މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1444 ވަނަ ޞަފްޙާ

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ފައިނަލުން ޓީމް ހަނިމާދޫއާއި ޓީމް ކުޅުދުއްފުށި ޖާގަ ހޯދއިފިއެވެ. މި މުބާރާތުގެ ފައިނަލުން ހަނިމާދޫ ޖާގަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހަނިމާދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުއްޓާއެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު […]

އިބްރާހިމް ޚަލީލް
ކުޑަގިރީގައި މިސްކިތެއް އަޅަނީ

ކުޑަގިރީގައި މިސްކިތެއް އަޅަނީ

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި މިސްކިތެއް އަޅަން ބިންގާ އަޅައިފިއެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްޓީސީސގެ ސީއީއޯ އާދަމް އާޒިމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއެވެ. މި މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލު ކުރީ ފެނަކަ ކޯޕަރޭޝަނާއެވެ. މިއީ 150 މީހުންގ...

އަޙްމަދު ވަހީދު
ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެ

ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެ

އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތް ހަދައިިފިއެވެ. ކޯވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން ފެތުރޭތީ އިންޑިއާއިން ފިޔަވަޅުތައް ހަރުކަށި ކުރޮތާ މަހެއް ވެއްޖެއެވެ. މި ފިޔަވަޅުތަކަށް ލުއި ދިނީ މިހާރު އެ ގައުމުގައި ކޯވިޑްގެ ހާލަތު ރަނގަޅުވެފައިވާތީއެވެ. މި ގެނައި ބަދަލާއެކު ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށްދާ މީހުން ކަރަންޓީނު ވާން ނުޖެހޭއިރު އެ ގައުމަށް އެތެރެވާ އިރު، އެއާޕޯޓުން ހަދަންޖެހޭ ޕީސީއާރު ޓެސްޓުވެސް ހަދާކަށް ނުޖެހޭނެއެވެ. މި […]

އަޙްމަދު ވަހީދު
ސްޕޭސް އެކްސް އާއެކު އީލޯން މަސްކް ފުރަތަމަ ޓްރިލިނިއަރަކަށް ވެދާނެ

ސްޕޭސް އެކްސް އާއެކު އީލޯން މަސްކް ފުރަތަމަ ޓްރިލިނިއަރަކަށް ވެދާނެ

ސްޕޭސް އެކްސް ޕްރޮގްރާމާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ހަދައި އީލޯން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވާނެ ކަމަށް ލަފާ ކޮށްފިއެވެ. މިހެން ލަފާ ކޮށްފައިވަނީ އެމެރިކާގެ މޯގަން ސްޓޭންލީސް އޮޓޯ އެންޑް ސްޕޭސް ރިސާޗް ހެޑް އެޑަމް ޖޯނަސް ނެރެފައިވާ ލިޔުމެއްގައެވެ. އީލޯން މަސްކަކީ އެތަކެއް ކުންފުނިތަކެއްގެ ފައުންޑާ ވެސްމެެ އެވެ. އޭގެ ތެރޭގައި ސްޕޭސްއެކްސް، ދަ ބޯރިން، ހައިޕަލޫޕް އަދި އޯޕަންއޭއައި ހިމެނެ އެވެ. އޭނާ ބުނެފައިވާގޮތުގައި މިހާރު 100 ބިލިއަން ރުފިޔާގެ […]

އަޙްމަދު ވަހީދު
އުތުރުގެ 19 ރަށެއްގައި "އައިލެންޑް ރިސޯސް ސެންޓަރު" ޤާއިމްކުރަން އަނެއްކާވެސް ބީލަމަށް

އުތުރުގެ 19 ރަށެއްގައި "އައިލެންޑް ރިސޯސް ސެންޓަރު" ޤާއިމްކުރަން އަނެއްކާވެސް ބީލަމަށް

ބޮޑު ތިލަދުންމަތީގެ 19 ރަށެއްގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތައް ޢިމާރާތްކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން އަނެއްކާވެސް ބީލަމަށް ހުޅުވައިފިއެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ޢާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޒޯން 1 އައިލެންޑްސްގެ ގޮތުގައި ހިމެނޭ 19 ރަށެއްގައި، ދިވެހި ސަރުކާރަށް އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގައި ލިބުނު ފައިސާއިން އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތައް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށ...

