މިއަހަރުގެ ރޯދަ މަހަށް ކަރާ ހެއްދުމަށް އއ. ތޮއްޑޫ އިން ދެ ލައްކަ އަކަމީޓަރުގެ ބިން ދޫކޮށްފިއެވެ. ތޮއްޑޫ ކައުންސިލުން އާއްމުކޮށްފައިވާ ގޮތުން ކަރާ ހައްދަން މިފަހަރު 193،610 އަކަމީޓަރުގެ 116 ބިން ވަނީ ދޫކޮށްފައެވެ. އަދި އިތުރު 27،537 އަކަމީޓަރުގެ 26 ބިން ނީލަމުގައި ވިއްކާފައިވާ ކަމަށް އެކައުންސިލުން ބުނެވެެ. އެ ރަށުން މިއަހަރު ރޯދަމަހަށް ކަރާ ހެއްދުމަށް ދޫކުރީ ޖުމުލަ 221،147 އަކަފޫޓުގެ ބިމެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައު ނީލަމުގައި ވިއްކާލި ބިންތަކުން ތޮއްޑޫ […]
އަޙްމަދު ވަހީދު
އުރީދޫއާއި އޯރކާ މީޑިއާ ގްރޫޕް ގުޅިގެން ކުރިއަށް ގެންދާ “ވިޒިޓް މޯލްޑިވްސް ނައު” ކެމްޕޭނުގެ ދަށުން ރާއްޖޭގެ ރީތި ފޮޓޯއެއް ހިއްސާކޮށްލައިގެން ބ. މާޅޮހުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި ކެމްޕޭނެކެވެ. މި ކެމްޕޭނުގައު ކޮންމެ މަހަކު ވެސް ވަކި ތީމެއްގެ ދަށުން ފޮޓޯ ހުށަހަޅާއިރު މިމަހަށް ކަނޑައަޅާފައިވާ ތީމަކީ ރާއްޖޭގައި ކުރެވޭ ތަޖުރިބާތައް ނުވަތަ އެޑްވެންޗާތަކެވެ. ފޮޓޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުނ...
އަޙްމަދު ވަހީދު
މިއަހަރުގެ ރޯދަ މަހު އާ އުފެއްދުމެއް ތައާރަފުކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، މިފްކޯގެ ލައިފްސްޓައިލް ނުވަތަ ރޭޑީ ޓު އީޓް އުފެއްދުންތައް މިހާރު ވެސް ބާޒާރުން ލިބެން އެބަހުރި ކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރަނީ އެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރަން ޕްރޮޑަކްޝަން ރޭޓު އިތުރުކުރަން ކަމަށާއި އެ އުފެއްދުންތައް ތައްޔާރުކު...
އަޙްމަދު ވަހީދު
މިދިޔަ 2021 ވަނަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކޮށްދީފައިވާއިރު 1192 މީހެއް ވަރި ރަޖިސްޓަރީ ކުރި ކަމަށް އެކޯޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އެ ކޯޓުން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު މިއީ ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު ވަރިކުރި އަދަދު ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ. ފެމިލީ ކޯޓަށް 2،400 އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައި ވެއެވެ. 2020 ވަނަ އަހަރުގެ މައްސަލަ ތަކާއި އެކު 2165 މައްސަލައެއް ވޭތުވެދިޔަ […]
އަލީ އާދިލް
އަތޮޅުތެރެއަށް ބޭނުންކުރުމަށް ގެނެސްފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން ށ. ކޮމަންޑޫއަށް ފޮނުވާ އެމްބިއުލާންސް ރޭގައި ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތަކުގެ ތެރެއިން މީގެކުރިން ށ. އަތޮޅުގެ ފޯކައިދޫ އަދި މަރޮށްޓަށް ވެސް ވަނީ އެމްބިއުލާންސް ފޮނުވާފައެވެ. އެ އެމްބިއުލާންސްތައް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހުއެވެ. އެފަހަރު އެމްބިއުލާންސް ފޮނުވި ރަށް...
