ހއ. ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް ވަދެއްޖެއެވެ. ދިއްދޫ ހުޅަނގު ފަރާތުން އަލަށް ހިއްކި ސަރައްދުގެ ފަޅަށް ވަތް މި ރާގޮނޑި އައިން ބައްދާލައި، ގިނަ އަދަދެއްގެ ރާގޮނޑި ވަނީ ހިފާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ އެ ރާގޮނޑި އައިނުން ހިފުނު ރާގޮނޑީގެ ޖުމްލަ 9054 އަށް އަރާ ކަމަށެވެ. “ހެނދުނު 11 ޖެހީއްސުރެ މިކަމުގައި ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ އެ އުޅުނީ، މިހާރު ހިފުނު ރާގޮނޑިތައް ގޭބިސީތަކަށް […]
ޙުސައިން ޝަހުދީ
ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރޭ ފަށާފައިވާއިރު، އެ ހިދުމަތާއެކު އެ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތަށް ރަނގަޅު ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމުގައިދެކިވަޑައިގަންނަވާ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެ...
ޝިއުނާ އާދަމް
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ “މިނިވަންކަމުގެ ހިނގާލުން” އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދަން އެ ކޯލިޝަނުން ނިންމައިފިއެވެ. އިދިކިޅޮ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްއިން މިއަދު ބުނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ފަސް ކުރެވުނު “މިނިވަންކަމުގެ ހިނގާލުން” 12 ނޮވެމްބަރު 2021 ވާ ހުކުރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ. މި ހިނގާލުން ފެށޭނީ، މާލޭ ސިޓީގެ ޕީޕީއެމް އޮފީސް ކުރިމަތިން ހުކުރުދުވަހުގެ 15:45 ގައި ކަމަށް އެ ޕީޕީއެމުން ވަނީ ބުނެފައެވެ. އިއްޔެ ހަވީރު […]
އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ކުޅުއްފުށީ ސިޓީގެ މޭޔަރާއި، އެ ކައުންސިލްގެ މެމްބަރުންނާއި، އެ ސިޓީގައ ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނ...
ޔުމްނާ ޢަލީ
ހއ. އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި އެވެ. އުތީމު ކައުންސިލުން ބުނީ، ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ ލަފާގެމަތިން، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބޭފުޅުންނާއި އުތީމު ކައުންސިލް އަދި އުތީމު ޕޮލިސް ޑެސްކްގެ އެހީތެރިކަމާއި އެކު ރައްކާތެރިކަމާއި އެކު ވަޅު އެސަރަހައްދުން ނަގާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށުގައި ރައްކާތެރި ކުރެވިފައިވާ ކަމަށެވެ. މިކަމުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް އުތީމު ކައުންސިލުންވަނީ ޝުކުރު ދަނ...
