ފީވަކުން އަނެއްކާވެސް އިތުރު 5 މީހުން ޕޮޒިޓިވްވެއްޖެ
ށ. ފީވަކުން އަނެއްކާވެސް އިތުރު 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ސާމްޕަލް ތަކާއެކު އިއްޔެ އެރަށުން 24 ސާމްޕަލް އެއް ވަނީ ނެގިފައެވެ. އޭގެތެރެއިން 19 ސާމްޕަލް ވަނީ ނެގެޓިވް ވެފައެެވެ. މިދިޔަ ހޯމަ ދުވަހުވެސް އެރަށުން ވަނީ 5 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި ކޭސްތަކާއެކު މިހާތަނަށް ފީވަކުން ކޮވިޑަށް ޕޮޒިޓިވްވެފައި ތިބި ފަރާތްތަކުގެ އަދަދު 103 އަށް ވަނީ އަރާފައެވެ. އަދި ބަލިޖެހުނު ފަރާތްތަކުގެ […]