އައިޝަތު ނަސާޔާ
އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަގާމުން އޭނާ ވަކިކުރީ މުސްލިމަކަށްވާތީ ކަމަށް އިނގިރޭސި ވިލާތުގެ މަޖިލިސް މެންބަރު، ނުސްރަތު ޣަނީ ވިދާޅުވެއްޖެއެވެ. އެމް.ޕީ ނުސްރަތު ޣަނީ ބައެއް ބައިނަލްއަގްވާމީ މީޑިއާތަކަށް ވިދާޅުވެފައި ވަނީ، 2020 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓަރުކަމުން އޭނާ ވަކިކޮށްފައި އޭނާއަކީ މުސްލިމަކަށް ވުމުން ދީނީ ތަފާތުކުރުންތަކެއްގެ ތެރެއިން ކަމަށެވެ. އޭނާ ބޭނުންފުޅުވަނީ މިކަން ވަރަށް ކައިރިން ބަލައި ތަހުޤީގުކޮށް މިމައްސަލަ ހައްލު ކުރުމަށް ކަމަށާއި، އަދި މިފަދަ އިތުރު...
އަޒްފާ ރަޝީދު
ހދ.ކުޅުދުއްފުށި ސިޓީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނެގުމަށް އެ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. ކުޅުދުއްފުށީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމުގެ މައްސަލައާއި ގުޅިގެން 24 ޖަނަވަރީ 2022 ވީ ހޯމަ ދުވަހު އެ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ރަށްގިރުމަށް މެދުވެރިވެ ރަށަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ […]
އިބްރާހިމް ޚަލީލް
މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝަ އިޚު މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ސެއިޚް ލަޠީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށެވެ. “އެކަންކަން ނުދަންނަ ޖާހިލުން” ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. “ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުޙީ އަކީ އެރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާ ބޭފުޅެއް. އެންމެން އޭނާއަށް...
އަލީ އާދިލް
ސައުދީ އަރަބިއްޔާގެ 6 ސިޓީއަކަށް ފާއިތުވި 30 އަހަރު ފިނި ނުވާ ވަރަށް ފިނި މޫސުމާއި ކުރިމަތިލާން ޖެހިއްޖެއެވެ. ސައުދީ އަރަބިއްޔާއަށް ފިނި މޫސުން ފެށިފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި ފިނިވެފައިވާ މިންވަރަށް ވުރެ އެތައް ގުނަ އެއް އިތުރުވެފައިވާކަމަށް އެގައުމުގެ ނޭޝަނަލް ސެންޓާ ފޯ މީޓިއޮރޮލޮޖީ ވަނީ ރިޕޯޓްކޮށްފައެވެ. މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ވެރިރަށް ރިޔާދުގައި ފިނި މިން އެންމެ މައްޗަށް ގޮސްފައިވާކަމަށް ރެކޯޑުކުރެވިފައިވަނީ މައިނަސް 3 ޑިގްރީއަށްކަމަށް ހާމަކޮށްފައިވެއެވެ...
އަޒްފާ ރަޝީދު
ހއ. އުތީމުގައި ފެނަކަ ކޯޕަރޭޝަން އިން އަލަށް އިމާރާތްކުރި އިންޖީނުގެ މަސައްކަތް ނިމި ޚިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވާންފަށައިފި އެވެ. އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވީ އެރަށުގައި އަލަށް އިމާރަތް ކުރެވުނު އިންޖީނުގެ މިހާރުވަނީ އިމާރަތްކޮށް ނިމި ރީލޮކޭޝަން ކުރުމުގެ މަސައްކަތް ފެށިފައި ކަމަށެވެ. މިކަމަށް ބޭނުންވާ ސާމާނުތައްވެސް ވަނީ ފެނަކަ އިން އެރަށަށް ފޮނުވާފަ ކަމަށްވެސް ހަމްދޫން ވިދާޅުވި އެވެ. އޭގެތެރޭގައި 400 ކިލޯވޯޓްގެ އައު ޖަނަރޭޓަރެއްވެސް [...