އިބްރާހިމް އަސްވާޤް
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ސުނާމީ އާއި މެދު ހޭލުންތެރިކަން އިތުރުކުރާ ދުވަހެވެ. 2021 ވަނަ އަހަރުގެ ސުނާމީ އަށް ހޭލުންތެރި ކުރުވާ ދުވަހުގެ އެންމެ ބޮޑު ޝިޢާރެއްގެ ގޮތުގައި ޔޫއެންއިން ކަނޑައަޅާފައިވަނީ ޤައުމީ، އިޖްތިމާޢީ އަދި ޢާންމު ފަރުދުންގެ މެދުގައި މިފަދަ ބޮޑެތި ކާރިސާ ތަކުން ސަލާމަތްވެވޭނޭ ގޮތްތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުވުމެވެ. ޔޫއެންއިން ލަފާ ކުރާ ގޮތުގައި، 2030 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުންދާނީ […]
ތިލަދުން
އުރީދޫ މޯލްޑިވްސްގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދޭން ފަށައިފިއެވެ. މި ހިދުމަތް ދޭން ފަށައި އުރީދޫ އިން ވަނީ ހާއްސަ އޮފާތަކެއް ވެސް ތައާރަފު ކޮށްފައެވެ. އެގޮތުން އުރީދޫ ސުޕަރނެޓް ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރާ އެކު އިންސްޓޯލްމަންޓް ޗާޖުތައް ވެސް ހިލޭ ލިބޭނެއެވެ. މީގެ އިތުރުން ސުޕަރނެޓްގެ ހައިސްޕީޑް އިންޓަނެޓާއި ސުޕަރނެޓްގެ ޚިދުމަތަށް އެދޭ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މުޅިން ހިލޭ ލޭންޑްލައިން ފޯނެއް ވެސް ލިބޭނެއެވެ. މި އޮފާގެ ދަށުން […]
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އަޅާފައިވާ ފުޓްޝަލް ދަނޑު ރަސްމީކޮށް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިދަނޑު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެވެ. މި ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. މި މެޗްގައި މިނިސްޓަރު އިމްރާންގެ އިތުރުން، ސީޕީ ހަމީދު ވެސް ކުޅުއްވިއެވެ. ހޯމް މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދު މިހާރު އުތުރުގެ ބައެއް ރަށްރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ […]
ޔުމްނާ ޢަލީ
ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯހެއް ހިންގަން ނިންމައިފިއެވެ. މިއީ ފީވަކު ކަނބަލުންނަށް ޚާއްޞަކޮށްގެން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައިވާ ދެ ކޯހެވެ. މި ދެ ކޯސް ވެސް މި މަހުގެ ފެށުމަށް ނިންމާފައިވާއިރު، މި ކޯސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ 5 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ. މި ދެ ކޯހުގައިވެސް ބޭނުންކުރާނެ ތަކެތި ކޯސްހިންގާފަރާތުން ފޯރުކޮށްދޭނ...
ޙުސައިން ޝަހުދީ
ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓެއް ހދ. ނޭކުރަންދޫ އާއި ހދ. ކުމުންދޫގައި އެޅުމަށް ހަވާލުކޮށްފި އެވެ. މިރަސްމިއްޔާތު އޮތީ އިއްޔެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގަ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އަޙްމަދު މަޙްލޫފުގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރ ވަނީ ބައިވެރިވެފަ އެވެ. ޔޫތު މިނިސްޓްރީން އެމަސައްކަތް ހަވާލު ކުރެވުނު ފަރާތާއި އެކު ކޮންޓްރެކްޓްގައިވަނީ ސޮއިކުރެވިފައެވެ. 25 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓް...
އިބްރާހިމް އަސްވާޤް
ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް އަބަދުވެސް ފާމަސީތަކުން ލިބެން ހުންނަންޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީއިން ފާމަސީތަކަށް އަންގައިފިއެވެ. މިގޮތުން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ، ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި ރައްޔިތުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ. ނަމަވެސް ރައްޔި...
ޙުސައިން ޝަހުދީ
މާ ކަނޑުގައި މިޔަރުގެ އެކި ބާވަތްތައް ދިރިއުޅޭއިރު، ބައެއް ބާވަތްތަކުގެ މިޔަރަކީ އިންސާނުންގެ ގައިގާ ދަތްއަޅާ ނުވަތަ އިންސާނުންނަށް ހަމަލާދޭ މިޔަރެވެ. އެ ބާވަތްތަކުގެ މިޔަރުގެ ތެރެއިން އިންސާނުންނަށް އެންމެ ގިނައިން ހަމަލާދެނީ “ގްރޭޓް ވައިޓް ޝާކް” ކަމުގައި ދިރާސާކުރާ މީހުން ބުނެއެވެ. “ގްރޭޓް ވައިޓް ޝާކް”އަށް ދިވެހިން ކިޔާނަން ދެނެގަތުމަށް ކުރެވުނު މަސައްކަތުން އެންމެ ގިނަ މީހުން ބުރަވާގޮތުގައި އެއީ ވޮށި މަސް މިޔަރެވެ. ބައެއް މީހުން އެއީ އޮއިވާލި މިޔަރުކަމަށް ވެސް ބުނެތެވެ. މިތާގައި މިގެނެސްދެނީ...
