކައި އެޗްޑީސީން ކޮންޓ...
ޝިއުނާ އާދަމް
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ދެކުނު ކޮރެއާ ކެޓުމާ ގުޅިގެން، އެ ގައުމުގެ ރައީސްގެ ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ގައުމީ ޓީމުގެ ކޯޗު ހޮންގް މިއުންގް-ބޯ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދީފިއެވެ. ދެކުނު ކޮރެއާގެ ރައީސް ލީ ޖައީ މިއުންގް ވަނީ ކޯޗަކީ “ގާބިލުކަމެއް ނެތް” މީހެއްގެ ގޮތުގައި ސިފަކުރައްވައި، ގައުމީ ޓީމުގެ ޕްރޮގްރާމް އެއްކޮށް މުރާޖައާ ކުރުމަށް އަމުރު ކުރައްވާފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ކުޅުނު ފުރަތަމަ […]
އަޙްމަދު ވަހީދު
ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”ކައުންސިލް ފުޓްސަލް ޗެލެންޖެ 2026”ގައި ބައިވެރިވުމަށް ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން ބުނިގޮތުގައި މި ޗެލެންޖް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ޖިންސަށް ވެސް ފުރުޞަތު ދީގެންނެވެ. ކައުންސިލް އެކަށަހަޅާފައިވާ އުސޫލާއި އެއްގޮތަށް އައުޓް ސޯސްކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ފުޓްސަލް ޗެލެންޖް ފެށުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު 15 ގައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް ކައުންސިލް ފުޓްސަލް...
އަލީ އާދިލް