އަލީ އާދިލް
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އުރީދޫ އާއި ދިރާގަށް ދީފިއެވެ. އެމްއެމްއޭއިން މި ގާނޫނުގެ ދަށުން އުރީދޫއަށް ދީފައިވަނީ އިލެކްޓްރޯނިކް މަނީ އިޝޫ ކުރުމުގެ ލައިސަންސާއި ރެމިޓަންސް ހިދުނަތް ދިނުމުގެ ލައިސަންސެވެ. ދިރާގަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތް ދޭން ބޭނުންވާ ލައިސަންސެވެ. މި ލައިސަންސާއެކު ދިރާގާއި އުރީދުއަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އުރީދޫ...
އަޙްމަދު ވަހީދު
ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަތުން ނަގަމުންދާ ފީ ކުޑަކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސޯޝަލް މީޑިއާގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކައުންސިލް މެމްބަރުންގެ ތާއިދާއިއެކު އެރަށު ޕްރީސްކޫލްއިން މިހާރު ނަގަމުންދާ ފީއިން 50 ރުފިޔާ އުނިކޮށްފައިވާ ކަމަށެވެ. އެގޮތުން އަންނަ ފެބުރުއަރީ މަހުން ފެށިގެން އެސްކޫލް ކުދިންގެ އަތުން ފީއެއްގެ ގޮތުގައި ނަގަމުންދާނީ -/300 (ތިންސަތޭކަ) ރުފިޔާއެވެ....
އައިޝަތު ނަސާޔާ
ހއ. ދިއްދޫގައި ކޯވިޑް-19 ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ކާފިއު ހިންގައި ގޭގެއަށް ޒިޔާރަތްކުރުން މަނާކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. ދިއްދޫ ކައުުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިމިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކޯވިޑް-19 ދިއްދޫ ޓާސްކް ފޯސްއިން ކައުންސިލަށް ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ. އެގޮތުން މިއަދުން ފެށ...
އައިޝަތު ނަސާޔާ
ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ހއ އަތޮޅަށް ހާއްސަކޮށް އެރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯސް ފެށުން ފަސްކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އިޖްތިމާޢީ މަރުކަޒުގެ ޔޫތު އެސޯސިއޭޓް ފަތުޙުﷲ ޖަމީލް ވިދާޅުވީ މިކޯހަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ އެހީތެރިކަމާއި އެކު ފެށުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ. އަދި ކޯސް ފެށުން ލަސްވެފައި މިވަނީ ކޯވިޑްގެ […]
އައިޝަތު ނަސާޔާ
ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ބާސާ ކާމިޔާބުކުރި އިރު، ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އަލަވޭސްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު ބާސާއިން ކޮންޓްރޯލް ކުރި ނަމަވެސް ލަނޑު ޖަހާނެ ފުރުޞަތު ތަނަވަސް ކުރުމުގައި ބާސާއަށް މި މެޗުގައި ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. މި މެޗުގައި އަލަވޭސްއިން ވަނީ ކައުންޓަ އެޓޭކްގައި […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 41 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަަކަށް މިދިޔަ އަަހަރު ވެއްޖެއެވެ. އެމްޓީސީސީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް 1.96 ބިިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 264.45 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ. 2020 ވަނަ އަހަރު 1.36 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އެ ކިންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 220.75 މިލިއަން ރުފިޔާއެވެ. މިދި...
އަޙްމަދު ވަހީދު
ކޮމަންޑޫ ރައްޔިތުންނާއި، އެމްޑީޕީގެ ސިޔާސަތާއި ފިކުރަކީ އެކައްޗެއް ކަމަށާއި، ކޮމަންޑޫ ރައްޔިތުން ހިޔާރުކުރާނީ ވެސް އެމްޑީޕީގެ ފިކުރުކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ. ރޭ ކޮމަންޑޫގައި ކުރިއަށް ދިޔަ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ތިން ކަމެއް ހިއްސާކޮށްލަން ބޭނުފުޅުވާ ކަމަށެވެ. އޭނާ ވިދ...
ޝިއުނާ އާދަމް
އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި، ބަޙްރައިން އަށް ވަޑައިގެންފިއެވެ. ޢާއްމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައިި އިއްޔެ ވަނީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލުކުރައްވާފައެވެ. އަދި ބަޙްރައިންއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން...
އައިޝަތު ނަސާޔާ