އެޑްވާންސްޑް ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސްގެ ތަފާތު 7 ދާއިރާއެއް ހިމެނޭގޮތަށް މެޕްސް ކޮލެޖްގެ ޖެނުއަރީ/ފެބްރުއަރީ 2022ގެ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފިއެވެ. އޭގެތެރޭގައި ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، މާރކެޓިންގ މެނޭޖްމެންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވެލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭނ...
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން 2022 ވަނަ އަހަރު ފެބްރުއަރީގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ވިދާޅުވެއްޖެއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށް މަޖިލީހުން މިއަދު އީސީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ބައި އިލެކްޝަން މިފެށޭ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން […]
ޝިއުނާ އާދަމް
ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މި މަޝްރޫއު ނިންމާލާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ ގިރާ ސަރަހައްދަށް 8،100 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 8.9 މިލިއަން ރުފިގެ މަޝްރޫއެކެވެ. ގޮނޑުދޮށް […]
އަޙްމަދު ވަހީދު
ކޯވިޑް-19 ބަލީގައި ހއ. ދިއްދޫއިން މީހަކު ނިޔާވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އެރަށުން މިއަދު ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ކަަރަންޓީނުގައި ހުރި މީހެއްކަމަށް ވެސް ވިދާޅުވިއެވެ. މިއަދު ހެނދުނު 10:30 ހާއިރު އެރަށުން ނިޔާވެފައި ވަނީ، 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. “ކުރިންވެސް ބަލިކޮށް އުޅުނު މީހެއް ނިޔާވީ” ރަޝީދު ވިދާޅުވިއެވެ. އެރަށުން ވަނީ މިއަހަރުގެ މެއި 15 ވަނަ ދުވަހު ވެސް މީހަކު ނިޔާވެފައެވެ. […]
ޙުސައިން ޝަހުދީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދޭ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. “އީޔޫ ސަޕޯޓް ފޯ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް”ގެ ދަށުން އީޔޫ އިން ދޒެ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިއަދުއެވެ. އީޔޫއިން ވަނީ ރާއްޖެ އަށް ދެ މިލިއަން ޔޫރޯ ގެ ހިލޭ އެހީ ދޭން ނިންމައިފައެވެ. މީގެ ތެރެއިން […]
އަޙްމަދު ވަހީދު
ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ އިތުރު 4 ކޭހެއް ރާއްޖެއިން ފެނިއްޖެއެވެ. އެކަން ހާމަކުރަށްވާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޮމިކްރޯން އަށް ޕޮޒިޓިވް އިތުރު ހަތަރު ކޭހެއް ރާއްޖެއިން ފެނިފައިވާ ކަމަށެވެ. ޕޮޒިޓިވް ކޭސްތައް ފެނިފައިވާ މީހުންނަކީ ރާއްޖޭން ބޭރުން އައި މީހުން ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އަދި...
ޔުމްނާ ޢަލީ
ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކް، ބަންގަލދޭޝް ބޭންކް އިން ރާއްޖެއަށް 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ނިންމައިފިއެވެ. ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލޯނު ދޭން ނިންމީ މިދިޔަ މާޗު މަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެހީއަށް އެދިވަގަޑައިގަތުމުން ކަމަށެވެ. އެމަނިކުފާނު މި އެހީއަށް އެދިވަޑައިގަތީ އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ވަނީ ބުނެފައެވެ. މި ލޯން ދޭނެ ކަން އިއުލާން ކުރީ އިއްޔެ ބަންގްލަދޭޝްގެ […]
އަޙްމަދު ވަހީދު
ބ. ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ނިންމާލީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ނެރު ފުންކުރުމާއި، 130 މީޓަރު ބޭރުތޮށިލުމާއި، 214 މީޓަރު އެއްގަމު ތޮށިލުމާއި 317 މީޓަރުގެ ރިވެޓްްމެންޓް ޖެހުމާއި، ބަނދަރު ސަރަހައްދުގަ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، އަލްމަރުހޫމް ޙުސައިން ވަޙީދަކީ، ދާއިރާގެ ތަރައްގީގެ މޭސްތިރިކަމަށާއި، އަދި ފޯކައިދޫ ގެ ތަރައްޤީގެ ބާނީކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހުސެން ނިސްބަތްވެ ވަޑައިގަންނަވަނީ ފޯކައިދޫއަށެވެ. މެންބަރު ޙުސައިން ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ 1:24 ހާއިރު އަވަހާރަވެފައެވެ. އޭނާގެ ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ. އޭގެކުރިން ގިނަ ދު...
