މެދުކެނޑުމަކަށް ފަހު ހަނިމާދޫގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ
މެދުކެނޑުމަކަށް ފަހު ހަނިމާދޫ ސްކޫލުގައި އަނެއްކާވެސް އޭލެވެލްއަށް ކިޔަވައިދިނުން ފެށުމަށްޓަކައި ދަރިވަރުން ހޯދުމަށް އެ ސްކޫލުން އިޢުލާން ކޮށްފިއެވެ. އެކަށީގެންވާވަރަށް ދަރިވަރުން ލިބިއްޖެނަމަ އެ ސްކޫލުގައި އޭލެވެލްގެ ދެ ސްޓްރީމެއް ކިޔަވައިދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ދެ ސްޓްރީމަކީ ސައިންސް ސްޓްރީމާއި ބިޒްނަސް ސްޓްރީމެވެ. ސައިންސް ސްޓްރީމަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ހުންނަންވާނޭ ޝަރުތުތައް ގޮތުގައި ހިމަނާފައި ވަނީ އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައި ވުމާއެކު ޖީ....