މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1596 ވަނަ ޞަފްޙާ

އިހަވަންދޫ ބިން ހިއްކާ ސައިޓުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ

އިހަވަންދޫ ބިން ހިއްކާ ސައިޓުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓުގައި ދުވަހު މުސާރައަށް މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ބޭނުންވަނީ ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުރި މީހުން ކަމަށެވެ. އެގޮތުން 4 މަގާމަކަށް މީހުން ހޯދަން ވަނީ އިއުލާން ކޮށްފައެވެ. އެމްޓީސީސީން ހޯދަނީ ދުވަހު މުސާރައަށް މަސައްކަތް ކުރާނެ ލޭބަރުންނާއި މޭސަނުންނާއި ކާޕެން...

އަޙްމަދު ވަހީދު
ޖަޕާނުގައި އޮތް ޕެނަމާގެ ބޯޓެއް ދެބުރި ވެއްޖެ

ޖަޕާނުގައި އޮތް ޕެނަމާގެ ބޯޓެއް ދެބުރި ވެއްޖެ

ޖަޕާނު ސަރަހައްދުގައި އޮތް ޕެނަމާގެ ކޮންޓެއިނާ ބޯޓެއް ދެބުރިވެ އަޑިއަށް ދާން ފަށައިފިއެވެ. ޓޯކްޔޯގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި ބޯޓު ދެބުރި ވުމުން އެ ސަރަހައްދުގެ މޫދަށްވަނީ ތެޔޮ ލީކުވާން ފަށާފައެވެ. ނަމަވެސް މި ހާދިސާގައި ހިނގި އިރު އެބޯޓުގައި ތިބީ 21 ފަޅުވެރިންނެވެ. އެއްވެސް ފަޅުވެރިއަކަށް އަނިޔާ ނުވާ ކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ. ބޯޓުން ތެޔޮ ލީކުވިނަމަވެސް ތެޔޮ ލީކުވުން ވަނީ މިހާރު ކޮންޓްރޯލް ކޮށްފައެވެ. ތެޔޮ ފެތުރިފައި ވަނީ 51 ކިލޯމީޓަރުގެ ރޭޑިއަސް އަކަށެވެ. “ކްރިމްސަން ޕޮލަރި...

އަޙްމަދު ވަހީދު
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒަހާ އައްޔަނު ކުރައްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒަހާ އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް ކުރީގެ ފީޝަރީޒް މިނިސްޓަރު، ޒަހާ ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޒަހާ ވަޙީދު މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ޒަހާ ވަނީ މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމް ފުރުއްވާފައެވެ. ޒަހާ އެ މަގާމުން އިސްތިއުފާދެއްވީ ވެރިކަންކުރާ ކޯލ...

ޔުމްނާ ޢަލީ
"ކޮވިޑް ސޭފް" ގެެ ނަމުގައި ވެކްސިން ޖެހިކަމުގެ ޑިޖިޓަލް ޕާސްޕޯޓެއް ތަޢާރަފް ކޮށްފި

"ކޮވިޑް ސޭފް" ގެެ ނަމުގައި ވެކްސިން ޖެހިކަމުގެ ޑިޖިޓަލް ޕާސްޕޯޓެއް ތަޢާރަފް ކޮށްފި

“ކޮވިޑް ސޭފް” ގެ ނަމުގައި ކޮވިޑް-19 އިން ރައްކާތެރި ވުމަށް ވެކްސިން ޖެހިކަމުގެ ޕާސްޕޯޓެއް ތަޢާރަފް ކޮށްފި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަލަށް ތަޢާރަފް ކުރި މި ޑިޖިޓަލް ޕާސްޕޯޓަކީ ހެލްތް މިނިސްޓްރީގެ ފަރާތުން ރަސްމީކޮށް ރާއްޖޭގައި ބޭނުންކުރުމަށް ހަމަޖައްސާފައިވާ ވެކްސިން ޕާސްޕޯޓެވެ. މި  ޕާސްޕޯޓުގައި އެޗްޕީއޭގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށަށް އެރުމާއި ތަންތަނަށް ވަނުމަށް މީގެ ކުރިން ނަގަ...

އަޙްމަދު އަރުޝަމް
ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓު މޮބިލައިޒް ކޮށްފި

ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓު މޮބިލައިޒް ކޮށްފި

ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ސައިޓު މޮބިލައިޒްކޮށްފިއެވެ. މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 186.6 މިލިއަން ރުފިޔާގެ މަޝް...

