ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެ
ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެއެވެ. ލަންކާގައި މިވަގުތު ކޯވިޑް ބަލި ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ބަލީގެ ހާލަތު ގޯސްވުމުގެ ސަބަބުން މިވަގުތު އެ ޤައުމު އޮތީވެސް ފުރަބަނދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މީޑިއާއަށް ވިދާޅުވީ، ލަންކާގައި ކޮވިޑްގައި ދިވެއްސަކު ނިޔާވުމާއި ގުޅިގެން އާއިލާއަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ފޯރު...