މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,368 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 161 ވަނަ ޞަފްޙާ

ބެލްޖިއަމްގެ ޑިފެންޑަރު ޑެބާސްޓް އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ބެލްޖިއަމްގެ ޑިފެންޑަރު ޑެބާސްޓް އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

މި އަހަރުގެ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން މިހާތަނަށް އެއްވެސް މެޗެއް ކުޅެފައިނުވާ ބެލްޖިއަމްގެ ސެންޓަރ ބެކް ޒެނޯ ޑެބާސްޓް، އާދީއްތަ ދުވަހު މި މުބާރާތުގެ ފުރަތަމަ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ. ފައިގެ އަނިޔާއަކާ ގުޅިގެން ހޮނިހިރު ދުވަހު ހެދި އެމް.އާރް.އައި ސްކޭންގެ ނަތީޖާ އަކީ “ޕޮޒިޓިވް” ނަތީޖާއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އުމުރުން 22 އަހަރުގެ ޑެބާސްޓަށް މި އަނިޔާ ކުރިމަތިވީ މިދިޔަ މަހު ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަންއާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަނިކޮށެވެ. އާދީއްތަ ދުވަހު...

އަޙްމަދު ވަހީދު
''ދިފާއީ ހިދުމަތްތައް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއް''

''ދިފާއީ ހިދުމަތްތައް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއް''

ދިފާއީ ހިދުމަތްތައް ވަރުގަދަކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްދޭ ތަނަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ. “ކޮންމެ ދުވަހަކު ގައުމުގެ އަމަން އަމާ...

ޔުމްނާ ޢަލީ
އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގެ ފަހަތުގައި މެދުވެރިންގެ ބުރަ މަސައްކަތްތަކެއް

އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގެ ފަހަތުގައި މެދުވެރިންގެ ބުރަ މަސައްކަތްތަކެއް

އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ ހަފުތާގައި ސޮއިކުރި ތާރީޚީ އެއްބަސްވުމަކީ، ދެ ގައުމުގެ މެދުގައި ބަދަލުކުރަމުންދިޔަ ހަމަލާތަކާއި އިންޒާރުތަކުގެ ތެރެއިން ގަތަރާއި ޕާކިސްތާނުން ކުރި ވަރުގަދަ ޑިޕްލޮމެޓިކް މަސައްކަތްތަކެއްގެ ނަތީޖާކަން ހާމަވެއްޖެއެވެ. މި އެއްބަސްވުމަކީ މެދުއިރުމަތީގެ ހަމަޖެހުމަށާއި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ނުރައްކާތެރި ދަނޑިވަޅެއްގައި ކުރެވުނު މަސައްކަތް ޖޫން 11 ވަނަ ދުވަހު އެމެރިކާ އާއި އީރާނުން އެއްބަޔަކު...

ނާޒިމާ އަލީ
ޔޫސްޓާކިއޯގެ ފަހުވަގުތުގެ ލަނޑުން ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް

ޔޫސްޓާކިއޯގެ ފަހުވަގުތުގެ ލަނޑުން ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް

ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި ސްޓީވަން ޔޫސްޓާކިއޯ ޖަހައިދިން ލަނޑުން ސައުތު އެފްރިކާ 1-0 އިން ބަލިކޮށް، ކެނެޑާ އިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ކެނެޑާ އިން ހޯދި ފުރަތަމަ މޮޅެވެ. ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދާން ތައްޔާރުވެފައި ވަނިކޮށް، ޔޫސްޓާކިއޯ މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. ޕެނަލްޓީ […]

އަޙްމަދު ވަހީދު
''ފުލުހުން ދެއްވަނީ ވަރުގަދަ ޤައުމީ ޚިދުމަތެއް، ފުލުހުންނާއި ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް''

''ފުލުހުން ދެއްވަނީ ވަރުގަދަ ޤައުމީ ޚިދުމަތެއް، ފުލުހުންނާއި ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް''

ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަރަށް ވަރުގަދަ ޤައުމީ ޚިދުމަތެއް ކަމަށާއި، ފުލުހުންނާއި އެ ބޭފުޅުންގެ ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ދުވަހަކުމެ ޤައުމުގެ ހަމަޖެހުން ދަމަހައްޓައި، ދިވެހި ޤައުމު...

ޝިއުނާ އާދަމް
ރައީސުލްޖުމްހޫރިއްޔާގެ ކުލަ އާއި މެޑަލް 27 ފުލުހަކަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާގެ ކުލަ އާއި މެޑަލް 27 ފުލުހަކަށް އަރުވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްވަންދެން އިހުލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވި 27 ފުލުހަކަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވައިފިއެވެ. މި ޝަރަފުތައް ހަވާލުކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި އަހަރު ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 އޮފިސަރަކަށް ލިބިލެއްވިއިރު، ރައީސުލ...