އަޙްމަދު ވަހީދު
އާ ސީޕްލޭން ޓާމިނަލް ދިވެހި ސަރުކާރާއި ހަވާލުކޮށްފި

އާ ސީޕްލޭން ޓާމިނަލް ދިވެހި ސަރުކާރާއި ހަވާލުކޮށްފި

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ހުޅުލޭގައި ތަރައްގީ ކުރި އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފިއެވެ. ބީޔޫސީޖީއާ ހަވާލާދީ ޗައިނާގެ ޒިންހުއާ ނޫހުގައި ބުނެފައިވާ ގޮތުގައި ޓާމިނަލް މިހާރުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އާ ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން ބީޔޫސީޖީގެ ޕްރޮޖެކްޓު ޑިރެކްޓަރު ޒެން ފެންލިން ވިދާޅުވީ އާ ޓާމިނަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ރަނގަޅުވެ އިގްތިސާދަށް ބޫސްޓެއް އަންނާނެ ކަމަށެވެ...

އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހދ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހދ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓު ޚިދުމަތް އަލުން ފަށައިފި އެވެ. އެކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ޖުލައި މަހުގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހދ. ކުޅުދުއްފުށި ސިޓީ މޮނިޓަރިން އަށް ލުމާއި ގުޅިގެން ހުއްޓިފައި އޮތް ޓްރާންސްޕޯޓު ޚިދުމަތްތައް، އެރަށް މޮނިޓަރިންގ އިން އުވާލުމައި ގުޅިގެން މިއަދުން ފެށިގެން އެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށެވެ. ފްލޫ ކްލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި […]

އަޙްމަދު އަރުޝަމް
ސްޕޭސް ސޫޓުތައް ލަސްވެ 2024ގައި ހަނދަށް ދެވޭނެކަމާމެދު ސުވާލު އުފެއްދިއްޖެ

ސްޕޭސް ސޫޓުތައް ލަސްވެ 2024ގައި ހަނދަށް ދެވޭނެކަމާމެދު ސުވާލު އުފެއްދިއްޖެ

ޖައްވުގައި އެސްޓްރޮނޮޓުން ލައިގެން ތިބޭ ސްޕޭސް ސޫޓުތައް ނިމޭ ކަމަށް ލަފާ ކުރި ތާރީހަށްވުރެ ލަސްވުމުން 2024ގައި ނާސާއިން ހަނދަށް ދާން ކުރި ޕްލޭން ފެއިލް ވެދާނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ. ނާސާއިން ހެދި އޮޑިޓުގައި ދައްކާގޮތުގައި ސްޕޭސް ސޫޓުތައް ނިމޭނެ ކަމަށް ލަފާ ކުރި ތާރީހަށްވުރެ 2 އަހަރު އިތުރަށް ނަގާނެއެވެ. އެހެންކަމުން އެންމެ އަވަސްވެގެން ވެސް މި ސޫޓުތައް ނިމޭނީ 2025ގައި ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ނާސާއިން މިހާރުވެސް އިންޓަނޭޝަނަލް […]

އަޙްމަދު ވަހީދު
ފަޟީލް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބު

ފަޟީލް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބު

ހއ. ދިއްދޫ ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މިއަދު ކުރެވުނު އޮޕަރޭޝަން ކާމިޔާބު ކަމުގައި، ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ރަށު ޖަމްޢިއްޔާއެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފިއެވެ. އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި ފަޟީލްގެ ހާލުވެސް އަދި ކިޑްނީ ހަދިޔާކުރި އޭނާގެ ބޭބެގެ ހާލުވެސް ރަނގަޅެވެ. ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އިންޑިއާގެ މިއޮޓް ހޮސްޕިޓަ...

އިބްރާހިމް ޚަލީލް
9،000 ލީޓަރުގެ ބަނގުއާވި ނައްތާލައިފި

9،000 ލީޓަރުގެ ބަނގުއާވި ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 9،000 ލީޓަރުގެ ބަނގުއާވި ބަނގުއާވިތަކެއް ނައްތާލައިފިއެވެ. އެތަކެތި ނައްތާލާފައިވަނީ އިއްޔެ ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައިކަމަށް ކަސްޓަމްއިން މަޢުލޫމާތު ދެއްވަ އެވެ. “ނައްތާލާފައިވަނީ 300 ކެގުގެ ބަނގުއާވި، އެއީ ޖުމްލަ 9،000 ލީޓަރުގެ ބަނގުއާވި” ކަސްޓަމްސްއިން ބުނެފައިވެއެވެ. އެ ތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 މާއްދާގެ ދަށުން ބޮންޑަޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި އެވެ. މިލޯގޯ ފާސްކޮށްފައިވަނީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާގަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިޖަލްސާގައި ލޯގޯގެ އިތުރުން ކައުންސިލްގެ ރަސްމީ ކުލަވެސް ފާސްކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ރަސްމީ ކުލައިގެ ގޮތުގައި ފާސްކޮށްފައިވަނީ ގޯލްޑް އާއި ނޭވީ ބުލޫ އެވެ. އެކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ލޯގޯއިން ރަމްޒުކޮށް ދެނީ ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ މާލިމީންގެ ރަށެއް ކަމ...