ޙުސައިން ޝަހުދީ
ބެސްޓްބަޑީ މެދުވެރިކޮށް ޗައިނާއިން މުދާ ގެނައުމުގެ ފުރުސަތު ބެސްޓްބަޑީ މެދުވެރިކޮށް ޗައިނާއިން މުދާ ގެނައުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނީ މި ފުރުސަތުގެ ދަށުން ވިޔަފާރި ބޭނުމަށާއި އަމިއްލަ ބޭނުންތަކަށް ކަސްޓަމަރު ބޭނުންވާ ކޮންމެ މުދަލެއްވެސް ގެނެސްދޭނެ ކަމަށެވެ. މިގޮތަށް މުދާ ގެނެސްދޭނީ މާލެ ޕޯޓަށާއި ކުޅުދުއްފުށީ ޕޯޓަށެވެ. ބެސްޓްބަޑީ މެދުވެރިކޮށް މުދާ ގެންނަ ފަރާތްތަކުން ދައްކަން ޖެހޭނީ އޯޝަން ފްރެއިޓެވެ. އެއީ 1 ސީބީއެމް އަށް އެންމެ 320 ޑޮލަރެވެ. 1 ސީ.ބީ.އެމް އަކީ […]
އަޙްމަދު ވަހީދު
ކޯވިޑްގެ އާ ވޭރިއަންޓް، އޮމިކްރޮންއާ ގުޅިގެން ޔޫކޭގެ ރެޑް ލިސްޓަށް ލި 11 ގައުމު އަލުން އެ ލިސްޓުން އުނި ކުރަން އެ ގައުމުން ނިންމައިފިއެވެ. އޮމިކްރޮންއާ ގުޅިގެން ޔޫލޭގެ ރެޑް ލިސްޓަށް ލީ އެންގޯލާ އާއި ބޮޓްސްވާނާ އާއި އެސްވަޓީނީ އާއި ލެސޯތޯ އާއި މަލާވީ އާއި މޮޒަންބީކާއި ނަމީބިއާ އާއި ނައިޖީރިއާ އާއި ދެކުނު އެފްރިކާ އާއި ޒަމްބިއާ އަދި ޒިމްބާބުވޭއެވެ. މި ގައުމުތައް ރެޑް ލިސްޓަށް ލީ މިދިޔަ ނޮވެމްބަރު މަހުއެވެ. މި […]
އަޙްމަދު ވަހީދު
ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެއިންޓަރނެންސް އެއް ކުރިއަށްދާތީ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ ކަަމަށް ބުނެފިއެވެ. އަހަރެންގެ ބޭންކް ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 02:30 ން 03:30ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭގެ، ޔޫއެސްޑީ ބުކިިންގ ޕޮޓަލް އަދި މޮބައިލް ޕޭގެ ހިދުމަތަށް 30 ވަރަކަށް މިނެޓަށް ބުރޫ އަރާނެ ކަމަށެވެ. މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެނެންސް މަސައްކަތެއް […]
އިބްރާހިމް އަސްވާޤް
ކޯވިޑް-19ގެ ވެކްސިންގެ ފުރިހަމަ ކޮށްގެން ކަރަންޓީން ނުވެ ސިންގަޕޫރަށް ދެވޭ ގޮތް ހަދައިފިއެވެ. މި ދަތުރުތައް ކުރެޗޭ ގޮތް ހަދައި ވެކްސިނޭޓެޑް ޓްރެވަލް ލޭނެއްގެ އެއްބަސްވުމެއް މިއަދު ވަނީ ވެފައެވެ. މި އެއްބަސްވުން ހަދާފައިވަނީ މިއަދު ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުވުމަށްފަޖު ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ ވެކްސިންގެ ދެ ޑޯޒް...
އަޙްމަދު ވަހީދު
ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ދައުރުގައި ހއ. ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމުކޮށް ދެއްވިކަަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާއި، އެއީ އިތުރުފުޅެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހޯރަފުށީ ކައުންސިލްގެ ހަތް މެންބަރުން ސޮއިކުރަށްވާ މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މިހިނގާ ޑިސެމްބަރ 10 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި “ކޮތަރު ކޮށި” ޖަލްސާގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް، އެމަނިކުފާނުގެ ވެރިކަމުގައި ހޯރަފުށީގައި އައ...
އަލީ އާދިލް
ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅި ހދ. އަތޮޅުގެ ރަށްތައް އެ އަތޮޅު ކައުންސިލުން ޢިއުލާންކޮށްފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107-2 ގެ (ހ) ގައިވާ ގޮތުގެމަތިން އަލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމާ ޙަވާލުވާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް އަތޮޅު ކައުންސިލަށް […...
ޝިއުނާ އާދަމް
ބ. އަތޮޅުގައި ހިންގަމުން އަންނަ ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާން ރޯވެފައިވަނީ މޫދުގައި އިމާރާތްކޮށްފައިވާ “ލަގޫން ބާ” ގަ އެވެ. އެރަށުގައި މަސައްކަތް ކުރަމުން އަންނަ މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ލަގޫން ބާ އެކީ އަނދާ ހުލިވެފައިވާ ކަމަށެވެ. އަލިފާން ނިންވުމަށް އެރިސޯޓުގެ ސެކިއުރިޓީ އާއި ފަޔާ އެންޑް ރެސްކިއު ޓީމް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އަލިފާން ގަނޑު ކޮންޓްރޯލް ނުވެ އެކީ އަނދާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ […]
އިބްރާހިމް އަސްވާޤް
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މޭ 6 ވަނަ ދުވަހުގެ ރޭ ވަނީ ބޮމެއް ގޮއްވާލާފައެވެ. މި ހާދިސާއާ […]
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު ޖަނާޒާ ބާއްވައިފިއެވެ. ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދު މެންދު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ އާސަހާރާގައެވެ. ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދުގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، ޖަނާޒާގައި ވެސް ވަނީ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައެވެ. ހުސައިންގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރަ...
ޙުސައިން ޝަހުދީ