ޔުމްނާ ޢަލީ
ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިން 20 ފަރާތެއްގެ އަގުވަޒަންކޮށްފި

ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިން 20 ފަރާތެއްގެ އަގުވަޒަންކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ އައްޑަނައާއި ހަނދާނީ ރަން ފިލައާއި ހަނދާނީ ފިލާ މިރޭ ދީފިއެވެ. މި ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ. ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުން ފާހަގަކޮށް، ޖުމްލަ 20 ފަރާތެއްގެ އަގުވަޒަންކޮށްފައިވާއިރު، އޭގެ ތެރޭގައި ބޭރުގެ އެމްބަސީތަކާއި، ދައުލަތުގެ މުއައް...

ޔުމްނާ ޢަލީ
އިންގްލެންޑްގެ ބެކް ޖަރެލް ކުއަންސާ އަށް އަނިޔާވެ ކުޅުމާ ދުރަށް

އިންގްލެންޑްގެ ބެކް ޖަރެލް ކުއަންސާ އަށް އަނިޔާވެ ކުޅުމާ ދުރަށް

ވޯލްޑް ކަޕް 2026 ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕެނަމާއާ ދެކޮޅަށް ކުޅެނިކޮށް، އިންގްލެންޑްގެ ކަނާތު ބެކް ޖަރެލް ކުއަންސާގެ ކަނާތު ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އިންގްލެންޑްގެ ޑިފެންސްލައިނަށް އިތުރު މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ. އިންގްލެންޑުން 2-0 އިން މޮޅުވި މި މެޗަށްފަހު ކޯޗު ތޯމަސް ޓުކެލް ބުނީ، ކުއަންސާގެ ފައިގެ ކުޑަ ހުޅަށްލިބުނީ “ކްލެސިކް އެންކަލް ޓްވިސްޓް” އެއް ކަމަށާއި، އޭނާ އަށް މިހާރު  އައިސް އަޅައިގެން ފައި އެޅޭވަރުވާ ކަމަށެވެ. “އޭނާ އުޅެނީ […]

އަޙްމަދު ވަހީދު
އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭނެ ރިހެބިލިޓޭޝަން ސެންޓަރެއް އަޅަން ފަށަނީ

އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭނެ ރިހެބިލިޓޭޝަން ސެންޓަރެއް އަޅަން ފަށަނީ

އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިޢުލާނު ކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޑްރަގްގެ ފަރުވާ ފޯރުކޮށްދޭ މައިގަނޑު އެއް މަރުކަޒަކީ ކ. ހ...

ޝިއުނާ އާދަމް
މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކަށް ފުރުސަތު ހުޅުވާލައިފި

މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކަށް ފުރުސަތު ހުޅުވާލައިފި

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މަސްވެރިމަކުގެ ދާއިރާއަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ތަމްރީނުތަކަކީ ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކެކެވެ. މި ތަމްރީނު ޕްރ...

ޔުމްނާ ޢަލީ
ސައުދީގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހުން މަރުވެއްޖެ

ސައުދީގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހުން މަރުވެއްޖެ

ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯގެ ހެލިކޮޕްޓަރެއް އާދީއްތަ ދުވަހުގެ ހެނދުނު ވެއްޓި، އޭގައި ދަތުރުކުރި 14 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ 28 ޖޫން 2026 ވީ އާދީއްތަ ދުވަހުގެ ހެނދުނު ރާއްޖޭގަޑިން ގާތްގަނޑަކަށް 6:00 ޖެހި އެހާކަންހާއިރުއެވެ. ސައުދީގެ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި 14 މީހުންނަކީވެސް ސައުދީ އަރަބިއްޔާގެ ރައްޔިތުންނެވެ. މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ...

ނާޒިމާ އަލީ
އެޕާޓްމަންޓެއްގަައި ބަނގުރަލުގެ ވިޔަފާރި ކުރާ ދެ ބިދޭސީން ހައްޔަރުކޮށްފި

އެޕާޓްމަންޓެއްގަައި ބަނގުރަލުގެ ވިޔަފާރި ކުރާ ދެ ބިދޭސީން ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް އެކެއްގެ އެޕާޓްމަންޓެއްގައި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ އަލް ނޫމާން އާއި 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫން އެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ޖޫން މަހުގެ 26 ވަނަ […]