އިބްރާހިމް އަސްވާޤް
ދިއްދޫ އަންހެނުންގެ ކޮމިޓީން އެރަށު ޕްރީ ސްކޫލަށް ކާޕެޓް ހަދިޔާ ކޮށްފި

ދިއްދޫ އަންހެނުންގެ ކޮމިޓީން އެރަށު ޕްރީ ސްކޫލަށް ކާޕެޓް ހަދިޔާ ކޮށްފި

ހއ. ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީން އެރަށު ޕްރީސުކޫލަށް ސިންތެޓިކް ކާޕެޓް ހަދިޔާ ކޮށްފި އެވެ. ދިއްދޫ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޣާޒީ މުޙައްމަދު ޕްރީސުކޫލުގެ އެދިލެއްވުމުގެ މަތިން އިއްޔެ ވަނީ އެ ސްކޫލުގެ ކޮންމެ ކްލާހަކަށް 6 ފޫޓޫ 6 ފޫޓުގެ ކާޕެޓް ހަދިޔާކޮށްދީފައެވެ. އެރަށު އ.ތ.މ ކޮމިޓީގެ ރައީސް އާމިނަތު ނަހުލާ “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމަކީ އެ ކޮމިޓީގެ އެދިލެއްވުމުގެ މަތިން ސްކޫލާއެކު ބޭއްވި […]

އަޙްމަދު އަރުޝަމް
ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. މިއަދު ފަތިހު 04:30 ހާއިރު ފުރައިގެން ދަތުރުކުރި ބޯޓު ބަނޑުން ޖަހާލައިފާ ވަނީ މިއަދު ހެނދުނު 10:30 ހާއިރުކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވިއެވެ. މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު މެންދުރު 14:48 ގައި ކަމަށާއި އެވަގުތުން ފެށިގެން ދޯންޏާއި ފަޅުވެރިން ސަލާމަތް ކުރަން ކޯސްޓް ގާޑު ހަރަކާތް ތެރިވެފައިވާކަމަށް މީޑިއާތަކަށް […]

އަޙްމަދު އަރުޝަމް
12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެކްސިން ދޭން ފަށަނީ

12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެކްސިން ދޭން ފަށަނީ

ރާއްޖޭގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ކޮވިޑް-19 އިން ރައްކާތެރިވުނަށް ދެވޭ ވެކްސިން ދޭން ފަށަން ސަރުކާރުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގެ 12 އަހަރުން މަތީގެ އެންމެންނަށް ދެވޭވަރަށް މިހާރު ވެކްސިން ގެނެސްފައިވާކަމަށާއި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ފައިޒާ ވެކްސިން ދޭން ފެށޭނެ ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު […]

އަޙްމަދު އަރުޝަމް
ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓު ޚިދުމަތް އަލުން ފަށައިފި އެވެ. އެކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ޖުލައި މަހުގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހއ. ދިއްދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން ހުއްޓިފައި އޮތް ޓްރާންސްޕޯޓު ޚިދުމަތްތައް، އެރަށް މޮނިޓަރިންގ އިން އުވާލުމައި ގުޅިގެން މިއަދުން ފެށިގެން އެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި ޕޭޝެންޓެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު […]

އަޙްމަދު އަރުޝަމް
ކޭއާރުއެޗް ބޮޑުކޮށް މަރާމާތުކުރުމުގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ

ކޭއާރުއެޗް ބޮޑުކޮށް މަރާމާތުކުރުމުގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލު ބޮޑުކޮށް މަރާމާތުކުރުމުގެ 67 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ހިނގާ ސަރަހައްދުގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ލެބޯޓްރީއަކާއި ވާރޑް އިމާރާތެއް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެއެވެ. ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 67 ޕަސެންޓް ނިމިއްޖެ. މި މަޝްރ...

އަޙްމަދު ވަހީދު
ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި

ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި

ހއ.ފިއްލަދޫގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެއް ކަމުގައިވާ ދައްޕަރަށް ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ. މިކަން އަންމު ކުރުމުގެ ގޮތުން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/7 ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ، ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ އުސޫލުގެ ދަށުން، 18 މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އ...

އިބްރާހިމް ޚަލީލް
އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރެއް ނެތް: ރައީސް

އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރެއް ނެތް: ރައީސް

އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރު މޫލަމުންދާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލައަކީ މުޅި ރާއްޖޭގައި ފެތުރެމުންދާ އެއްޗެއް ކަމަށެވެ. އެހެންވެ ކޮންމެ ތަނެއްގައިވެސް އެ މައްސަލަ ދިމާވުން އެކަށީގެންވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަކު ވަކިން ހާއްސަކޮށް އެމްޑީޕީ ތެރޭގައި އެ ފިކުރު މޫލަމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް...

ޝިއުނާ އާދަމް