އިބްރާހިމް އަސްވާޤް
ކަނޑުއަޑީގެ އެންމެ ރީތި މަންޒަރަކަށް މިއަހަރު ހޮވުނީ ރާއްޖޭގެ ފޮޓޯ އެއް

ކަނޑުއަޑީގެ އެންމެ ރީތި މަންޒަރަކަށް މިއަހަރު ހޮވުނީ ރާއްޖޭގެ ފޮޓޯ އެއް

ދުނިޔޭގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން ޔޫކޭގައި ކޮންމެ އަހަރަކު ހޮވަމުން އަންނަ ކަނޑު އަޑީގެ އެންމެ ޝަރަފުވެރި ފޮޓޯ މުބާރާތް ކަމުގައިވާ “އަންޑާ ވޯޓާ ފޮޓޯގްރާފާ އޮފް ދަ އިޔާ 2022” އަށް ރާއްޖޭގެ ފޮޓޯއެއް ހޮވިއްޖެ އެވެ. މިޝަރަފުވެރި ފޮޓޯ ނަގާފައިވަނީ ސްޕެއިންގެ ފޮޓޯ ގުރާފަރެއްކަމަށްވާ ރަފައެލް ފެރްނާންޑޭޒް ކަބަރެއްލޯ އެވެ. އޭނާއަށް ފޮޓޯގްރާފާ އޮފް ދަ އިޔާ ލިބިފައިވަނީ ރާއްޖޭގެ ކަނޑުގެ އަޑީގެ ފެހުރިހީގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯއަށެވެ. މި މުބާރާތުގައި މިފޮޓޯ ހިއްސާކުރަން އޭނާ […]

އަޒްފާ ރަޝީދު
ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައިފި

ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައިފި

ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައި، ހާމަކޮށްފިއެވެ. އެކަން ހާމަކޮށްފައި ވަނީ އަތޮޅުކައުންސިލްގެ އިދާރީ މުވައްޒަފުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އެ ކައުންސިލުން މިހިނގާ 2022 ވަނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހއ. އަތޮޅު ރަށު ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބޭނުންވާ ސޮފްޓްވެއަރ ކައުންސިލްތަކަށް ހޯދައ...

ޙުސައިން ޝަހުދީ
ރައީސް ޔާމީން ރ. މީދޫއަށް

ރައީސް ޔާމީން ރ. މީދޫއަށް

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ރ. މީދޫއަށް ވަޑައިގެންފި އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ޔާމީން މީދޫއަށް ވަޑައިގަތީ، އެ ކޯލިޝަނުން ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގެ ދަށުން މީދޫގައި ހިންގާ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އިދިކޮޅުން އިސްވެ ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންއަކީ ރާއްޖެގައި ގާއިމުވެ ތިބި އަވަށްޓެރި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ހިންގާ ކެމްޕޭނެކެވެ. ރައީސް ޔާ...

ޔުމްނާ ޢަލީ
ޕާޓީގެ މެންބަރުން އެދޭ ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަންކަމަށް ދެކިގެން ކޮށްދޭންޖެހޭ: އަމީން ފައިސަލް

ޕާޓީގެ މެންބަރުން އެދޭ ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަންކަމަށް ދެކިގެން ކޮށްދޭންޖެހޭ: އަމީން ފައިސަލް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އެދޭ ކުދިކުދިކަންކަން ވެސް އެއީ ވަރަށް ބޮޑެތި ކަންކަންކަމަށް ދެކިގެން، އެ މެންބަރުންނަށް އެކަންކަން ފުއްދައިދޭން ޖެހޭކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަމީން ފައިސަލް ވިދާޅުވެއްޖެއެވެ. ރޭ އިސްކަންދަރު ސްކޫލްގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެދޭ ކަންކަން ވަރަށް ގާތުންބަލާ ކޮށްދޭން ޖެހޭކަމަށެވެ. “އަޅުގަނޑުމެން ސައިޒުން ކުޑަ ވީމާ ދޫކޮށްލާ...

އަލީ އާދިލް
މަކުނުދޫގައި އަންހެނުންގެ އަދި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ދިނުމަށް، ހެލްތު ސެންޓަރަށް ބަދަލުތަކެއް ގެންނަން ހަވާލުކޮށްފި

މަކުނުދޫގައި އަންހެނުންގެ އަދި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ދިނުމަށް، ހެލްތު ސެންޓަރަށް ބަދަލުތަކެއް ގެންނަން ހަވާލުކޮށްފި

ހދ. މަކުނުދޫގައިއަންހެނުންގެ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެރަށު ހެލްތު ސެންޓަރަށް ގެންނަންޖެހޭ ބަދަލުތަކެއް ގެންނަން ބަޔަކާ އިއްޔެ ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، މަކުނުދޫގައި އަންހެނުންގެ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަކުނުދޫ ހެލްތު ސެންޓަރުގެ އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، އޮފީސް ރޫމް އިމާރާތެއް އެޅުމަށް އިއްޔެ ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. ކޭއާރުއެޗ...