ޝިއުނާ އާދަމް
އުތީމުން ވެސް ދިއްދޫ ޓީމަށް ދައުވަތުދީ ކާމިޔާބީ ފާހަގަކޮށްފި

އުތީމުން ވެސް ދިއްދޫ ޓީމަށް ދައުވަތުދީ ކާމިޔާބީ ފާހަގަކޮށްފި

ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތި ކަމަށްވާ ދިވެހި ޕްރީމިއާ ލީގުން ހއ. ދިއްދޫ ޖާގަ ހޯދުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރުމަށް އެ އަތޮޅު އުތީމުން ދިއްދޫ ޓީމަށް ދިން ދައުވަތާއި ގުޅިގެން ދިއްދޫ ޓީމު މިއަދު އުތީމަށް ޒިޔާރަތްކޮށްފިއެވެ. ދިއްދޫ ޓީމު އުތީމަށް ދިޔުމުމުން އެރަށުން ދިއްދޫ ފުޓްބޯޅަ ޓީމަށް ވަނީ ހޫނު މަރުހަބާއެއްކިޔައި، ވަރަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އުތީމު ރައްޔިތުންގެ ފަރާތުން ދިއްދޫ ޓީމަށް ދިން ހާއްސަ ދައުވަތަކަށް އެ ރަށަށް […]

ޔުމްނާ ޢަލީ
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަހުރޭނާއި ކުވައިތަށް ހަމަލާދީ، މަޝްވަރާތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަހުރޭނާއި ކުވައިތަށް ހަމަލާދީ، މަޝްވަރާތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާއިން އީރާނަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އާދީއްތަ ދުވަހު ބަހުރޭނާއި ކުވައިތަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފިއެވެ. އީރާނުން ވަނީ އެމެރިކާގެ ހަމަލާތައް ކުރިއަށްދާނަމަ، ހަނގުރާމަ ހުއްޓާލުމަށް ކުރިއަށްދާ މަޝްވަރާތައް މުޅިން ހުއްޓާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ސަރަހައްދީ ނުތަނަވަސްކަމާއި ހޯރްމޫޒް ކަނޑުއޮޅި މި ކުރިމަތިލުންތައް އިތުރަށް ގޯސްވެފައިވަނީ އީރާނުގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ކުރާ މަސ...

ނާޒިމާ އަލީ
ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް

ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް

ހދ. ކުރިނބީގައި މަދިރިން ރައްކާތެރިވުމަށްޓަކައި އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުން އިސްނަގައިގެން ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ކުރިނބީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތަކީ އެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ހުކުރު ދުވަހުގެ ހެނދުނު 06:30 އިން 09:00 އަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރަށުގައި މަދިރި އުފެދޭނެ ފަދަ ތަންތަން ނައްތާލައި، ބަލިތަކުން ރައްކާތެރިވުމެވެ. މި މަސައްކަތުގެ ތެރެއިން ރަށުގެ...

ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖަހައި މެސީ އާ ރެކޯޑެއް ގާއިމްކޮށްފި

ވޯލްޑް ކަޕްގެ ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖަހައި މެސީ އާ ރެކޯޑެއް ގާއިމްކޮށްފި

ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުދުންއާ ދެކޮޅަށް ކުޅެ 3-1 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ވަނީ އޭނާގެ ވޯލްޑް ކަޕް ލަނޑުގެ އަދަދު 19 އަށް އިތުރުކޮށް، މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ފިރިހެން ކުޅުންތެރިޔާގެ ރެކޯޑު އިތުރަށް ވަރުގަދަކޮށްފައެވެ. އުމުރުން 39 އަހަރު ފުރުނުތާ ތިން ދުވަސް ފަހުން ކުޅުނު […]

އަޙްމަދު ވަހީދު
އިތުރު ވަގުތުގެ ތެރޭގައި އޮސްޓްރިއާ އާއި އަލްޖީރިއާ އެއްވަރުވެ، ދެވަނަ ބުރަށް

އިތުރު ވަގުތުގެ ތެރޭގައި އޮސްޓްރިއާ އާއި އަލްޖީރިއާ އެއްވަރުވެ، ދެވަނަ ބުރަށް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްޓްރިއާ އާއި އަލްޖީރިއާ ބައްދަލުކުރި ފޯރިގަދަ މެޗު 3-3 އިން އެއްވަރުވެ، ދެ ޓީމުވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ނަތީޖާއާއެކު، އީރާން ވަނީ މުބާރާތުން ކަޓާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތް ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި ރިޔާދު މަހްރޭޒް ވަނީ އަލްޖީރިއާއަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް، މެޗުގެ […]

އަޙްމަދު ވަހީދު
ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، އަދި ފެނުނީ ދެ ކޮންޓޭނަރު

ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، އަދި ފެނުނީ ދެ ކޮންޓޭނަރު

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓުނު ހާދިސާގައި ޖުމްލަ ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓުނުކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓި އޮޔާގޮސްފައިވާކަމަށާއި، މިހާތަނަށް ފެނުނީ ދެ ކޮންޓޭނަރު ކަމަށެވެ. އަދި ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ. މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ […]

ޔުމްނާ ޢަލީ