އަޒްފާ ރަޝީދު
ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ. މި ފިލައަކީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންގެ ފަރާތުން ޙުސައިން އާދަމްގެ އާއިލާއަށް އެރުވި ހަނދާނީ ފިލައެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ފިލައަކީ، ކުޅުދުއްފުށީ، މާވާގެ، ޝަހީދު ޙުސައިން އާދަމް ދިވެހިރާއްޖޭގެ ދިފާޢުގައި ވެވަޑައިގަތް ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއ...
ޔުމްނާ ޢަލީ
ހދ.ހަނިމާދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގައި ދަނޑުވެރިކަމުގެ ކޯހެއް ހިންގަން ނިންމައި ބައިވެރިން ހޯދަން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން 02 ނޮވެމްބަރ 2021 ވީ އަންގާރަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހަނިމާދޫގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަން ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެ ކައުންސިލާއި އެ ރަށުގައި ހުންނަ އެގްރިކަލްޗަރ ސެންޓަރ ގުޅިގެން ދަނޑުވެރިކަމުގެ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހިނގާ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހު...
އިބްރާހިމް ޚަލީލް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓުގެ ދަށުން، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުންހިނގާ ޕްރޮޖެކްޓްތަކުގެ ގޮތުގައި އަލަށް ގިނަ ކަންތައްތަކެއް ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. އަދި ޕީއެސްއައިޕީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރުން އަންނަނީ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. ޕީއެސްއައިޕީ އަކީ ދައުލަތުން ހިނގާ އުމްރާނީ...
ޖަލްވާން ޖާދުﷲ
މި ހަފުތާ ބަންދުގައި އުރީދޫ އިން 1500ރ. ގެ ވައުޗަރެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން އޯބިއޯން ފިހާރައަށް ޒިޔާރަތް ކޮށް އެތަނުން އެމީހަކަށް އެންމެ ކަމުދާ ޕްރޮޑަކްޓެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާ ކުރާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ. މި ފޮޓޯ ޝެއާ ކުރާއިރު ހޭޝްޓެގް އުރީދޫ ވީކެންޑް ޖަހައި އޯބިއޯން ޓެގް ކުރަން ޖެހޭނެއެވެ. މިގޮތަށް ޝެއާ ކުރާ ހުރިހާ ޕޯސްޓެއް ވެސް ވާން ޖެހޭނީ ޕަބްލިކް […]
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު ސާފު ފައިދާ އިތުރުވެއްޖެއެވެ. އެ ކުންފުނީގެ ތިންވަނަ ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 109.5 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިއަހަރު ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 11 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 97.6 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނީ […]
އަޙްމަދު ވަހީދު
ކޮވިޑް 19 އާއި އެކު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިކަން ހީނަރުވި ނަމަވެސް، އަޑިގަނޑުން އަރައިގަނެ ކުރިއަށްދާއިރު، ޗައިނާއަށް އަދިވެސް އެ އަޑިގަނޑުން އަރައިނުގަނެވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެންމެ ގިނައިން ދަތުރުކުރާ ޗައިނާ މީހުން ކޮވިޑްގެ ސަބަބުން ދަތުރުނުކުރެވިފައި ތިބި އިރު ޗައިނާއަށް އޮޕަރޭޓްކުރަނީވެސް ކުރި އައި އަޅާބަލާއިރު 2 އިންސައްތަ ފްލައިޓްތަކެވެ. މީގެ ސަބަބުން ޗައިނާގެ ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ހިސާބުތަކުގެ ފަތުރުވެރިކަމަށް އަހަރެއްގެ މައްޗަށް 225 ބިލިއަން އެމ...
އަޒްފާ ރަޝީދު