ޙުސައިން ޝަހުދީ
ޤާނޫނުއަސާސީގައި ލިޔަންވީ "އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށް": ހީނާ

ޤާނޫނުއަސާސީގައި ލިޔަންވީ "އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށް": ހީނާ

ޤާނޫނުއަސާސީގައި ލިޔަންވީ އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށާއި، އަދި އަބަދުމެ ވެރިކަމުގައި ހުންނަވާނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވައި، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 އިންސައްތަ އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި...

އަލީ އާދިލް
ވެރިކަމުގައި ހުންނަންވާނީ 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނާ މީހެއް ނޫން: ދީދީ

ވެރިކަމުގައި ހުންނަންވާނީ 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނާ މީހެއް ނޫން: ދީދީ

ރާއްޖޭގެ ރައްޔިތުންކުރެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ 30 އިންސައްތައަކީ މެޖޯރިޓީއެއްނޫން ކަމަށާއި، ވެރިކަމުގައި ހުންނަންވާނީ 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނާ މީހެއް ނޫންކަމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ގޮތްހެދުމަށްޓަކައި، އެމްޑީޕީގެ ހާއްސަ ކޮންގްރެސްއެއް ބާއްވަން ހުށަހަޅަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނި...

އަލީ އާދިލް
ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. އަދި މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަ...

އައިޝަތު ނަސާޔާ
އެމްޑީޕީ ޕީޖީ ގްރޫޕުގެ އިންތިޚާބު މިމަހު 18 ގައި، ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީ ޕީޖީ ގްރޫޕުގެ އިންތިޚާބު މިމަހު 18 ގައި، ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ އިންތިޚާބް 18 ފެބްރުއަރީ 2022 ވާ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައި، ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އެމްޑީޕީން ރޭ އާންމު ކުރި ޢިއުލާނެއްގައި ބުނީ، 2022 ވަނަހައަރަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ އިންތިޚާބް 18 ފެބްރުއަރީ 2022 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި އިންތިޚާބް […]

އަލީ އާދިލް
ހަންޏާމީދޫ ބަނދަރުގެ 67 އިންސައްތަ ނިމިއްޖެ

ހަންޏާމީދޫ ބަނދަރުގެ 67 އިންސައްތަ ނިމިއްޖެ

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ ރަށުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ […]

އަޙްމަދު ވަހީދު
"ޒުވާންކަމުގެ ދުވަސްވަރުގައި ކޮށްއުޅުނީ ކޮންކަމެއް؟" ސުވާލަށް ޖަވާބު ތައްޔާރު!

"ޒުވާންކަމުގެ ދުވަސްވަރުގައި ކޮށްއުޅުނީ ކޮންކަމެއް؟" ސުވާލަށް ޖަވާބު ތައްޔާރު!

ތިޔަބައިމީހުންނަށް ދުނިޔޭގައި ލިބިފައިމިވާ ދުވަސްކޮޅުގައި ހެޔޮ ޢަމަލުކުރުމުގައި އަވަސްވެގަންނާށެވެ. އަދި ތިޔަބައިމީހުން ބުނާ ބަސްތައް ޢަމަލުން ދައްކާށެވެ. ފަހެ ޙަޤީޤަތުގައި އިންސާނާގެ ޢުމުރަކީ ﷲ އަށް ކިޔަމަންގަތުމުގައި ހޭދަކުރާ ދުވަސްތަކެވެ. ބުއްދިވެރިއަކީ އެމީހާގެ ނަފްސު ކިޔަމަންކޮށް މަރުވުމަށްފަހު އޮތް ޙަޔާތަށްޓަކައި ތައްޔާރުވާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ އެމީހާގެ ނަފްސު ހަވާނަސްފަށް ތަބާކޮށް ދެން ﷲ ގެ ޙަޟްރަތުން އުންމީދުތައް ކުރާ މީހާއެވެ. ޒަމާނަކީ މުދާފަދަ އެއްޗެކެވެ. އެ ދެކަމަށްވެސް ރ...

ތިލަދުން
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޭޕްރިލްގައި، ކޮންގްރެސް އޮގަސްޓުގައި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޭޕްރިލްގައި، ކޮންގްރެސް އޮގަސްޓުގައި

ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބު އަންނަ އޭޕްރިލްގައި ބާއްވާށާއި، އެ ޕާޓީގެ ކޮންގްރެސް އަންނަ އޮގަސްޓުގައި ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކުރީ، ޗެއާޕާސަންގެ އިންތިހާބު އޭޕްރިލް 16 ގައި ބާއްވާށެވެ. އަދި ކޮންގްރެސް އޮގަސްޓް 4 ގައި ބާއްވާށެވެ. މީގެއިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން ވެސް […]

އަލީ އާދިލް
މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާންކޮށްފިއެވެ. އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ...

އައިޝަތު ނަސާޔާ